21 Jun 2024

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޝިލްޕާ ޝެޓީ އަކީ މޮޅަށް އެކްޓްކުރުމުގެ އިތުރުން ހަށިގަނޑަށް ފައިދާ ހުރި ލައިފްސްޓައިލެއް ގެންގުޅޭ ވެސް މީހެކެވެ. ސޯޝަލް މީޑިއާގެ އިތުރުން އެކި ފޮތްތަކާއި ކަސްރަތު ވީޑިއޯ ސީޑީތަކުގެ ޒަރިއްޔާއިން ޝިލްޕާގެ "ވެލްނަސް" އޭނާގެ އޯޑިއަންސާ ހިއްސާކުރެ އެވެ.

ކަސްރަތުގެ އިތުރުން އެކި ކާނާއިން ހަށިގަނޑު ޒުވާންކޮށް އަދި ދުޅަހެޔޮކަންމަތީގައި ގިނަ ދުވަހު ބެހެއްޓިދާނެ ކަމަށް ޝިލްޕާ ނިކަން ގިނައިން އޭނާގެ ކޮންޓެންޓުތަކުގައި ބުނެ އެވެ. އެންމެ މުހިންމީ ހެދުނުގެ ނާސްތާކަން ފާހަގަކޮށް މިފަހަރު މިއޮތީ ޝިލްޕާގެ އެންމެ ފޭވަރިޓް ހެނދުނުގެ ނާސްތާ ބެލުންތެރިންނާ ހިއްސާކޮށްފަ އެވެ. މި ނާސްތާގައި ގިނަ ވިޓަމިންތަކާއި މިނަރަލް އަދި ފައިބާ ހިމެނެ އެވެ.

މިއީ "މޭޝްޑް އެވޮކާ އޮން ސަވާ ޑޯ ބްރެޑް" ހަދާނެ ގޮތެވެ.

ސަވާ ޑޯ ހަދަން ބޭނުންވާނެ ތަކެތި

1.5 ޖޯޑުގެ ރައި ފުށް

1.25 ޖޯޯޑުގެ ފެން

2 މޭޒުމަތީ ސަމުސާ ޗިއާ ސީޑް ( ބައި ޖޯޑު ފެނުގައި ފޯކޮށްފައި)

2 މޭޒުމަތީ ސަމުސާ ފްލެކްސް ސީޑް

3/4 ޖޯޑުގެ ޔޯގަޓް

1 އެވޮކާޑޯ ޗަސްކޮށްފައި

1 ސައިސަމުސާ ޓްރަފަލް އޮއިލް

ސަވާ ޑޯ ހަދާނެ ގޮތް

1- ބޮޑު ބޯތައްޓެއްގައި ފުށާއި ޔީސްޓް އަދި ލޮނު ކޮޅެއް އެއްކޮށްލާށެވެ.

2- މަޑުމަޑުން ފެންކޮޅު އެއްކޮށްލަމުން ފުށްގަނޑު މޮޑެލާށެވެ.

3- ތެތް ސާފު ތުވާލިކޮޅަކުން މި ފުށްގަނޑުގެ މަތި ފޮރުވާލާފައި ދެ ގަޑި އިރު ވަންދެން، ފުށްގަނޑު ފުފެންދެން ބަހައްޓާލާށެވެ.

4- ބޯތަށިން ނަގާފައި ހިކިފުށް އަޅާލާފައި ހުރި އެއްޗެއްގެ މަތީގައި މި ފުށްގަނޑުގެ ކައިރިފަށް އަޑިއަށް މަޅާލަމުން މީގެ ތެރެއަށް ފްލެކްސް ސީޑް އަދި ޗިއާ ސީޑްތައް އެއްކޮށްލާށެވެ.

5- އަނެއްކާވެސް ގަޑިއިރެއް ވަންދެން މި ފުށްގަނޑު ބަހައްޓައި، 30 މިނެޓަށް ވުމުން ފުށްގަނޑު ނަގައި ޕާޗްމަންޓް ޕޭޕާއެއްގެ މައްޗައް ބަދަލުކޮށްލާށެވެ. އަދި ކުރިއާލައި، އަވަން 150 ޑިގްރީ ސެލްސިއަސްގައި ހޫނުކޮށްލުމަށް ފަހު ފުށްގަނޑު އަވަނަށް ލާށެވެ.

6- ފުށްގަނޑު ފުފެންފެށީމާ އަވަނުން ނެގުމަށް ފަހު ޕާޗްމަންޓް ޕޭޕާގެ ކައިރި ފަށުގައި ފުށްކޮޅެއް އުނގުޅާލާށެވެ.

7- ހޫނުމަޑުކޮށްލުމަށް ފަހު އިތުރު 30 މިނެޓު ވަންދެން ފިހެލާށެވެ.

އެވޮކާޑޯ ޓޯސްޓު

1- އެއްކަލަ ސަވާޑޯ ޕާނުން ރީތިކޮށް ޕާން ފޮއްޗެއް ކޮށާލުމަށް ފަހު ބޭކިންގް ޓްރޭއަކަށް ލާށެވެ.

2- 3-4 މިނެޓުވަންދެން ދެފަޅި ފިހެލާށެވެ.

3- އެއް އެވޮކާޑޯ އުލަކުން ޗަސްކޮށްލާފައި ލޮނުކޮޅަކާއި ޓްރަފުލް އޮއިލްއާ އެއްކޮށްލާށެވެ.

4- ޓޯސްޓު އަވަނުން ނެގުމަށް ފަހު އެވޮކާޑޯތައް މީގެ މަތީގައި އަތުރާލީމާ ނިމުނީ އެވެ.

Popular