8 Oct 2019

By: Ifraz Ali

މީގެ ކުރިން މުޅިން ވެސް ގެނެސްދިނީ މީރު އެއްޗެއްހި ކާލަން ދާނެ ތަންތަނެވެ. އަދި އެ ތަންތަނުން ލިބެންހުރި އެއްޗެހީގެ އަގުތަކެވެ. މީރު ކެއުމާއި އަގަށް ފަހު، ދެން އެންމެ މުހިންމު ވަނީ އެ ކާއެއްޗެއްގެ ރީތި ފޮޓޯއެއް ނެގުމެވެ. އިންސްޓަގްރާމް ކޮށްލަން ނަގާ އެ ފޮޓޯ އިތުރަށް ރީތިވަނީ އެ ކެފޭ ނުވަތަ ރެސްޓޯރެންޓް ވެސް ރީތިކޮށް ހުރީމަ އެވެ.

އަހަރެމެން ބެލި ބެލުމުގައި އެންމެ ރީތިކޮށް ޑިޒައިންކޮށްފައި ހުރި ގިނަ ތަންތަނަކީ ޑެޒާޓް ޝޮޕްތަކާއި ކޮފީ ހައުސްތަކެވެ. ބައެއް ރެސްޓޯރެންޓްތައް ވެސް ވަރަށް ރީއްޗަށް ޑިޒައިންކޮށްފައި އެބަހުއްޓެވެ. މިއީ އޭގެ ތެރެއިން އަހަރެމެން ހޮވާލި ގަދަ އަށެކެވެ.

ވިސްކް

View this post on Instagram

A post shared by Whisk - The Joy Of Desserts 🍭 (@whiskmv) on

މި ޑެޒާޓް ޝޮޕަކީ ސޯސަން މަގުގައި ހުންނަ ފްލޮރިސްޓާ ޖެހިގެން ހުޅަނގަށް އޮންނަ ގޯޅިގަނޑު ތެރޭގައި ހުންނަ ތަނެކެވެ. ވިސްކްގެ ފާރު ޑިޒައިންކޮށްފައި ވަނީ ފިޔާތޮށި އަދި ހުދު ކުލައިގެ މާތަކުންނެވެ. ހާއްސަކޮށް، އަންހެން ކުދިންގެ މެދުގައި މިތަން ވަރަށް މަގުބޫލެވެ.

ޕަލާޓޯ ފްރޮސްޓީސް

View this post on Instagram

A post shared by Palatofrostys (@palatofrostys) on

ޕަލާޓޯގެ ވޮފުލްސް ވަރަށް މަޝްހޫރެވެ. ލިލީ މަގުގައި ހުންނަ މި ކެފޭގައި ނަގާފައި ހުންނަ ވަރަށް ރީތި ފޮޓޯތައް، އެކި މީހުންގެ އިންސްޓަގްރާމް ޕޭޖުތަކުން ފެންނާނެ އެވެ.

ޓީ ބޮކްސް

View this post on Instagram

A post shared by Tea box (@teaboxmv) on

ހުޅުމާލެއިން އެންމެ ރީތި ތަނަކަށް ފާހަގަކުރެވުނީ ޓީ ބޮކްސް އެވެ. އެކި ވައްތަރުގެ ސައި ލިބޭ މިތަނަށް ގޮސް ރައްޓެހިންނާއެކު ހޭންގައުޓްކޮށްލަން ނުވަތަ އެކަނި އިނދެ ވާހަކަ ފޮތެއް ކިޔާލަން ވެސް ވަރަށް އަރާމުވާނެ އެވެ.

ކަވަރްނާ

View this post on Instagram

A post shared by KAVÁRNA (@kavarnamv) on

މި ވެސް ހުޅުމާލޭގައި ހުންނަ ތަނެކެވެ. ވިންޓޭޖް ފީލް އެއް ލިބޭ ގޮތަށް ޑިޒައިންކޮށްފައި ހުންނަ މިތަނަށް މީހުން ގިނައިން ދަނީ ކޮފީ ބޯށެވެ. ބްރޭކްފާސްޓާއި ލަންޗު އަދި ޑިނާ ވެސް މިތަނުން ލިބެ އެވެ.

ގްރެބް އެން ގޯ

View this post on Instagram

A post shared by Grab n Go (@grabngomv) on

ފިލްމީ ތަރިން ކަމަށްވާ އައްޒަ އާއި މުއާގެ ފަހަތުން ތި ފެންނަ ފާރުގައި އެ ހުރި ޑިޒައިނަކީ، މީހުން ގްރެބް އެން ގޯ އަށް ގޮސް އެންމެ ގިނައިން ފޮޓޯ ނަގާ ތަނެވެ.

ޖީޖީސް ކިޗަން އެންޑް ބިސްޓްރޯ

View this post on Instagram

A post shared by GG's Kitchen & Bistro Maldives (@ggskitchenbistro.mv) on

މޮރޮކަން އަދި ރަޝިއާގެ ކުޒީންސްތައް ލިބެން ހުންނަ ޖީޖީސް ކިޗަން އެންޑް ބިސްޓްރޯގެ އެންމެ މަޝްހޫރީ މޮރޮކޯން ޗިކަން ޓަޖިން އެވެ. މިއީ ވެސް ހުޅުމާލެ އެވެ.

ދި ސްޕޭސް

View this post on Instagram

A post shared by The Space (@thespace.mv) on

މި ވެސް "އިންސްޓަގްރޭމިކް" މާހައުލެކެވެ. ތަފާތު މާހައުލެއް އޮވެ އެވެ. މިތަން ހުންނަނީ ހެންވޭރު، ރޯޝަނީ މަގުގަ އެވެ.

ކެފޭ/ރެސްޓޯރެންޓް

Popular