6 Oct 2025

By: Asima Nizar

ކަސްރަތުކުރާ އަންހެނުން މަދު ނޫންކަން ޓްރެކްތަކާއި ޖިމްތަކަށް އެކަނި ބަލައިލިޔަސް އެނގެ އެވެ. އެކަމަކު ކަސްރަތު ބޭނުންވާ އެންމެ މުހިއްމު އެއް ދުވަސްވަރު ކަމަށްވާ، މާބަނޑު އިރު އެކަމާ ދުރުވެވެނީ އެވެ.

ވެލްނެސް ކްލަބުގެ ފިޓްނެސް އިންސްޓްރަކްޓަރު އައިޝަތު ވިޝާމާ (ވިޝާ) މި ކިޔައިދެނީ ބަނޑުބޮޑުއިރު ކަސްރަތުކުރުމުގެ ފައިދާތަކެވެ.

ބަނޑަށް 32 ހަފުތާގައި ވެސް ގްރޫޕު ކްލާސްތަކާއި ޕާސަނަލް ޓްރެއިނަރަކަށް އުޅޭ ވިޝާ ބުނީ، އޭނާ ފުރަތަމަ ދަރިފުޅު ލިބުނުއިރު އެއްވެސް ވަރަކަށް ކަސްރަތުނުކުރާ ކަމަށެވެ. ނަމަވެސް، ދެ ވަނަ ދަރިފުޅަށް ބަލިވެ އިންއިރު ވެސް ގަވައިދުން ކްލާސްތައް ނަގައިދީ، ކަސްރަތުކުރުމުގައި އުޅޭތީ އެ ދެ ދުވަސްވަރުގެ ތަފާތު ވަރަށް ބޮޑަށް އަޅާކިޔުނެވެ.

View this post on Instagram

A post shared by The Wellness Club (TWC) (@thewellnessclub.mv)

ވިޝާއަކީ ބޮޑީ ޕަމްޕާއި ބޮޑީ ކޮމްބެޓާއި ބޮޑީ އެޓޭކް އަދި ޒުމްބާ އިންސްޓްރަކްޓަރެކެވެ. ބަނޑުބޮޑުވި ހިސާބުން ކޮމްބެޓް ކްލާސްތައް ހުއްޓާލައި އޭނާ އަންނަނީ ބޮޑީ ޕަމްޕަލާއި ބޮޑީ އެޓޭކް އަދި ޒުމްބާ ނަގައިދެމުންނެވެ.

"ރެގިއުލާކޮށް ކަސްރަތުކުރުމަކީ ޕްރެގްނެންޓު އިރު ވެސް މުހިއްމު ކަމެއް އެ މީހަކަށް ވީ ވަރަކުން. އެންމެ މުހިއްމު ކަމަކީ ލިސެން ޓު ޔުއަ ބޮޑީ. ކޮންމެ ދުވަހަކު ވެސް އެ ދުވަހެއްގެ ކަސްރަތުކޮށްލުމަކީ ވަރަށް މުހިއްމު ކަމެއް،" ހަ އަހަރުގެ ކުއްޖެއް ވެސް ހުންނަ ވިޝާ ބުންޏެވެ.

ވިޝާ، ބަނޑުބޮޑުވުމުގެ ކުރިން ގްރޫޕް ކްލާހެއް ނަގައިދެނީ.

އޭނާ ބުނިގޮތުގައި މާބަނޑުވުމުން، ކަސްރަތުގެ އިންޓެންސިޓީ މޮޑިފައިކޮށްގެން ކުރިއަށްގެންދިއުން މުހިއްމެވެ. އަދި ގްރޫޕު ކްލާސްތައް ގެންދަން އުނދަގޫވާނަމަ ޓްރެއިނަރަކާއެކު ޖިމްގައި ވެސް ވޯކްއައުޓް ހެދޭނެ ކަމަށް ބުންޏެވެ.

ވިޝާ ބުނީ އެ ހަރަކާތްތެރި ބަދަލާ އެކު، މާބަނޑު ދުވަސްވަރު މި ފަހަރު އެތައް ގޮތަކުން ލުއި ލިބިފައިވާ ކަމަށެވެ.

"މި ޕްރެގްނެންސީގައި ފެޓީގް ވަރަށް ބޮޑަށް މެނޭޖުކުރެވޭ، އެނާޖީ ލެވެލް މަތި. ހަ އަހަރުގެ ކުއްޖެއް ގޮވައިގެން ކޮންމެ ދުވަހެއްގެ މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް،" އޭނާ ބުންޏެވެ.

"އަޅުގަނޑު މިހުރީ އުފަލުން."

ސިއްހަތު ފިޓްނެސް މާބަނޑުވުން

Popular