18 Nov 2017

ފަންނުވެރި ދެމަފިރިންގެ "އައިލެންޑް ބާޒާރު"

މި ދެމަފިރިންނަކީ ވެސް އާޓިސްޓުންނެވެ. އޭގެ ނަތީޖާ އަކީ ވެސް ފަންނުވެރިކަން އެހެން ހަރުފަތަކަށް ދިޔުމެވެ. މި ދެމަފިރިންގެ ބާޒާރަށް ވަދެލަން ހިނގާށެވެ.

މި ދެމަފިރިންނަކީ ވެސް އާޓިސްޓުންނެވެ. އޭގެ ނަތީޖާ އަކީ ވެސް ފަންނުވެރިކަން އެހެން ހަރުފަތަކަށް ދިޔުމެވެ. މި ދެމަފިރިންގެ ބާޒާރަށް ވަދެލަން ހިނގާށެވެ.

By: Nurah Rasheed

ފާތިމަތު ސަލާހް އާއި ހަސަން ރަމީޒަކީ އާޓިސްޓިކް ދެމަފިރިންނެވެ. އެކުވެރި ނަމުން ނަމަ ކޮކީ އާއި ޓޮމް އެވެ. އިންޓީރިއާ ޑިޒައިންގެ މަސައްކަތްތައް ކުރާ ކޮކީ އާއި އަތްތެރި މަސައްކަތްކުރާ ޓޮމްގެ ގުޅުމުން ވުޖޫދަށް އައީ ވެސް ފަންނުވެރި މަސައްކަތެކެވެ. ރާއްޖޭގެ އުފެއްދުންތެރި މަސައްކަތްތައް އެއް ތަނަކަށް ޖަމާކޮށް، އެކި ޑިޒައިންތަކުގެ ދިވެހި އުފެއްދުންތައް އެއްތަނަކުން ލިބޭ "އައިލެންޑް ބާޒާރު" އެވެ.

އައިލެންޑް ބާޒާރުގެ ކޮންސެޕްޓް އުފެދިގެން އައީ ކިހިނެއް؟

ކޮކީ އާއި ޓޮމް އަކީ އަބަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ހަދާ ދެމީހުން. ކޮންމެ ގައުމަކަށް ދިޔައަސް ފެންނަނީ އެ ގައުމެއްގެ އަތްތެރި މަސަތްކަތްތަކާއި އާޓިސްޓުންގެ ހުނަރުތައް ފެނިގެންދާ ފިހާރަތައް. މިހާރު ކުރީ ޒަމާނުގައި މީހުން ސޮވެނިއާ ފިހާރަތަކަށް ގޮސް އެއްޗެހި ގަންނަހެނެއްނޫން ގަންނަނީ. މި ޒަމާނުގައި މީހުން ގިނައިން ބޭނުންވަނީ ގޭތެރޭގަޔާއި އެހެނިހެން ކަންތައްތަކުގައި ބޭނުން ހިފޭނެ ކަހަލަ ޕްރޮޑަކްޓުތަކެއް. އޭރު މާލޭގައެއް މިބުނާ ކަހަލަ އައުޓްލެޓެއް ނުވަތަ ކޮންޓެންޕޮރަރީ ގޮތަކަށް ރާއްޖޭގެ ޕްރޮޑަކްޓެއް ފެންނާކަށް ނުހުރޭ. މިގޮތުން ޑިޒައިން އާއި ކްރާފްޓާއި އާޓް އަދި ޓްރެވަލް، މި ހުރިހާ އެއްޗެއް އެއްވެގެން އައިލެންޑް ބާޒާރު އުފެދުނީ.

އައިލެންޑް ބާޒާރަކީ ދިވެހިވަންތަ މަސައްކަތްތައް އެއް ތަނަކުން ލިބޭ ގޮތަށް ހަދާފައިވާ ތަނެއް

ފިހާރަޔަށް މުދާ ހޯދީ ކިހިނެއް؟ ފިހާރަ ހުޅުވުމުގެ ކުރިން މި މަސައްކަތް ކުރީ ކިހިނެއް؟

އައުޓްލެޓް ހުޅުވުމުގެ ކުރިން ގާތްގަނޑަކަށް އެއް އަހަރު ވަންދެން ޕްލޭންކޮށް، ގޭގައި އެކި އެއްޗެހި ހެދީ. އޭރު ކުޑަކޮށް އިންސްޓަގްރާމުން ވެސް ބައެއް އެއްޗެހި ވިއްކާ ހެދިން. ކުޝަން އާއި ފޮޓޯ ޕްރިންޓް އަދި ޕްރޭމް ކަހަލަ އެއްޗެހި އިންސްޓަގްރާމް ޕޭޖުން އޭރު ވިއްކީ. މިދިޔަ އަހަރު ސެޕްޓެމްބަރުގައި އައިލެންޑް ބާޒާރު އައުޓްލެޓް ހުޅުވުނީ.

އައިލެންޑް ބާޒާރު: ދިވެހި އެކި ވައްތަރުގެ އުފެއްދުންތައް މިތަނުން ލިބޭ

ފިހާރައިގައި އެކި އާޓިސްޓުންގެ ޕްރޮޑަކްޓްތައް ދައްކާލުމަށް ފުރުސަތު ދެނީ ކިހިނެއް؟ އެތަނުން ކޮކީ އާއި ޓޮމްގެ ޑިޒައިންތަކަކީ ކޮބާ؟

ކޮކީ އާއި ޓޮމް ޑިޒައިން ކޮށްފަ ހުރި ޕްރޮޑަކްޓްތަކުގެ ތެރޭގައި ހިމެނޭނީ ޓޮޓް ދަބަސް، ސްކާފް، ކުޝަން، ޓީޝާޓް، ފްރިޖް މެގްނެޓް އެއީ ޓޮމް ހަދާ ކުދި ރިޔަލު ދޯނިތަކެއް. އަދި އަހަރުމެން ދެމީހުން ނަގާފަ ހުންނަ ފޮޓޯ ޕްރޭމްތައް. ބައެއް އާޓިސްޓުންނަށް މިކޮޅުން އެޕްރޯޗް ވެސް ކުރަން. ދެން ހުންނާނެ މިކޮޅަށް އައިމަ މި ސްޓޯއަށް ފިޓުވާ ކަހަލަ ޕްރޮޑަކްޓްއެއް ވެއްޖެއްޔާ ފުރުސަތު ދީފަ.

އައިލެންޑް ބާޒާރުގައި ހުރި ދަބަސްތަކަކާއި ބައްޖެއް

މިހާރު އައިލެންޑް ބާޒާރުގައި ކިތައް އާޓިސްޓުންގެ ޕްރޮޑަކްޓްތައް ހުންނާނެ؟

މިހާރު ގާތްގަނޑަކަށް ޕެއިންޓިން އާޓިސްޓުންނާއި ނުލައި 20 އަށް ވުރެެއް ގިނަ ވާނެ. ރާއްޖޭގެ އެކި ރަށްތަކުން ވެސް އެ ރަށް މަޝްހޫރު ވެފަ އޮންނަނީ ކޮން މަސަތްކަތަކަށްތޯ ބަލައި، އެ ރަށްތަކުން ކުދިން ހޯދައިގެން އެމީހުންގެ މަސަތްކަތްތައް ވެސް މި މި ފިހާރައިގައި ވިންކަން ހުންނާނެ. އޭގެ ތެރޭގައި ތުނޑުކުނާ މަސަތްކަތްތަކާއި ފައިބަރު ދޯނި ކަހަލަ އެއްޗެހި ހިމެނޭނެ.

މި ދެމަފިރިންގެ މި ދިވެހިވަންތަ މަސައްކަތާ މެދު އެ މީހުން ދެކޭ ހުވަފެން ފޮންޏެވެ.

"އުންމީދަކީ ކުރިއަށް އޮތް ފަސް އަހަރެއްހާ ދުވަހުގެ ތެރޭ މި ފިހާރައިގެ އެކި އައުޓްލެޓްތައް ބޭރުގެ އެހެން ގައުމުތަކުގައި ވެސް ފެންނަން ހުރުން. މިހާރުވެސް ސްވިޓްޒަލޭންޑްގައި އައިލެންޑް ބާޒާރުގެ ބައެއް ޕްރޮޑަކްޓްތައް ލިބެން ހުންނާނެ."

އަތްތެރި މަސައްކަތް

Popular