30 Jul 2020

އެމީގެ ނޮމިނޭޝަންތަކުގައި ނެޓްފްލިކްސް ވަރަށް ގަދަކޮށްފި

އެޗްބީއޯގެ "ވޮޗްމެން" އަށް 26 ނޮމިނޭޝަން ލިބުނުއިރު، މިފަހަރު އަލަށް ވާދަކުރާ ޑިޒްނީ ޕްލަސް އާއި އެޕަލް ޓީވީ ޕްލަސް އަށް އެމީހުންގެ ފުރަތަމަ ނޮމިނޭޝަން ލިބުނު

އެޗްބީއޯގެ "ވޮޗްމެން" އަށް 26 ނޮމިނޭޝަން ލިބުނުއިރު، މިފަހަރު އަލަށް ވާދަކުރާ ޑިޒްނީ ޕްލަސް އާއި އެޕަލް ޓީވީ ޕްލަސް އަށް އެމީހުންގެ ފުރަތަމަ ނޮމިނޭޝަން ލިބުނު

By: Ifraz Ali

އެމީ އެވޯޑްސްގައި އެޗްބީއޯ އާއި ނެޓްފްލިކްސް "ތަޅާފޮޅަމުން" އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އަހަރެއް އަހަރަކަށް، ވާދަވެރިކަން ވަނީ ހައްތަހާ ބޮޑެވެ. މިދިޔަ އަހަރަކޭ އެއްގޮތަށް މިފަހަރު ވެސް، 72 ވަނަ އެމީ އެވޯޑްސްގެ ބޮޑު ރިކޯޑް މުގުރާލީ ނެޓްފްލިކްސް އެވެ. އެމީހުނަށް ޖުމްލަ 160 ނޮމިނޭޝަން ލިބުނެވެ. އެޗްބީއޯ އަށް ލިބުނީ 107 ނޮމިނޭޝަން އެވެ. ކައިރި ވެސް ނުކުރި އެވެ. އެއަށް ފަހު ދެން އެންމެ ގިނަ ނޮމިނޭޝަން ލިބުނީ އެންބީސީ އަށެވެ. އެއީ 47 ނޮމިނޭޝަން އެވެ.

ވަކި ސީރީޒަކަށް ބަލާ ނަމަ މިފަހަރު އެންމެ ގިނަ ނޮމިނޭޝަން ލިބުނީ އެޗްބީއޯގެ ސުޕަހީރޯ ސީރީޒް "ވޮޗްމެން" އެވެ. މި ސީރީޒަށް 26 ނޮމިނޭޝަން ވަނީ ލިބިފަ އެވެ. އެއަށް ފަހު އެންމެ ގިނަ ނޮމިނޭޝަން ލިބުނީ މިދިޔަ އަހަރު ވެސް އެމީގައި ރަނގަޅު ކާމިޔާބީއެއް ހޯދި އެމެޒަންގެ ޑްރާމާ "ދި މާވެލަސް މިސިޒް މެއިސެލް" އެވެ. އެއީ 20 ނޮމިނޭޝަނެވެ. އަދި ނެޓްފްލިކްސްގެ "އޯޒާކް" އަދި އެޗްބީއޯގެ "ސަކްސެޝަން" އަށް ލިބުނީ 18 ނޮމިނޭޝަނެވެ.

ޑިޒްނީ ޕްލަސްގެ ސީރީޒެއް ވެސް މިފަހަރު ވަނީ ވަރަށް ގަދަކޮށްލައިފަ އެވެ. އެއީ ސްޓާ ވޯޒްގެ މުޅިން އާ ސްޕިން އޮފް ސީރީޒް "ދި މެންޑަލޯރިއަން" އެވެ. އެ ސީރީޒަށް 15 ނޮމިނޭޝަނެއް ލިބުނެވެ.

އެމީ އެވޯޑްސް 2020 ގެ ނޮމިނޭޝަންތައް އިއުލާންކުރުން. މިފަހަރު މި އިވެންޓް ކުރިއަށް ގެންދިޔައީ ވާޗުއަލްކޮށް.

މިއަހަރުގެ އެމީ އެވޯޑްސް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު 21 ގަ އެވެ. އަދި އެވޯޑް ޝޯ ހޮސްޓް ކުރާނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ހޮސްޓުކޮށްދިން، ޖިމީ ކިމެލް އެވެ. އަދި މިފަހަރުގެ އެމީ އެންމެ ހާއްސަވާ ސަބަބަކީ ކޮރޯނާވައިރަސްގެ ސަބަބުން މިފަހަރު އެވޯޑް ހަފުލާ ވާޗުއަލްކޮށް ބާއްވަން ނިންމާފައިވާ ކަމަށް ވާހަކަ ދެކެވެމުން ދާތީ އެވެ. މި އެވޯޑް ބާއްވާ އެކަޑެމީން އަދި މި ޚަބަރު ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އެންމެ ފާހަގަކޮށްލެވޭ ނޮމިނޭޝަންތައް

އެންމެ މޮޅު ޑްރާމާ ސީރީޒް

- ބެޓަ ކޯލް ސޯލް

- ދި ކްރައުން

- ދި ހޭންޑްމެއިޑްސް ޓޭލް

- ކިލިންގް އީވް

- ދި މެންޑަލޯރިއަން

- އޯޒާކް

- ސްޓްރޭންޖާ ތިންގްސް

- ސަކްސެޝަން

އެންމެ މޮޅު ކޮމެޑީ ޑްރާމާ ސީރީޒް

- ކާބް ޔުއާ އެންތުޒިއޭޒަމް

- ޑެޑް ޓު މީ

- ދި ގުޑް ޕްލޭސް

- އިންސެކިޔޯ

- ދި ކޮމިންސްކީ މެތާޑް

- ދި މާވެލަސް މިސިޒް މެއިސަލް

- ޝިޗެޓްސް ކްރީސް

- ވަޓް ވީ ޑު އިން ދި ޝެޑޯސް

އެންމެ މޮޅު ލިމިޓެޑް ސީރީޒް

- ލިޓުލް ފްރައިޒް އެވްރީވެއާ

- މިސިޒް އެމެރިކާ

- އަންބިލީވެބަލް

- އަންއޮތޯޑޮކްސް

- ވޮޗްމެން

އެންމެ މޮޅު އެކްޓަރު / ޑްރާމާ ސީރީޒް

- ޖޭސަން ބެޓްމަން / އޯޒާކް

- ސްޓާލިން ކޭ ބްރައުން / ދިސް އިޒް އަސް

- ސްޓީވް ކާރެލް / ދި މޯނިން ޝޯ

- ބްރައަން ކޯޒް / ސަކްސެޝަން

- ބިލީ ޕޯޓާ / ޕޯޒް

- ޖެރެމީ ސްޓްރޯންގް / ސަކްސެޝަން

އެންމެ މޮޅު އެކްޓްރެސް / ޑްރާމާ ސީރީޒް

- ޖެނިފާ އެނިސްޓަން / ދި މޯނިން ޝޯ

- އޮލިވިއާ ކޮލްމަން / ދި ކްރައުން

- ކޯޑީ ކޯމާ / ކިލިންގް އީވް

- ލައުރާ ލިނޭ / އޯޒާކް

- ސެންޑްރާ އޯ / ކިލިންގް އީވް

- ޒެންޑޭނިއާ / ޔޫފޯރިއާ

އެންމެ މޮޅު ޑައިރެކްޓަރު / ޑްރާމާ ސީރީޒް

- މެޓް ޝަކްމަން / ދި ގްރޭޓް

- އެމީ ޝާމަން / ދި މާވެލަސް މިސިޒް މެއިސަލް

- ޑެނިއެލް ޕަލާޑިއޯ / ދި މާވެލަސް މިސިޒް މެއިސަލް

- ގެއިލް މަންކޫޒޯ / މޮޑާން ފެމެލީ (ފިނާލޭ ޕާޓް 2)

- ރަމީ ޔޫސުފް / ރަމީ

- އެންޑްރިއު ސިވިޑީނޯ / ޝިޗެޓްސް ކްރީކް

- ޑެނިއަލް ލެވީ / ޝިޗެޓްސް ކްރީކް

- ޖޭމްސް ބަރޯސް / ވިލް އެންޑް ގްރޭސް

އެމީ އެވޯޑްސް

Popular