15 Oct 2019

By: Aishath Maaha

ސެލެބްރިޓީ ލޯބި ޖޯޑުތައް ވަރަށް ގިނަ ވެއްޖެ އެވެ. ސޯޝަލް މީޑިއާގައި މި ލޯބިވެރިންގެ މާފޮޅުވުންތަކާއި ލޯބި ފޮޓޯތައް ބައިވަރެވެ. މި ލޯބިވެރިންތައް އެކުގައި އުމުރު ދުވަހު އުޅެން އެދޭ ފޭނުން ގިނަ އެވެ.

ސެލެބްރިޓީންގެ ލޯބީގެ ވާހަކަތައް ވަކިވަކިން ގެނެސްދިނުމަށްފަހު މިފަހަރު މި ގެނެސްދެނީ މި ދުވަސްވަރު އެންމެ ގިނަ މަގުބޫލު އަދި އެންމެ ލޯބި ސެލެބްރިޓީ ކަޕުލްތަކެވެ.

ރަވީ އާއި ރިޝްމީ

ދުވަސްތަކެއް ވާންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ދެތަރިން ކައިވެނިކުރީ މި އަހަރުގެ މާޗު މަހު އެވެ. ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު ތިބި އެންމެ ލޯބި ޖޯޑަކީ މި ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެ އެވެ. ސޯޝަލް މީޑީއާގައި ދެތަރިން އެކަކު އަނެކަކަށް ހާއްސަކޮށްފަ ހުންނަ ޕޯސްޓުތައް ގިނަ ބަޔަކަށް ކަމުދެ އެވެ.

އެހެނަސް ޕްރިމިއާ ހަފްލާގައި ރިޝްމީ އަދި ރަވީ. -- ފޮޓޯ: ހުސެން ވަހީދު / ދޯ

ރަވީ ފާރޫގާއި އާއި އައިޝަތު ރިޝްމީ އެންމެ ފުރަތަމަ ރައްޓެހިވީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު އޭރު އެ ގުޅުން ނިންމާލީ އުންމީދުކުރި ގޮތަށް އެ ގުޅުން "ވޯކްއައުޓް" ނުކުރުމުން ކަމަށް އޭރު އެ ތަރިން ބުންޏެވެ.

މުއާ އާއި އައްޒަ

ސެލެބްރިޓީ ޖޯޑުންގެ ތެރެއިން މިހާރު އެންމެ މަގުބޫލު އެއް ޖޯޑަކީ މިއީ އެވެ. އަބްދުﷲ މުއާޒް (މުއާ) އާއި މަރިޔަމް އައްޒައާ ދެމެދު ލޯބީގެ ގުޅުމެއް އުފެދިއްޖެ ކަމަށް ބުނެ އަޑުތައް އެންމެ ފުރަތަމަ ފެތުރުނީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އެކަމަށް އޭރު ދެ ތަރިން ވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވި އެވެ. އަދި އެކަން ދޮގެއް ވެސް ނުކުރެ އެވެ. އެކަމަކު ދުވަސްކޮޅެއް ފަހުން ދެތަރިން އެކުގައި ނަގާފައި ހުންނަ ލޯބި ފޮޓޯތަކާއި އެކަކު އަނެކަކު ދެކެ ވާ ލޯބި ސޯޝަލް މީޑިއާގައި އަންނަނީ ހިއްސާކުރަމުންނެވެ.

View this post on Instagram

A post shared by Muaa Abdulla (@muaa_abdulla) on

އައްޒަ ލީޑް ރޯލު ކުޅުނު މުއާގެ "ލީނާ"ގެ ޕްރިމިއާ ހަފުލާގައި މުއާ ވަނީ އައްޒަ ދެކެ ލޯބިވާކަން އިއުލާނުކޮށްފަ އެވެ. ދެތަރިންގެ ފޭނުން މިހާރު އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ މި ދެތަރިން ކައިވެނިކުރާނޭ ދުވަހެކެވެ. ދެތަރިން ވެސް މީގެކުރިން ކުރި ކައިވެންޏަށް ވަނީ ދަރިން ލިބިފަ އެވެ.

އަޖޭ އާއި ޒާރާ

ދެހާސް އެގާރަ ވަނަ އަހަރު މާލޭގައި ބޭއްވި ރޯޑް ސޭފްޓީ ޝޯއެއްގެ ތެރެއިން އަހްމަދު އަޒްނިލް (އަޖޭ) ބައްދަލުވި ކުޅަދާނަ ލަވަކިޔުންތެރިޔާ ޒާރާ މުޖުތަބާ އާ ދިމާވެ ކައިވެނިކޮށް މިހާރު ތިން ދަރިން ވަނީ ލިބިފަ އެވެ. އެންމެ ލޯބި ސެލެބްރިޓީ ކަޕުލްސް ހޮވާއިރު ޒާރާ އާއި އަޖޭ ކޮންމެހެން ވެސް ހިމަނަން ޖެހެ އެވެ. ދިރިއުޅުން އަތޮޅު ތެރެއަށް ބަދަލުކޮށް މި ދެމަފިރިންގެ ދިރިއުޅުން އޮންނަނީ މޫދާ ވަރަށް ބޮޑަށް ގުޅިފަ އެވެ.

View this post on Instagram

A post shared by Zara Jey (@zaraaznil) on

ހަމީޝް އާއި ކިޑީ

ރާއްޖޭގައި މިވަގުތު ތިބި އެންމެ ލޯބި އެއް ސެލެބްރިޓީ ކަޕުލްއަކަށް އިބްރާހިމް ހަމީޝް އާއި މަރިޔަމް އުނޫޝާ (ކިޑީ) ވާނެ އެވެ. މި ދެމަފިރިންގެ އެތައް އަހަރެއްވީ ކައިވެންޏަށް މި އަހަރު ވަނީ ފިރިހެން ކުއްޖަކު ލިބިފަ އެވެ. ކިޑީ އާއި ހަމީ ކައިވެނިކުރީ ޑިސެމްބަރު 7، 2008ގަ އެވެ. އޭގެ ފަހުން ހަމީ ވެފައިވަނީ ކިޑީގެ ހަޔާތުގެ ބައިވެރިޔަކަށް އެކަންޏެއް ނޫނެވެ. އޭނާ އަކީ ލަވައިގެ ދުނިޔޭގައި ކިޑީގެ މެނޭޖަރު ވެސް މެ އެވެ.

View this post on Instagram

A post shared by Mariyam Unoosha (@unoosha) on

ހަމީ އާއި ކިޑީ އެންމެ ފުރަތަމަ ބައްދަލުވެ ތައާރަފުވީ 2005 ވަނަ އަހަރު، ބަނޑޮހުގައި އޮތް ޝޯއެއްގެ ތެރެއިންނެވެ. މަޝްހޫރު އެމޭޒަން ޖޭޑްގެ އެ ޝޯގައި ކިޑީ ލަވަކީ އިރު ހަމީ ހުރީ ދިރާގުގެ އެ ޝޯގެ ބައިވެރިިންގެ ހެދުމުގައި މާ ޖަހާށެވެ. ދެ މީހުންގެ ލޯބި ފެށިގެން ދިޔައީ އެރޭ ހަމީ ދިއްކޮށްލި އޯކިޑް މަލަކުންނެވެ.

ކުޑަ މުއާ އާއި ލަމް

މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް (ލަމް) އާއި އޭނާގެ ފިރިމީހާ އަހުމަދު މުއާޒް (ކުޑަ މުއާ) އަކީ ރިލޭޝަންޝިޕް ގޯލްސްގެ ގޮތުގައި ގިނަ ޒުވާނުން ފޮލޯކުރާ ޖޯޑެކެވެ. ހާއްސަކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް މި ދެމަފިރިން ކުރާ ދަތުރުތައް ފާހަގަކުރެ އެވެ.

View this post on Instagram

Our dance under the cherry blossom trees! 🌸♥️

A post shared by Lamha Latheef (@lamha.latheef) on

ކުޑަ މުއާ އާއި ލަމްގެ ލޯބީގެ ފެށުމަކީ މީގެ އަހަރުތަކެއް ކުރިން ދިމާވި ދިމާވުމެކެވެ. މެދުވެރިއަކީ ފޭސްބުކެވެ. އެންމެ ފުރަތަމަ މުއާއާ ލަމް ދިމާވީ ވީޓީވީ އިން ގެނެސްދިން "ރަންހަނދާނުގައި" ފަދަ ޕްރޮގްރާމްތަކުގައި ހުށެހެޅުންތަށް ހުށަހެޅުމަށް ލަމް އުޅުމުގެ ތެރޭގައެވެ. މި ދެމަފިިރިން ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ.

އައްމަޑޭ އާއި ތަހީ

ޓަފު ލަވަކިޔުންތެރިޔާ އާއި ތަހިއްޔާ ޝަރީފް (ތަހީ)ގެ ލޯބީގެ ގުޅުމަކީ ވެސް ސޯޝަލް މީޑިއާގައި ވަރަށް ވެސް ލޯބި ލޯތްބެކެވެ. ސެލެބްރިޓީ ޖޯޑުންގެ ތެރޭގައި މި ޖޯޑު ކޮންމެހެން ވެސް ހިމަނަން ޖެހޭނެ އެވެ. މިއީ ވެސް ފޭސްބުކުން އުފެދުނު ލޯތްބެކެވެ.

View this post on Instagram

A post shared by Ahmed Ibrahim (@chakahey2013) on

އައްމަޑޭގެ ފްރެންޑްލިސްޓުގައި އިނދެ އައްމަޑޭ އާ އިސްވެ ވާހަކަ ނުދެއްކުމުން އައްމަޑޭގެ ޝައުގުވެރިކަން ތަހީ އަށް ހުއްޓި އެންމެ ފަހުން ދެ ލޯބިވެރިންނަށް ބަދަލުކޮށްލީ އެވެ. އައްމަޑޭ އާއި ތަހީ މިހާރު އަންނަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ. ނަމަވެސް ތާރީހު އޮތީ ސަޕްރައިޒެއްގެ ގޮތުގަ އެވެ. އައްމަޑޭ މީގެކުރިން ކުރި ކައިވެންޏަކަށް ދެ ދަރިން ވަނީ ލިބިފަ އެވެ.

މިފޫ އާއި މައީ

ސެލެބްރިޓީ ކަޕުލް ލިސްޓެއް ހަދާއިރު މަރިޔަމް މައީޝާ އާއި މިފްޒާލް އާމިރުގެ ނަން އަންނާނެ އެވެ. މި ދެ ލޯބިވެރިންގެ ގުޅުމަށް މިހާރު ގާތްގަނޑަކަށް ހަ އަހަރެވެ. ކައިވެންޏަށް ތައްޔާރު ވަމުން އަންނަ ކަމުގެ އަޑުތައް ވެސް އިވެ އެވެ.

View this post on Instagram

A post shared by Mariyam Maeesha (@raalhumariyambu) on

މިފޫ އަށް 14 އަހަރު އަދި މައީ އަށް 12 އަހަރުގައި، ވީޓީވީގެ "ވީކިޑްސް" ކިޔާ ޕްރޮގްރާމެއްގެ ތެރެއިން ދިމާވި ގޮތަށް ގުޅުން ބަދަހިވީ އެވެ. އެކަމަކު ފުރަތަމަ ބައްދަލުވުމަށް ފަހު ދެ މީހުން ދެން ދިމާވީ 2013 ވަނަ އަހަރު އީދު ކުޅިވަރުގެ މަޖާ ނެގުމުގެ ތެރޭގަ އެވެ. ވާހަކަ ދައްކަން ފެށީ އޭގެ ފަހުންނެވެ. އަދި އޭގެ ދެ ހަފުތާއެއް ފަހުން އެއީ ލޯބިވެރިންނެވެ. ފެށުމަކީ، ސަލްޓަން ޕާކުން ތައުޒަން ފްލާވާ ކޮޅެއް ބިނދެލައި، މައީ އިސް ވެ މިފޫއަށް ހުށަހެޅުމެވެ. މައީގެ އައިޑޮލްގެ ފެށުމަކީ ވެސް މިފޫއެވެ. މިފޫގެ ހިޔާލާ އެއްގޮތަށް އައިޑޮލްގައި ބައިވެރިވެ، މިހާރު މައީގެ ލޯބިވެރިޔާގެ އިތުރުން މެނޭޖަރަކީ ވެސް އެއީއެވެ.

ފިޓް ފާޒިލް އާއި އިޝޫ

ސެލެބްރިޓީ ޖޯޑުންގެ ތެރެއަށް އެންމެ ފަހުން އިތުރުވި ދެ ނަމަކީ މިއީ އެވެ. މި ގުޅުމަށް އަދި ވީ ދެމަހެވެ. ނަމަވެސް އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އަންނަނީ ލޯބި ފޮޓޯޓައް ހިއްސާ ކުރަމުންނެވެ. މިއީ ވެސް ފޭސްބުކް މެދުވެރިކޮށް ފެށުނު ގުޅުމެކެވެ. މީގެ ދުވަސްކޮޅެއް ކުރިން ފޭސްބުކްގައި ފާޒިލް ޖަހަން ފެށި ރިލޭޝިންޝިޕާ ގުޅުންހުރި ސްޓޭޓަސްތަކަކުން މަރިޔަމް އިޝްވާގެ ޝައުގުވެރިކަން ފާޒިލަށް ހުއްޓި އުފެދުނު ގުޅުމަކުންނެވެ. މި ގުޅުން ކައިވެންޏަކާއި ހަމައަށް ގެންދާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

ފިޓް ފާޒިލް އާއި އިޝޫ

ބައްސާމް އާއި މައުރީން

މަޝްހޫރު ޓީވީ ޕްރެޒެންޓަރު އައިމިނަތު މައުރީނާ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް އަކީ ވެސް ސެލެބްރިޓީ ކަޕުލުންގެ ތެރޭގައި ހިމެނޭ ކަޕުލް އެކެވެ. ބައްސާމާއި މައުރީންގެ ކައިވެނިކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

މައުރީން އާއި ބައްސާމް. -- ފޮޓޯ: މައުރީން އިންސްޓަގްރާމް

މައުރީން އާއި ބައްސާމުގެ ކައިވެންޏަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކައިވެންޏެކެވެ. ބައްސާމް މީގެ ކުރިން ކައިވެންޏަކަށް ދެ ދަރިން ލިބިފައިވެ އެވެ.

ދޮން އައްޔަ އާއި ޖީނާ

ސެލެބްރިޓީ ޖޯޑުންގެ ތެރެއިން އެންމެ ފަހުން ކައިވެނިކުރި ޖޯޑަކީ މިއީ އެވެ. މި ޖޯޑު ކައިވެނިކޮށްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. އަލީ އާޒިމް (ދޮން އައްޔަ) އާއި ހައްވާ ޖީނާގެ ގުޅުން އުފެދި ލޯތްބަށް ބަދަލުވީ ސްނެޕްޗެޓް މެދުވެރިކޮށެވެ.

View this post on Instagram

A post shared by Ali Azim (@dhon.ayya) on

މި ޖޯޑު ކައިވެނިކުރީ ލޯބީގެ ގޮތުން ހައެއްކަ މަހު އެކުގައި އުޅުމަށް ފަހު އެވެ. ދޮން އައްޔަ ބުނީ މިހާރު ރާއްޖޭގެ އެކި ރަށްތަކަށް ހަނީމޫން ދަތުރުތައް ކުރަމުން އަންނަ ކަމަށެވެ.

ސެލެބްރިޓީން

Popular