4 Aug 2020

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް؛ އެލެންގެ ޝޯ ހުއްޓުމަކަށް؟

މި ޝޯގެ ތިން އެގްޒެކެޓީވް ޕްރޮޑިއުސަރުން ކަމަށްވާ ކެވިން ލީމަން، އެޑް ގްލެވިން އަދި ޖޮނަތަން ނޯމާން ސްޓާފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބަޒްފީޑް ނިއުސް އިން ގެނެސްދިން ޚަބަރެއްގައި ވަނީ ތުހުމަތުކޮށްފަ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް؛ އެލެންގެ ޝޯ ހުއްޓުމަކަށް؟

މި ޝޯގެ ތިން އެގްޒެކެޓީވް ޕްރޮޑިއުސަރުން ކަމަށްވާ ކެވިން ލީމަން، އެޑް ގްލެވިން އަދި ޖޮނަތަން ނޯމާން ސްޓާފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބަޒްފީޑް ނިއުސް އިން ގެނެސްދިން ޚަބަރެއްގައި ވަނީ ތުހުމަތުކޮށްފަ.

By: Ifraz Ali

"ބީ ކައިންޑް" އޭ ބުނެ އަބަދު ވެސް ކޮންމެ ޝޯއެއްގައި އެންމެންނަށް ނަސޭހަތް ދެމުން ދިޔަ އެމެރިކާގެ ޓީވީ ޕާސަނަލިޓީ، އެލެން ޑިޖެނެރަސްއާ އެކު، އޭނާގެ އަމިއްލަ ޝޯގައި 17 އަހަރު ވަންދެން ކްރޫއިންގެ ގޮތުގައި މަސައްކަތްކުރި ބައެއް މީހުން އެ ޝޯގެ ބިތުފަންގި ނަގާފައިވާއިރު، އެމީހުން ބުނަމުން ދަނީ އެލެން އަކީ އޭނާގެ ޝޯގައި ފެންނަ ފަދަ ހިތްހެޔޮ މަޖާ މީހެއް ނޫން ކަމަށެވެ. އަދި އެއްގޮތަކަށް ވެސް އޭނާގެ ސްޓާފުންނަށް ހިތްހެޔޮ މީހެއް ނޫން ކަމަށް ބުނެ ވަރަށް ގިނަ ތުހުމަތުތައް ވަނީ ކޮށްފަ އެވެ. -- އަނެއްކާ ވެސް އިތުރު ތުހުމަތުތަކެއް ވަނީ ފެންމަތިވެފަ އެވެ. އެއީ އެލަން ޝޯގެ ތިން އެގްޒެކެޓީވް ޕްރޮޑިއުސަރުން، ސްޓާފުންނަށް ޖިންސީ ފުރައްސާކުރި ކަމުގެ ތުހުމަތެވެ.

ކޮރޯނާވައިރަހުގެ ސަބަބުން އެމެރިކާ ލޮކްޑައުން އަކަށް ދިއުމާ އެކު އެލެން ހީކުރީ އޭނާގެ "ލޮކްޑައުން" ޖޯކުތަކުން އެކަނި ވެސް ޝޯ ހިފަހައްޓާލެވިދާނެ ކަމަށެވެ. އެކަމަކު ލޮކްޑައުން ތެރޭގައި އެލަންގެ އަސްލު ސޫރަ ގިނަ ބަޔަކަށް ފެނި، އޭނާގެ މަގުބޫލުކަން މިހާރު އެއްކޮށް ކެނޑިއްޖެ އެވެ.

މި މައްސަލަ އެންމެ ފުރަތަމަ ހޫނުވެ، ބޮޑު ކަންތައްގަނޑަކަށް ވީ، ބަޒްފީޑް ނިއުސް އިން ގެނެސްދިން ޚަބަރެއްގައި އެ ޝޯގައި ކުރިން މަސައްކަތްކުރި 10 ސްޓާފަކާއި އަދި މިހާރު ވެސް މަސައްކަތް ކުރާ ސްޓާފަކު، އެލަން އެކީ ވަރަށް ހަރުކަށި އަދި ނަސްލީ ތަފާތުކުރާ މީހެއް ކަމަށް ތުހުމަތުކުރުމުންނެވެ. އަދި ކޮރޯނާވައިރަސް ފެތުރުނު ފަހުން ސްޓާފުންނަށް މުސާރަ ނުދޭ ވާހަކަތަކާއި އަދި އެމީހުންގެ މަސައްކަތުގެ މާހައުލަކީ ވަރަށް "ޓޮކްސިކް" ތަނެއް ކަމަށް ބުނާ ތުހުމަތުތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

މި ތުހުމަތުކާ އެކު، އެފަދަ ކަމެއް ހިނގާފައިވާ ނަމަ މައާފަށް އެދޭ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ވިޔަ ނުދިނުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެ އެލަން ޝޯގެ ތިން އެގްޒެކެޓީވް ޕްރޮޑިއުސަރުން ވަނީ ޖޮއިންޓް ސްޓޭޓްމަންޓެއް ވެސް ނެރެފަ އެވެ.

އެ ސްޓޭޓްމަންޓް ނެރުނުތާއި މާ ގިނައިރެއް ނުވެ، މި ޝޯގެ ގެނެސްދޭ "ވޯނާމީޑިއާ" އިން ވަނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި މި މައްސަލައާ ބެހޭގޮތުން އެލަން ޕަބްލިކްގައި އެއްވެސް ވާހަކައެއް ނުދެއްކި ނަމަވެސް، ސްޓާފުން އެ ތުހުމަތުކުރާ ފަދަ ކަމެއް ހިނގާފައިވާ ނަމަ، އެކަމަށް މާފަށް އެދޭ ކަމަށް ބުނެ މެމޯއެއް ހުރިހާ ސްޓާފުންނަށް ފޮނުވި ކަމަށްވެ އެވެ.

ޝޯ ހުއްޓާލަކަށް ނޫޅޭ: ޕްރޮޑިއުސަރު

މި ތުހުމަތުކާ އެކު މިހާރު އެންމެ ގަދައަށް ދެކެވެނީ އެލަން ޝޯ އެއްކޮށް ހުއްޓާލަން އުޅޭ ކަމުގެ ވާހަކަތަކެވެ. އެކަމަކު މި ޝޯގެ ޕްރޮޑިއުސަރު، އޭންޑީ ލެންސާ ވަނީ މި ވާހަކަތައް ދޮގުކޮށްފަ އެވެ.

މި ޝޯ ހުއްޓާލަން އުޅޭކަމުގެ ވާހަކަ ދެކެވެން ފެށީ، ޝޯގެ ތިން އެގްޒެކެޓީވް ޕްރޮޑިއުސަރުން ކަމަށްވާ ކެވިން ލީމަން، އެޑް ގްލެވިން އަދި ޖޮނަތަން ނޯމާން ސްޓާފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކޮށް، ބަޒްފީޑް ނިއުސް އިން ގެނެސްދިން ޚަބަރަކާ ގުޅިގެންނެވެ. ލީމަން އާއި ގްލެވިން ވަނީ މި ތުހުމަތުތަކަށް އިންކާރު ވެސް ކޮށްފަ އެވެ. އަދި ވެރައިޓީން ރިޕޯޓްކުރި ގޮތުގައި ގެލްވިން އުޅެނީ މިހާރު މި ޝޯ ދޫކޮށްލަން ވެގެންނެވެ.

އެލެންއާ ދެކޮޅަށް، އެންމެ ފާޅުގައި ފުރަތަމަ ފަހަރަށް ވާހަކަދެއްކި ބޮޑު ސްޓާރަކަށްވީ އެމެރިކާގެ ސްޓޭންޑް-އަޕް ކޮމީޑިއަން ބްރެޑް ގެރެޓް އެވެ. އޭނާ ބުނީ އެލަން ޝޯގައި ވަރަށް އިހާނެތިކޮށް ހިތާފައިވާ ބައެއް މީހުން އޭނާއަށް އެނގޭ ކަމަށެވެ. އަދި މި ޓުވީޓަށް ކުރި ރިޕްލައިއެއްގައި އެމެރިކާގެ އެކްޓްރެސް ލިއާ ތޮމްޕްސަން ވެސް ވަނީ މިއީ ތެދު ވާހަކަތަކެއް ކަމަށް ބުނެފަ އެވެ. އަދި ބައެއް ސްޓާރުން ވަނީ އެލަންގެ ދިފާއުގައި ވެސް ވާހަކަ ދައްކާފަ އެވެ.

އެހެންވެ، މި ޝޯގެ މުސްތަގުބަލާ މެދުގައި މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ހޮލީވުޑް ޓީވީ ޝޯ

Popular