12 Feb 2020

By: Aminath Ibrahim

ދިވެހިންނަކީ އެއް ބަހަކުން ވާހަކަ ދައްކާ ބަޔަކަށް ވިޔަސް ރާއްޖޭގެ އެކި އަތޮޅުތަކަށް ހާއްސަ ބަހުރުވަތައް ހުރެ އެވެ. އެއްޗިއްސަށް ކިޔާ ނަންތަކާއި، ކޮށް އުޅޭ ކަންކަމަށް ބޭނުންކުރާ ބަސްތަކުގައި ވެސް ތަފާތުތަކެއް ހުރެ އެވެ. ވާހަކަ ދައްކާ ރާގު ވެސް އެކި ހިސާބުތަކުގައި ތަފާތެވެ.

މީގެ ކުރިން ވެސް "ދޯ" އިން ވާނީ މީގެ ސެގްމެންޓެއް ގެނެސްދީފަ އެވެ. އެ ސިލްސިލާ ގެނެސްދީފައި ވާނީ އެކި އެއްޗިއްސަށް ރަށްރަށުގައި ކިޔައި އުޅޭ ނަންނަމަށް ހާއްސަކޮށްގެން ނެވެ. މިހާރު މި ސެގްމެންޓްގައި މި ހިމަނާލަނީ އެކި ކަންކަމަށް ބޭނުންކުރާ ނަންތަކަށެވެ.

އެހެންވީމަ ބުނެބަލާށެވެ. ތިޔަ ރަށު މީހުން ދުފުމަށް ކިޔަނީ ކީކޭ ހެއްޔެވެ؟

ދިވެހި ބަސް ރާއްޖޭގެ ސަގާފަތް

Popular