5 Sep 2019

ރެޑް ކާޕެޓްގައި ރުތުބާ؛ ތަފާތު؟

"ނުދަންނަ މީހުންނަށް މި ސްޓައިލްގައި ރުތުބާ މީގެ ކުރިން ނުފެންނާތީ ތަފާތު ކަމަށް ފާހަގަވަނީ ކަންނޭނގެ"

"ނުދަންނަ މީހުންނަށް މި ސްޓައިލްގައި ރުތުބާ މީގެ ކުރިން ނުފެންނާތީ ތަފާތު ކަމަށް ފާހަގަވަނީ ކަންނޭނގެ"

By: Shamila Ibrahim

އޮލިމްޕަހުގައި ޕްރިމިއާކުރި، އިލްޔާސް ވަހީދު (އިއްލެ)ގެ އަލަތު ޑައިރެކްޝަން "ބަވަތި" ގެ ތަފާތުކަމުގެ ވާހަކަ ބާއްވާށެވެ. މި ސައިކޮލޮޖިކަލް ތްރިލާގެ ޕްރިމިއާ ނައިޓްގައި ބޭއްވި ރެޑް ކާޕެޓުން ވެސް ތަފާތު ސްޓައިލްތަކެއް ފެނުނެވެ. އޭގެ ތެރެއިން، މޭކްއަޕް އާޓިސްޓް ރުތުބާ ފެނުނު ގޮތް ވެސް ފާހަގަވި އެވެ.

ޕްރިމިއާ ނައިޓްތަކުން އާންމުކޮށް ރުތުބާ ނުފެނުނަސް، އޭނާގެ މޭކަޕްތަކާ އެކު އެ ހަފުލާތަކަށް ދާ މީހުން ބައިވަރެވެ. އެކަމަކު މިފަހަރު ރުތުބާގެ މޭކަޕާ އެކު އައީ ރުތުބާ އެވެ. އެއްބަޔަކު ބުނީ ތަފާތު ކަމަށެވެ. އެކަމަކު ރުތުބާ ބުނީ އޭނާ ދަންނަ މީހުންނަށް އެއީ ތަފާތު ކަމަކަށް ނުވާނެ ކަމަށެވެ.

"ތަފާތު މޭކަޕެއް ނޫން"

"ދަންނަ މީހުން ތަފާތު ވެގެންނެއް ނޫޅޭ. ނުދަންނަ މީހުންނަށް މި ސްޓައިލްގައި ރުތުބާ މީގެ ކުރިން ނުފެންނާތީ ތަފާތު ކަމަށް ފާހަގަވަނީ ކަންނޭނގެ ދޯ،" ރުތުބާ ބުނީ މިހެންނެވެ.

އެއީ ރުތުބާ މީގެ ކުރިން ނުފެންނަ ގޮތެއް ނޫނެވެ.

"މިސާލަކަށް ފިރިމީހާއާ އެކީ ޑޭޓަކަށް ދާންވިޔަސް، ކަންމަތީ ފިހާރައަށް ދާން ވިޔަސް ހުރެފާނެ ހަމަ އެ ކަހަލަ މޭކަޕެއް ކޮށްފަ. މިބުނީ ބްލެކް ލިޕްސްޓިކެއް ޖައްސާފަ ހެވީ ސްމޯކީ އައިޒް،" މޭކަޕް ހާއްސަ ނޫންކަން ފާހަގަކޮށް އޭނާ ބުންޏެވެ.

ބަވަތި ރެޑްކާޕެޓް: މޭކަޕް އާޓިސްޓް ރުތުބާ އަދި އޭނާގެ ފިރިމީހާ.-- ދޯ ފޮޓޯ/ ހުސެން ވަހީދު

ޕްރިމިއާ ނައިޓުން ރުތުބާ ފެނުނީ އެ ބުނި ކަހަލަ ޑާކް މޭކަޕެއްގައެވެ. އޭނާ ބުނި ގޮތުން ނަމަ ނަލަ ހެދިލާ ކޮންމެ ފަހަރަކު ވެސް ކުރަނީ ސިންޕަލް ނެޗުރަލް މޭކަޕެއްގެ ބަދަލުގައި އެކަހަލަ ޑާކް މޭކަޕެކެވެ. އޭނާގެ މޭކަޕް ކެރިއަރުގެ އަށް އަހަރުގެ ތެރެއިން ފަސް އަހަރު ހޭދަކުރީ ސްޕެޝަލް އިފެކްޓްސް މޭކަޕްް ކުރުމުގައެވެ.

"(ޕްރިމިއާ ނައިޓްގެ) އެ މޭކަޕަކީ ކޮންމެހެން ފިލްމާ ގުޅުވާފަ ކޮށްފަ އިން މޭކަޕެއް ނޫން. ހަމަ ކޮންމެ އިވެންޓަކަށް ދާން ވެސް ޕްރިފާ ކުރަނީ ބްލެކް ލިޕްސްޓިކް އެންޑް ހެވީ ސްމޯކީ އައިޒް. އެއީ އަނެއްހެން ބުނަންޏާ މައި ގޯ-ޓު ލުކް"

"އެކްސްޓްރާ އޯޑިނަރީ އައުޓްފިޓެއް ނޫން"

ރެޑްކާޕެޓުގައި ރުތުބާ ލައިގެން ހުރި ކަޅު ކުލައިގެ ޖަންޕްސޫޓް ވެސް އޭނާ ސިފަކުރީ އާންމުކޮށް އަޅާ ވައްތަރުގެ ހެދުމެއްގެ ގޮތުގަ އެވެ.

"އެއީ އެހާ އެކްސްޓްރާ އޯޑިނަރީ އައުޓްފިޓެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން"

ޝިފް ކުޗުއާގެ ޑިޒައިނެއް ނަމަވެސް އައުޓްފިޓަށް ބޭނުންވާ ބައެއް އެއްޗިހި އޯޑަރު ކޮށްގެން ރާއްޖޭން ބޭރުން ގެނަ އެވެ. އެ ގޮތަށް ބައެއް އެއްޗެހި ހަމަ ކުރުމުގައި ހަރަދުތަކެއް ކުރިޔަސް އެއީ މާ ހަރަދުބޮޑު ލުކެއް ނޫނެވެ.

ރުތުބާ، އޭނާގެ ބެސްޓްފްރެންޑް ނަޝްއަތުގެ އެހީއާ އެކު ރެޑް ކާޕެޓް ހަފުލާ އަށް ގަޑިއެއްހާއިރު ތެރޭ ތައްޔާރުވެ ހުރިހާ ކަމެއް ނިންމާލި އެވެ.

ފެޝަން މޭކަޕްކުރުން

Popular