28 Nov 2019

ކަވަ ފޮޓޯ: ހުސެއިން އާސިފް

By: Ifraz Ali

ރީތި މޫދެއް އޮތް ރަށްތަކުގެ ލިސްޓެއް އެކުލަވައިލުން ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެއީ ރާއްޖޭގެ ހުރިހާ ރަށަކުންހެން މި ރީތިކަން ފެންނާނެތީ އެވެ. ދަތުރެއް ރާވާއިރު ވެސް ގިނަ ފަހަރަށް އެންމެ ފުރަތަމަ ބަލާލެވޭނީ އެ ދާ ރަށެއްގެ މޫދު އޮތީ ކިހިނެއްތޯ އެވެ.

އެކަމަކު ގިނަ މީހުން މިކަން ކުރަނީ ހަމައެކަނި މޫދަށް އެރޭ ހިތަކުން ވެސް ނޫނެވެ. އެއީ މޫދުގެ ރީތި ފޮޓޯއެއް ނަގާލައި އިންސްޓްގާރަމް ފީޑް ފަޅުފިލުވާލުމަށެވެ. ނުވަތަ މޫދަށް ގޮސް އެތަނުގެ ރީތިކަން ބަލައި ހިތްހަމަޖައްސާލުމަށެވެ. އަދި އެ ދޮންވެލި ގޮނޑުދޮށުގައި ތިބޭއިރު ހިތަށް ލިބޭ ފިނިކަން ވެސް އިހުސާސްކޮށްލުމަށެވެ.

މި ލިސްޓުގައި މި ހުރީ އަހަރެމެންގެ ފާސަނަލް ފޭވަރިޓް ރަށްތަކުގެ ތެރެއިން ފަހެކެވެ. މި ރަށްތަކުގެ އިތުރުން ވެސް ވަރަށް ގިނަ ރަށްތަކުގައި ރީތި މޫދުތައް އެބަ އޮތެވެ؛

ފުވައްމުލަށް

View this post on Instagram

A post shared by Zahyn (@zahynzeal) on

ފުވައްމުލަކު ތޫނޑު އަކީ މި ކަހަލަ ލިސްޓެއް ހަދާ ނަމަ ނުލައި ދޫކޮށްނުލެވޭނެ ތަނެއް.

އދ.ދިގުރަށް

View this post on Instagram

A post shared by Bliss Maldives | Hotel (@blissdhigurah) on

މިއީ ހަމަ ދިގު ރަށެއް. ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ދެމިފައި އޮންނަ ދޮންވެލި ތުނޑިއާއެކު ރީތި މޫދެއް އޮންނާނެ.

ވ.ފުލިދޫ

View this post on Instagram

A post shared by Rafhan Ahmed | Maldives (@raffrafey) on

ވ.އަތޮޅުގެ ހުރިހާ ރަށަކުހެން ވަރަށް ރީތި މޫދެއް އޮވޭ. ފުލިދޫގެ މޫދަކީ އޭގެ ތެރެއިން އެންމެ ރީތި އެއް މޫދު.

ހއ.ކެލާ

View this post on Instagram

A post shared by Ibrahim Naeem (@naeem.mv) on

ހއ.ކެލާގެ ރީތިކަމާއި މި ރަށުގެ މޫދުގެ ރީތިކަމުގެ ވާހަކަތައް "ދޯ" ގެ ބަޖެޓް ޓްރެވެލިން އާޓިކަލްގައި ގެނެސްދީފައި ވާނެ.

ލ.ގަން

View this post on Instagram

A post shared by Ahmed Arushad (@ahmed_arushadh) on

ލ.ގަމުގެ ކޮންމެ އަވަށެއްގައި ވެސް ހިތްގައިމު މޫދެއް އޮންނާނެ. މިއީ ގަމުގެ ބޮޑުމަގު އަވަށުގެ އަތިރިމަތި.

ބ.ފެހެންދޫ

View this post on Instagram

A post shared by Beautiful Maldives 🇲🇻 (@beautifulmaldives) on

ބ.އަތޮޅުގެ ގިނަ ރަށްތަކުގައި ވަރަށް ރީތި މޫދެއް އޮވޭ. ފެހެންދޫ އަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ރަށް.

ބ.ކުޑަރިކިލު

View this post on Instagram

A post shared by Sifah saeed (@sifahsaeed) on

މި ވެސް ބ.އަތޮޅުން ފާހަގަކޮށްލެވޭ އިތުރު ރަށެއް.

Popular