1 Dec 2021

By: Ahmed Jaishan

މުހައްމަދު އަލީ ވަރަށް ކުޑައިރު، އެކި ކަހަލަ މަސްމަހާމެއްސަށް ޝައުގުވެރިވެ އެ އެއްޗިއްސަށް ލޯބި އުފެދުނެވެ. އެ ލޯބީގެ ތެރެއިން ޝައުގުވެރިކަން އުފެދުނީ ފައިޓިން ފިޝް ބަލައި އެފަދަ މަސްތައް ބްރީޑް ކުރުމަށެވެ. މިހާރު ފައިޓިން ފިޝް ބޭނުންވެގެން އެ ހޯދަން އުޅޭ މީހަކަށް މުހައްމަދު ނަން ނޭނގި އޮވެދާނެހެން ހިއެއް ނުވެ އެވެ.

އުމުރުން 31 އަހަރުގެ މުހައްމަދުގެ މި ޝައުގުވެރިކަން އުފެދުނީ އޭނާ ސްކޫލު ނިންމާލި ހިސާބުންނެވެ. އެހާ ހިސާބުން ތަފާތު އެކި ކަހަލަ މަސްތައް ގެންގުޅެން ފަށައި އެކި ކަހަލަ މަސްތަކާ ގުޅޭގޮތުން މައުލޫމާތު ހޯދައި ކިޔަވަން ފެށި އެވެ.

.

ފައިޓިން ފިޝް ގެންގުޅެން ލޯބި އުފެދުނީ މިކަމުގެ ތެރެއިންނެވެ. ފައިޓިން ފިޝް ޕެއާއެއް ގަނެ އެ ބަލަން ފަށައި އެ ބްރީޑް ކުރަން ދަސްކޮށް އެ މަސައްކަތް ފެށި އެވެ. މިހާރު އޭނާގެ އަތުގައި ހާހެއްހާ މީގެ މަސް އެބަ ހުއްޓެވެ.

View this post on Instagram

A post shared by Pet_Addicts (@petaddicts.mv)

"މާލެއިން ދެ މަސް ގަތީ ބްރީޑް ކުރަން ވެގެން. ދެން ރަށަށް ގެންގޮސް އެ ބްރީޑްކޮށް ބޮޑުކުރަން ފެށީ،" މުހައްމަދު ކިޔައިދިނެވެ.

މުހައްމަދުގެ ރަށަށް، އދ. މަހިބަދޫ އަށް މަސްތައް ގެންދިޔުމަށް ފަހު އެ ބްރީޑްކޮށް އާ ފައިޓިން ފިޝްތައް އާލާކުރަން ފެށި އެވެ. މި މަސްތަކަށް ބޭނުންވާ ލޯތްބާއި އަޅާލުން ފުރިހަމައަށް ލިބުމުގެ ސަބަބުން މަސްތައް ވަރަށް ރަނގަޅު ސިއްހަތުގައި ހެދިބޮޑުވި އެވެ.

View this post on Instagram

A post shared by Pet_Addicts (@petaddicts.mv)

މަސްތައް ބަލައި، މި މަސައްކަތަކީ ކުރެވޭނެ ކަމެއްކަން ވިސްނި "ޕެޓް އެޑިކްޓްސް"ގެ ނަމުގައި ޕޭޖެއް ހަދައި މަސް ވިއްކަން ފެށީ އެވެ. އެ މަސައްކަތް ކުރުމުގައި މުހައްމަދަށް އެންމެ ބޮޑު އެހީއަކަށް ވީ އޭނާގެ ދައްތަގެ ދަރިފުޅެވެ.

މަހަށް ކާންދިނުމާއި އޭގެ ސިއްހަތަށް ބެލުމުގެ އިތުރުން ފެނުގެ ހާލަތު ބެލުމުގައި ވެސް އޭނާގެ އެހީތެރިކަން ލިބުނެވެ. ނަމަވެސް އެކި ސަބަބަތުތަކާ ހެދި މާ ގިނަ ދުވަސްތަކެއް ނުވެ މަސައްކަތް ހުއްޓާލަން ޖެހުނީ އެވެ.

"އޭރު އުޅުނީ މާސްޓާސް އަށް ކިޔަވަން ވެގެން. އެހެންވެ އެހާ ވަގުތެއް ނުދެވޭ. ދެން ދައްތަގެ ދަރިފުޅު ވެސް ބިޒީވެ މަސައްކަތް ނުކުރެވޭގޮތް ވީމާ މަސައްކަތް ހުއްޓާލަން ޖެހުނު،" މުހައްމަދު ކިޔައިދިނެވެ.

އޭގެ ފަހުން ވެސް އެ މަސައްކަތް އެއް ފަހަރެއްގެ މަތިން ފަށައި، ވަގުތު ނުވެގެން ހުއްޓާލަން ޖެހުނެވެ. ނަމަވެސް އެންމެ ފަހުން އަނެއްކާ ވެސް މިދިޔަ އަހަރުގެ އޯގަސްޓު މަސް ހިސާބުގައި އަލުން މަސައްކަތް ފެށުމަށް އާ ހިތްވަރެއް ލި އެވެ. އެއާ އެކު ފައިޓިން ފިޝްގެ އާ ޕެއާއެއް ގަނެ އެ ބްރީޑް ކުރި އެވެ. އަދި އެ ޕެއާ އިން ލިބުނު މަސްތައް ބޮޑު ކުރަން ފެށި އެވެ. މި އަހަރުގެ މާޗު މަހުގެ ތެރޭގައި އަލުން މަސް ވިއްކަން ފެށި އެވެ.

View this post on Instagram

A post shared by Pet_Addicts (@petaddicts.mv)

ފުލްޓައިމް ވަޒީފާ އަދާކުރަމުން މިހާރު ފައިޓިން ފިޝް އަލުން ވިއްކަން ފަށާފައި ވާއިރު އެކި ކަހަލަ ދަތިތަކާ ވެސް ކުރިމަތި ވެ އެވެ.

"މިހާރު އެންމެ އެކަށީގެންވާ ވަރަށް ވަގުތު ނުދެވޭ. މަސްތަކަށް ކާންދިނުމުގެ މަސައްކަތް ކުރާނީ މިހާރު ދައްތަ. ދުވާލަކު ދެ އިރު ކާންދޭނެ ދައްތަ،" އޭނާ ބުންޏެވެ.

View this post on Instagram

A post shared by Pet_Addicts (@petaddicts.mv)

މަސައްކަތައް އެންމެ އެކަށީގެންވާ ވަރަށް ވަގުތު ނުދެވުނަސް ކުރިއަށް އޮތް ތަނުގައި މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް މުހައްމަދު ހުރީ ވަރުގަދަ އުއްމީދަކާ އެކުގަ އެވެ. މިހާރު ވެސް މުހައްމަދުގެ މަސައްކަތް ތަފާތުވާ ސަބަބެއް އޮވެ އެވެ. އެއީ އޭނާ ވިއްކާ މަސްތަކަކީ އެހެން ތަންތަނުން ލިބެން ދަތިވާނެ މަސްތަކަށް ވާތީ އެވެ.

"މަސްތައް ބްރީޑް ކުރާއިރު ބަލަން ވީހާ ވެސް ރެއާ މަސްތައް ލިބޭތޯ. އަދި މާލެއިން ވެސް އާންމުކޮށް ނުފެންނަ މަސްތައް ބްރީޑްކޮށް ރީތި މަސްތައް އާލާ ކުރެވޭތޯ މަސައްކަތް ކުރަން،" އޭނާ ބުންޏެވެ.

View this post on Instagram

A post shared by Pet_Addicts (@petaddicts.mv)

ކުރިއަށް އޮތް ތަނުގައި ފައިޓިން ފިޝްގެ އިތުރުން އެހެން ކަހަލަ ތަފާތު މަސްތައް އާލާކޮށް ވިއްކުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށް މުހައްމަދު ބުންޏެވެ.

ޒުވާނުން

Popular