22 Jan 2020

އިއްޔެ އިރު އޮއްސުނު މަންޒަރު ހަމަ ތަފާތީ

ކަވަ ފޮޓޯ ކްރެޑިޓްސް: ސުކާރނޯ ޢުމަރު

ކަވަ ފޮޓޯ ކްރެޑިޓްސް: ސުކާރނޯ ޢުމަރު

By: Ifraz Ali

އިއްޔެގެ އިރުއޮއްސުނު މަންޒަރުން އާޝޯހުވިޔޭ މީހަކު ޓުވީޓުކޮށްފައި އޮތެވެ. އަދިވެސް އެ ހިތްގައިމު މަންޒަރު ލޯމަތިން ސިފަވާ ކަހަލައޭ އޭނާ ބުންޏެވެ. ހަމައެކަނި އޭނާ އެއް ވެސް ނޫނެވެ. އިއްޔެގެ އިރުއޮއްސުނު މަންޒަރު ފެނި، ފޮޓޯތައް ނެގި އެތައް ބަޔަކު މިހެން އެބަ ބުނެ އެވެ.

ކޮންމެ ދުވަހަކު، އިންސްޓަގްރާމާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުން އިރުއަރައި އޮއްސޭ މަންޒަރުގެ ތަފާތު ފޮޓޯތައް ފެންނާނެ އެވެ. އެކަމަކު އިއްޔެގެ އިރުއޮއްސުނު މަންޒަރު ވަކިން ހާއްސަ އެވެ. އިންސްޓަގްރާމް ސްޓޯރީތަކާއި ފީޑް އޮތީ މި މަންޒަރުން ފުރިފަ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުން އެކި މީހުން ނަގާފައިވާ ފޮޓޯތަކުންނެވެ.

އިއްޔެގެ އިރުއޮއްސުނު މަންޒަރު، ސިނަމާލެ ބްރިޖު މަތިން.-- ފޮޓޯ: އިފްނާން އަބްދުﷲ
އިއްޔެގެ އިރުއޮއްސޭ މަންޒަރު މާލެއިން.-- ފޮޓޯ: އަލީ އިބްރާހިމް ނަސީރް
އިއްޔެ އިރުއޮއްސުނު މަންޒަރު، މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުން.-- ފޮޓޯ: ސުކާރނޯ ޢުމަރު
އިއްޔެ އިރުއޮއްސުނު މަންޒަރު، މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުން.-- ފޮޓޯ: ސުކާރނޯ ޢުމަރު

ގިނަ ބަޔަކަށް ކަމުދިޔައީ އިރުއޮއްސުނު ވަގުތު އުޑުމަތީގެ ވިލާތައް އެތުރިފައި ހުރިލެއް ފުރިހަމަކަމެވެ. ކޮތަރި ވިލާތަކުން އުޑުމަތި ފުރި ބަރާވެފައި އޮތްއިރު، އޮއްސެމުންދިޔަ އިރާ އެކު، އެ ވިލާތަކަށް އެޅިފައި ރަތް ކުލައިގެ އަލިކަމުން އަދި އިތުރު ފުރިހަމަކަމެއް ލިބިފައިވެ އެވެ.

View this post on Instagram

A post shared by hadjeasphotography (@islandgirl.hadjeas) on

އިއްޔެގެ އިރުއޮއްސޭ މަންޒަރު، މާލޭގެ ސްވިމިން ޓްރެކް ސަރަހައްދުން ނަގައިފައި.
View this post on Instagram

A post shared by Lauha (@lauhanaseem) on

އިއްޔެގެ އިރުއޮއްސޭ މަންޒަރު ކ.މާފުށިން.
View this post on Instagram

A post shared by مصباح محمد.🦁 (@misberh._) on

މި ވެސް ކ.މާފުށިން. އެކަމަކު މިއީ އެ ރަށުގެ އެހެން ސަރަހައްދަކުން.
View this post on Instagram

A post shared by A H M E D F A W A Z (bikki) (@f.a.w.a.z_) on

އިއްޔެ އިރުއޮއްސެމުން ދިޔަ ވަގުތު ސިނަމާލެ ބްރިޖް މަތިން ނަގާފައިވާ ވީޑިއޯކޮޅެއް.
View this post on Instagram

A post shared by Yoosuf Shadheedh (@dheedhu) on

އިއްޔެ އިރުއޮއްސުނު މަންޒަރު ހުޅުމާލެއިން.
މޫސުން

Popular