28 Nov 2025

By: Maaidha Mohamed Rashad

ޓިކްޓޮކުގައި ދިވެހިންގެ މެދުގައި މި ދުވަސްވަރު އެންމެ ވައިގައި ހިފައިގެން އުޅޭ އެއް ރެސިޕީއަކީ އައްޑޫ ތެލުލި ފޮޅި އެވެ. މިއީ އިންޑިއާ މީހުން ކައި އުޅޭ ޕޫރީ ކަހަލަ އެއްޗެކެވެ. އެހެންވެ މިއަށް "އައްޑޫ ޕޫރީ" އޭ ވެސް ކިޔައި އުޅެ އެވެ.

އައްޑޫގެ ކޮންޓެންޓް ކްރިއޭޓަރުން، މި ހަދާނެ ގޮތް ޓިކްޓޮކުގައި ކިޔައިދިނުމުން އެކި ހިސާބުތަކުގެ މީހުން މީގެ ރަހަ ބަލަން ވެސް މި ހަދައިގެން ކައިފި އެވެ. މިއީ ކުކުޅު ކަހަލަ އެކި ރިހަތަކާ އެކު ކައި އުޅޭ އެއްޗެކެވެ.

ތެލުލި ފޮޅި ހަދަން ބޭނުންވާ އެއްޗެހި:

- 2.5 ޖޯޑު ފުށް

- 2 ސަމުސާ ޔީސްޓް

- 1 ސަމުސާ ބޭކިން ޕައުޑާ

- 1 ސަމުސާ ލޮނު

- 1 ސަމުސާ ހަކުރު

- 1 ބިސް

- 2 ސަމުސާ މިލްކް ޕައުޑާ

- 2-3 ސަމުސާ މާޖިރިން

- ތެޔޮ

- 1 ތަށި ފެން

އައްޑޫ ތެލުލި ފޮޅި ހެދުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ މި ހުރިހާ ސާމާނެއް އެއްކޮށްގެން ފުށްގަނޑު މޮޑޭނީ އެވެ. އޭގެ ފަހުގައި ފުށްގަނޑު މަތީގައި އެއްޗެއް އަޅާފައި ދެ ގަޑިއިރު ވަންދެން، ފުށްގަނޑު ފުފެންދެން ބާއްވާނީ އެވެ. ދެން ބޭނުންވާ ސައިޒަކުން ފުށް ގުޅަ ހެދުމަށް ފަހު ރޮށި ދަމާ އެއްޗެއް ބޭނުންކޮށްގެން ދަމާލާނީ އެވެ. އެކަމަކު އާންމުކޮށް މި ކައި އުޅޭ ރޮށި ހުންނަ ގޮތަށް ތުނިކޮށްގެން ނުވާނެ އެވެ. ކުޑަކޮށް ގުޅަ ދަމާލުމަށް ފަހު، މަޑު މުށިކުލައެއް އަރަންދެން ފިހަންވީ އެވެ.

@sajuwerrr Hinga thelelee folhi hadhaa ♥️ Note: How I make it and how someone else makes it may differ and that’s okay it’s a personal alteration but tastes just as amazing 🥹♥️ #foryoupage #fyp #maldivestiktok #dhivehitiktok #cookingvideos ♬ original sound - Sajuwa | Skincare & Lifestyle

އޭރުން އެ ތައްޔާރުކުރެވުނީ މިހާރު މީރުވެގެން މިއުޅެނީ އައްޑޫ ތެލުލި ފޮޅި އެވެ.

އައްޑޫ ރެސިޕީ

Popular