18 Feb 2019

މޫދަށް ދާން ވެސް މިހާރު ނަލަހެދެން ޖެހޭ

މީގެ ކުރިން، މޫދަށް ދާ ވާހަކަ ބުނެފި ނަމަ ގޮސް ހޯދަން ފަށާނީ އަތުގައި އޮންނަ އެންމެ ބާ ހެދުމެވެ. އެ ވާނީ މޫދަށް ދާ ހެދުމަށެވެ. ވަރުގެ ކޮޅަށް މޭކަޕްކޮށް ނަލަހެދުމެއް ނޯވެ އެވެ.

މީގެ ކުރިން، މޫދަށް ދާ ވާހަކަ ބުނެފި ނަމަ ގޮސް ހޯދަން ފަށާނީ އަތުގައި އޮންނަ އެންމެ ބާ ހެދުމެވެ. އެ ވާނީ މޫދަށް ދާ ހެދުމަށެވެ. ވަރުގެ ކޮޅަށް މޭކަޕްކޮށް ނަލަހެދުމެއް ނޯވެ އެވެ.

By: Aishath Maaha

މީގެ އަހަރުތަކެއް ކުރިން ނަމަ، މޫދަށް ދާ ވާހަކަ ބުނެފި ނަމަ ގޮސް ހޯދަން ފަށާނީ އަތުގައި އޮންނަ އެންމެ ބާ ހެދުމެވެ. އެ ވާނީ މޫދަށް ދާ ހެދުމަށެވެ. ވަރުގެ ކޮޅަށް މޭކަޕްކޮށް ނަލަހެދުމެއް ނޯވެ އެވެ. ބޮލުގައި ތޮތްޕެއް، ލޮލުގައި އަވި އައިނެއް އެޅުމެއް ނެތެވެ. ދުވެ ގޮސް ފުންމާލަނީ މޫދަށެވެ.

ނަމަވެސް މިކަން ބަދަލުވެއްޖެ އެވެ. ކޮންމެ ކޮންމެ އެއްޗެއް ލައިގެން މިހާރު މޫދަކަށް ނުދެވޭނެ އެވެ. މޫދަށް ދާން ހާއްސަ "ޑްރެސް ކޯޑެއް" މިހާރު އޮތީ ޓްރެންޑްވެ ނިމިފަ އެވެ. ހާއްސަ ފޮޓޯ ޝޫޓެއް ވެސް އޮންނަންޖެހެ އެވެ.

އަންހެން ކުއްޖަކު ބީޗުގައި އިން އުނދޯއްޔެއްގައި. --

އެއީ ޕްލެއިން ޓީޝާޓެއް ނުވަތަ ސްޓްރައިޕްސް ޓީޝާޓެކެވެ. އެންމެ މަޝްހޫރީ ހުދު އަދި ކަޅު ކުލަ އެވެ. އެއާއެކު ކޮންމެވެސް ޑިޒައިނެއް ހުންނަ ފުޅާ ހަރުވާޅެކެވެ. މަންޑަލާ އާޓު ހިމެނޭ ހަރުވާޅުތައް މަގުބޫލެވެ. ކުޑަ ވަށް ބުރުގާއެއް ނުވަތަ ތިންކަނަށް އަޅާ އާދައިގެ ބުރުގާއެއް ވެސް ރަނގަޅެވެ. އެކަމަކު އެންމެ މަގުބޫލީ ޝޯލް އެވެ. އެންމެ ރީތިކޮށް މޭކަޕްކުރަން ވެސް ޖެހެ އެވެ. ވޯޓާ ޕްރޫފް ފައުންޑޭޝަނާއި ލިޕްސްޓިކާއެކު އަވިއައިނާ ތޮފި އަޅާލައިގެން ގޮނޑުދޮށުގައި އަދި މޫދުގައި ނަގާ ފޮޓޯތަކަކީ އިންސްޓަގްރާމްގެ ފީޑު ރީތިކޮށްލާ ފޮޓޯތަކެވެ.

އަންހެން ކުއްޖަކު ބީޗުގައި ނަގާފައިވާ ފޮޓޯއެއް. މިކަހަލަ ތޮފި އަޅައިގެން ފޮޓޯނެގުން މިހާރު މަގުބޫލު. --

"ބީޗަށް ގޮސް ރީތި ފޮޓޯތަކެއް ނަގަން ބޭނުންވާތީ އެހާ ރީތިވަނީ. އެގޮތަށް ނަގާ ފޮޓޯތައް ވަރަށް ރީތި ވެސް ވާނެ. ފްރެންޑުންނާ އެކީގައި މަޖާކޮށްލަން މޫދަށް ދަނީ. އެކަމަކު ދާއިރު ރީތި ފޮޓޯއެއް ވެސް ނަގަން. އެހެން ނޫނަސް މާލޭގައި އުޅޭއިރުގައި މޫދަށް ދެވެނީ ވެސް މަދު ފަހަރަކު. އެހެންވީމަ ދެވޭ ފަހަރުގައި ސަޅި ފޮޓޯއެއް ނަގަން ބޭނުންވާނެ ދޯ،" ޒުވާން އަންހެން ކުއްޖަކު ކިޔައިދިނެވެ.

ފޮޓޯ: ޖަޒޫ

މިގޮތަށް ނަގާ ފޮޓޯތަކާއެކު އިންސްޓަގްރާމް ފީޑު އިތުރަށް ރީތިކޮށްލަނީ މޫދު އަޑިން ވެސް ބައެއް ފެންނަ ގޮތަށް ލޮނުގަނޑު އަޑިން ގޯޕްރޯ ފަދަ އެއްޗަކުން ނަގާ ފޮޓޯތަކުންނެވެ. މޫދުގައި ފޮޓޯ ނަގާނެ ހާއްސަ ޕޯސްތަކެއް ވެސް އެބައުޅެ އެވެ. އަދި އަލަނާސި އަކީ ވެސް ބީޗު ފޮޓޯތައް އިތުރަށް ހިތްގައިމުކޮށްލައިދޭ އެއްޗެކެވެ.

އަންހެން ކުއްޖަކު މޫދަށް އެެރިގެން. އުނަގަނޑާ ހަމައަށް ތެމިލައިގެން ފޮޓޯނެގުން މިހާރު މަގުބޫލު. --

ފޭއްޔެއް ނުވަތަ މަންޑަލާ އާޓުން ޑިޒައިންކޮށްލާފައިވާ ފޮތިގަނޑަކީ ވެސް މިހާރު މޫދަށް ދާއިރު ކޮންމެހެން ވެސް ގެންދަން ޖެހޭ އެއްްޗެކެވެ. މި ފޮތިގަނޑު އުނަގަނޑުގައި އައްސާލައިގެން ފޮޓޯ ނެގުމަށެވެ. ނުވަތަ އެ ފޮތިގަނޑު މަތީގައި އައިނާއި ތޮފި އަދި އަލަނާސި ރީތި ގޮތަކަށް އަތުރާލައިގެން ފޮޓޯ ނަގާށެވެ. ހާއްސަ ދަތުރު ބީޗް ފޮޓޯ އެކެވެ.

ބީޗުގައި އަލަނާސި ހިފައިގެން. މިއީ ވެސް މިހާރު ޓްރެންޑެއް. -- ފޮޓޯ: ޖަޒޫ

އެންމެ މުހިންމު އެކަތި އަދި އެބައޮތެވެ. ސަން ސްކްރީން ލޯޝަނެވެ. އެންމެ އަވިގަދަ ގަޑީގައި އުނަގަނޑާ ހަމައަށް މޫދަށް އެރިގެން ފޮޓޯތައް ނަގާއިރު ހަންގަނޑު އެނދުމުން ސަލާމަތްކުރަން ކޮންމެހެން ވެސް ސަންސްކްރީން ލޯޝަން ބޭނުންކުރެ އެވެ.

އެހެންވީމާ މިހާރު މޫދަށް މިދަނީ ހަމައެކަނި މޫދަށް އެރިލާ މަޖާކުރާކަށް ނޫނެވެ. ބީޗުގައި މޫދުކައިރީގައި ރީތި ފޮޓޯތަކެއް ވެސް ނަގާށެވެ.

ފެތުން ފޮޓޯގްރަފީ

Popular