22 Feb 2020

By: Ifraz Ali

ސެލެބްރިޓީ ކަޕުލް މަރިޔަމް އައްޒަ އާއި އަބްދުﷲ މުއާޒް (މުއާއްޒަ)، ލޯބީގެ ގޮތުން ގުޅުނު ފަހުން، އެ ދެ ތަރިން އެކީގައި ކުރާ ކޮންމެ ކަމަކަށް ހާއްސަ ސަމާލުކަމެއް ލިބެ އެވެ. ދެ އަހަރުވީ އެ ގުޅުން، ރަސްމީ ގުޅުމަކަށްވީ މިދިޔަ ބުރާސްފަތީގަ އެވެ. އަހަރުގެ އެންމެ ރީތި އެއް ތާރީހުގައި މުއާއްޒަ ކައިވެނިކުރި އިރު، ކައިވެންޏަށް ފަހު މިހާރު އެ ތަރިން ތިބީ ހަނީމޫނަށް ގޮހެވެ.

ހަނީމޫން މަންޒިލެއްގެ ގޮތުގައި ހިޔާރުކުރީ ހއ އަތޮޅުގައި އޮންނަ ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް އެވެ.

މުއާއްޒަގެ ހަނީމޫން: ހައިޑްއަވޭގައި އެ ތަރިން ތިބި ވިލާ.
މުއާއްޒަގެ ހަނީމޫން: ޑިނާ އަށް ގޮސް، މުއާ ނަގައިފައިވާ އައްޒަގެ ފޮޓޯއެއް.

ހަނީމޫނަށް ފުރީ އިއްޔެ ހެނދުނު އެވެ. ދެ ތަރިންގެ އިންސްޓަގްރާމް ސްޓޯރީތަކުގައި ހަނީމޫނުގެ ބައެއް ފޮޓޯތައް އަންނަނީ ހިއްސާކުރަމުންނެވެ.

ކައިވެނި ޕާޓީގެ މާ ގިނަ ފޮޓޯތަކެއް ވެސް އަދި އެ ތަރިން ހިއްސާއެއް ނުކުރެ އެވެ.

މުއާއްޒަގެ ހަނީމޫން: ދެތަރިން އެކީގައި ނަގާފައިވާ ސެލްފީއެއް.
މުއާއްޒަގެ ހަނީމޫން: އެ ތަރިން ތިބި ވިލާގެ އެތެރެ.

މުއާއްޒަ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އެންމެ ފުރަތަމަ އަޑުތައް ފެތުރުނީ 2018 ވަނަ އަހަރުގެ ކުރީކޮޅުގައި މުއާ ޑައިރެކްޓުކޮށް ގެނެސްދިން، އައްޒަ ލީޑު ރޯލުން ކުޅުނު ފިލްމު "ލީނާ"ގެ ޝޫޓިން ތެރެއިންނެވެ. ނަމަވެސް އޭރު އެ ދެ ތަރިން ވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވި އެވެ. އަދި އެކަން ދޮގެއް ވެސް ނުކުރެ އެވެ. ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ވެސް ހިއްސާއެއް ނުކުރެ އެވެ.

މުއާ އާއި އައްޒަ ލޯބީގެ ގޮތުން ގުޅުނު ކަމަށް ވަނީ ޖެނުއަރީ 1، 2018 ގަ އެވެ. އެ ދެ ތަރިން ޑޭޓްކުރަން ފެށީ، ދެ މީހުން ވެސް ގިނަ ދުވަސްތަކެއް ވަންދެން ސިންގަލްކޮށް ތިބުމަށް ފަހު އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ އެކްޓްރެސް މަރިޔަމް އައްޒަ

Popular