28 Nov 2023

By: Aishath Mihna Nasih

ބަތަކީ ގިނަ ބައެއްގެ ކެއުމުގައި ހިމެނޭ އެއްޗެކެވެ. އެއީ ފުރިހަމަ، އަގުހެޔޮ އަދި ކެއުންތަކުގެ ރަހަ މީރުކޮށްދޭ އެއްޗެކެވެ.

ނަމަވެސް ބަތުގެ ތެރެއިންވެސް ހާއްސަކޮށް ހުދު ބަތަކީ އެންމެންގެ ކެއުމުގެ ބޭނުންތަކަށް އެންމެ އެކަށޭނަ އެއްޗަކަށް ނުވެދާނެ އެވެ. ކާބްސް ނުވަތަ ކެލޮރީ މަދުކޮށް ކެއުމަށް މަސައްކަތްކުރާ ނަމަ ބަތުގެ ބަދަލުގައި ކޮންމެވެސް އެހެންބާވަތެއްގެ ކެއުމެއް ބޭނުންވެދާނެ އެވެ.

މީގެ އިތުރުން އެހެން ހޯލް ގްރެއިންސް ފަދަ، ސިއްހަތަށް ފައިދާހުރި ވައްޓަފާޅިއަކަށް ބަތް ކެއުމުގެ ބަދަލުގައި އެހެން އޮލްޓަނޭޓިވްސް ބޭނުންކުރެވިދާނެ އެވެ. މި ހިމަނާލަނީ ބަތުގެ ބަދަލުގައި ސިއްހަތަށް ފައިދާހުރި ބާވަތްތަކެކެވެ.

1. ކިނޮއާ

ކިނޯއާ އަކީ އޮށެކެވެ. ބަތުގެ ބަދަލުގައި ބޭނުންކުރެވޭ މި ބާވަތަކީ ގްލޫޓެން ފްރީ އަދި ބަތަށްވުރެ ޕްރޮޓީން ގިނަ އެއްޗެކެވެ.

ކިނޮއާގެ 1/2 ތަށި (92 ގްރާމް) އިން 4 ގްރާމް ޕްރޮޓީން ލިބެ އެވެ. މިއީ ބަތަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.

މަހުގެ ބާވަތްތައް ބޭނުންނުކުރާ ވެޖެޓޭރިއަނުންނަށް ކިނޮއާ އެހާ މަގްބޫލީ މިހެންކަމަށްވެދާނެެ އެވެ.

މީގެއިތުރުން ހަކަތަ ހަޖަމުކުރުމާއި ކަށީގެ ސިއްހަތަށް މުހިންމު ދައުރެއް އަދާކުރާ މުހިންމު މައުދަންތައް ކަމުގައިވާ މެގްނީޒިއަމް އާއި ކޮޕަ ވެސް ގިނަ އަދަދަކަށް މީގައި ލިބެންހުރެ އެވެ.

ކެއްކުމަށް، ހިކި ކިނޮއާގެ އެއް ޖޯޑަށް އަޅާނީ ދެ ޖޯޑު ފެނެވެ. މަތިޖެހުމަށް ފަހު މަޑު ގިނީގައި މަޑުވަންދެން ކައްކާލުމަށް ފަހު، ކައްކާ ނިމުމުން ރަނގަޅަށް އެތެރޭގައި ހިފެހެއްޓިފައިވާ އާވިތައް ނެރެލުމަށް ސަމުސަލަކުން ނުވަތަ އުލަކުން ކީނުއާތައް ހާވާލާށެވެ.

ގްލޫޓެން ސެންސިޓިވް ނަމަ އެންމެ ރަނގަޅީ ގްލޫޓެން ފްރީ ސެޓްފިކެޓް ލިބިފައިވާ ކީނޮއާ ހޯދުމެވެ.

2. ރައިސްޑް ކޮލިފްލާވާ

ރައިސްޑް ކޮލިފްލާވާ އަކީ ބަތަށްވުރެ ވުރެ ދުޅަހެޔޮ، ލޯ ކާބް އަދި ލޯ ކެލޮރީ ބަދަލެކެވެ. މިއީ މަޑު ރަހައެއްގެ އިތުރުން ކައްކާފައި ހުންނަ ރައިސްއާ އެއްގޮތް ޓެކްސްޗާ އަކާއި ސިފައެއް ލިބިފައިވާ އެއްޗެކެވެ.

ރައިސްޑް ކޯލީފްލާވާއަކީ ކީޓޯ ފަދަ ލޯ ކާބް ޑައިޓް ކުރާ މީހުންގެ މެދުގައި މަޝްހޫރު ރައިސް އަލްޓަނޭޓިވް އެކެވެ.

1/2 ތަށި (57 ގްރާމް) ގެ ރައިސްޑް ކޮލިފްލާވާ އިން 13 ކެލޮރީ ހުންނައިރު، ހުދު ބަތުގެ އެއް ސަވިންގް އެއްގައި 100 ކެލޮރީ ހުރެ އެވެ.

ރައިސްޑް ކޮލިފްލާވާ އަމިއްލައަށް ތައްޔާރުކުރުމަށްޓަކައި ކޯލީ ފްލާވާ ގްރޭޓް ކޮށްގެން ނުވަތަ ފުޑް ޕްރޮސެސާއެއްގެ އެހީގައި ހިމުން ކުރެވިދާނެއެވެ. އަދި ކުޑަ ތެޔޮކޮޅާކާއި އެކު، އުނދުންމަތީގައި މަޑު މުށި ކުލައެއް އަންނަންދެން ކައްކާވެސް ލެވިދާނެ އެވެ. ގިނަ ގްރޮސެރީ ފިހާރަތަކުގެ ފްރީޒާ ސެކްޝަން އިން ވެސް ޕްރީމެޑް ރައިސްޑް ކޮލިފްލާވާ ގަނެވޭނެ އެވެ.

3. ބާލީ

ބާލީ އަކީ ހަނޑުލާ ވަރަށް ގާތުން ގުޅިފައިވާ ގްރެއިންއެކެވެ. އޯޓްސް އާއި ވައްތަރު އަދި ޗުއީ ޓެކްސްޗާ އެއް ބާލީގައި ހުންނައިރު ފަސްގަނޑުގެ ރަހައެއް ވެސް ގިނަބަޔަކަށް ބާލީއިން ލަ އެވެ.

ގާތްގަނޑަކަށް 100 ކެލޮރީ އެކުލެވޭ ކައްކާފައި ހުންނަ ބާލީގެ 1/2 ތަށި (81 ގްރާމް) އިން ބަތާއި އެއްވަރަށް ކެލަރީސް ހުއްޓަސް، ބާލީގައި މާގިނަ އަދަދަކަށް ޕްރޮޓީން އާއި ފައިބަރު ލިބެން ހުރެ އެވެ.

ބާލީ ކައްކަން ދެ ޖޯޑު ބާލީ އާއި ހަތަރު ޖޯޑު ފެން އެޅުމަށްފަހު ގާތްގަނޑަކަށް 25-30 މިނެޓް ވަންދެން ކައްކާށެވެ.

4. ކުސްކުސް

ކުސްކުސް އަކީ މެޑިޓެރޭނިއަން އަދި މެދުއިރުމަތީގެ ކެއުންތަކުގައި ގިނައިން ބޭނުންކުރާ ޕާސްތާ ވައްތަރެކެވެ. ހޯލް ވިޓް ކުސްކުސް އަކީ އާންމު ބާވަތްތަކަށް ވުރެ ސިއްހަތަށް ފައިދާހުރި ފައިބަރާއި ޕްރޮޓީން ގިނައިން ހުންނަ އެއްޗެކެވެ.

ކުސްކޯސް ހެދުމަށް އެއް ޖޯޑު ކުސްކޯސް އާއި އެއް ޖޯޑު ފެން އެއްކޮށްލުމަށް ފަހު، ކައްކާލާށެވެ. އެހެން ބާވަތްތަކާ ހިލާފަށް ގާތްގަނޑަކަށް 5-10 މިނިޓް ތެރޭ ކުސްކުސް ކައްކާ ނިމޭނެ އެވެ. މީރު ސެލެޑަކަށް ވެސް ނުވަތަ ރޯސްޓް މަހުގެ ބާވަތްތަކާއި ތަރުކާރީއާ އެކު ވެސް މިއީ ނިކަން ފުރިހަމަ ކެއުމެކެވެ.

ހަނޑޫ

Popular