ސަމާ ނުވަތަ ސަމްކޯއޭ ކިޔަސް ވަރިހަމަ އެވެ. ފިލްމީ ދާއިރާގެ "ޑޯލް" އަކީ މަރިޔަމް އައްޒަ ކަމުގައި ވަނީ ނަމަ ދިވެހި ލަވައިގެ ދުނިޔޭގައި އެންމެ ފަރި "ޑޯލް" އަކީ މިއީ އެވެ. މިފަހަރު ސަމާގެ ލައިފްސްޓައިލުން 11 ސިއްރެކެވެ.
ސަމާ ނުވަތަ ސަމްކޯއޭ ކިޔަސް ވަރިހަމަ އެވެ. ފިލްމީ ދާއިރާގެ "ޑޯލް" އަކީ މަރިޔަމް އައްޒަ ކަމުގައި ވަނީ ނަމަ ދިވެހި ލަވައިގެ ދުނިޔޭގައި އެންމެ ފަރި "ޑޯލް" އަކީ މިއީ އެވެ. މިފަހަރު ސަމާގެ ލައިފްސްޓައިލުން 11 ސިއްރެކެވެ.
1- ޕާފިއުމް
"މިހާރު ބޭނުން ކުރަނީ ގޫޗީގެ ފްލޯރާ. އެކަމަކު އެއީ ފެވަރިޓެއް ނޫން. އެންމެ ފެވަރިޓް ޕާފިއުމް އަކީ އަރްމާނީ."
2- ލިޕްސްޓިކް
"މެކް އެންމެ ކަމުދަނީ. އެއީ ވަރަށް ޕޮޝް ލުކްއެއް ހުންނަ އެއްޗެއް. އެންމެ ރީތީ ޕިންކް."
3- ބޮޑީބަޓާ / ބޮޑީ ލޯޝަން
"ބޮޑީ ބަޓާއަކަށް ބޭނުންކުރަނީ ވިކްޓޯރިއާ ސީކްރެޓްގެ ޕިޔޯ ސެޑިކްޝަން. އެއީ ހަމަ އެންމެ ކަމުދާ ވައްތަރަކީ. އޭތި އެވަރަކަށް ކަމުދަނީ ތުއި ވަސް ދުވާތީ."
4- ހޭންޑް ބޭގް / ކްލަޗް
"ޗާލްސް އެންޑް ކީތު. އޭގެ ކުލަތަކާއި ލިބެން ހުންނަ ވެރައިޓީތައް ވެސް ހަމަ ކަމުދަނީ."
5- ކޮންޑިޝަނާ އެންޑް ޝޭމްޕޫ
"މިހާރު ބޭނުންކުރަނީ ޓްރެސެމޭ އާއި ޕެންޓީން. އެންމެ ފެވަރިޓަކީ ލޯރިއަލް. ލޯރިއަލް އެއީ ވަރަށް މީރުވަސް ދުވާ އެއްޗެއް. ދެން ޓްރެސެމޭ އަކީ ރާއްޖެ ކަހަލަ ތަނެއްގައި ބަލާއިރު މޫސުމާ ގުޅޭ ވަރަށް ރަނގަޅު އެއްޗެއް."
6- ކޮފީ އެންޑް މިލްކްޝޭކް
"ސަމާ މިއީ ކޮފީ ބޯ މީހެއް ނޫން. ދެން އެންމެ ކަމުދަނީ ސީގަލްގެ ޗޮކްލެޓް މިލްކްޝޭކް. އެއީ މުޅި މި މާލެއިން ވެސް އެންމެ މީރު މިލްކްޝޭކް ލިބޭތަން."
7- ޗޮކްލެޓް ނުވަތަ އައިސްކްރީމް
"ޑެއިލީ މިލްކްގެ ބަބްލް އާއި ސްވިސްގެ މިލްކް ޗޮކްލެޓް."
8- ޑްރެސް ކަލާސް
"އެންމެ ކަމުދާ ކުލަތަކަކީ ބްލެކް އާއި ޕިންކާއި ވައިޓް. ވައިޓް ބޮޑަށް ލާހިތްވަނީ ދުވާލު ގަޑީގައި. އެއީ ކްލީންވެފަ ނީޓް ކުލައަކަށްވީމަ. ބްލެކް ކަމުދަނީ ރޭގަނޑަށް ހުރިހާ އޮކޭޝަނަކާ ވެސް ގުޅޭ ކުލައަކަށްވީމަ. ދެން ޕިންކަކީ އަސްލު ފެވަރިޓް ކުލައަކީ. ޕިންކްގެ ކޮންމެ އެއްޗެއްވެސް ހުރިހާ ގަޑިތަކެއްގައި ވެސް ލާނެ. ނިދާއިރު ވެސް."
9- ސަންގްލާސް
"ސަންގްލާސްގެ ތެރެއިން ވެސް އެންމެ ކަމުދަނީ ޗާލްސް އެންޑް ކީތު."
10- ހޮލިޑޭ ޑެސްޓިނޭޝަން
"އެންމެ ދާން ބޭނުންވަނީ ޕެރިހާއި އޮސްޓްރޭލިއާ އަށް. އަދި ނުދެވޭ. އެކަމަކު ދާން ވެގެން މި އުޅެނީ. އޮސްޓްރޭލިއާ އަކީ އިން ފިއުޗާގައި ދިރިއުޅެން ބޭނުންވާތަން. ދެން ކުޑައިރުއްސުރެން ވެސް ލައިކްވަނީ އޮސްޓްރޭލިއާ އަށް. ޕެރިސް އަކީ ދެން ހަމަ ޑްރީމް ކަންޓްރީއެއް. ލޯބިވަނީ ހަމަ އެ ގައުމު ދެކެ."
11- ޕިއްޒާ
"އެންމެ މީރީ ޑޮމިނޯސް ޕިއްޒާ. އެ ޕިއްޒާ މީރުވި ގޮތަކީ އަސްލު ވަރަށް ބޮޑު ސްޓޯރީއެއް."