27 Jul 2020

އިންޑިއަން މެޗްމޭކިން ވީ ބޮޑު މަޖާގަނޑަކަށް

ތަފާތު ހިޔާލުތަކާއި ހެއްވާ ފާޑުކިޔުންތައް މި ޝޯއަށް ލިބުނު

ތަފާތު ހިޔާލުތަކާއި ހެއްވާ ފާޑުކިޔުންތައް މި ޝޯއަށް ލިބުނު

By: Ifraz Ali

"އިންޑިއަން މެޗްމޭކިން" ގެ އަޑު އަހާފައި ނެތް ނަމަ އަދި މިކަމުގެ ތެރެއަށް ތިޔަ ހުރީ ރަނގަޅަށް ނުވަދެވި އެވެ. މިއީ ނެޓްފްލިކްސްގެ މުޅިން އާ ރިއަލިޓީ ޝޯއެކެވެ. ގިނަ ބަޔަކު ހެއްވާލައި، މިހާރު ބޮޑު މަޖާގަނޑަކަށް ވެފައި އޮތް އެއްޗެކެވެ. ދައްކަނީ އިންޑިއާގެ މުމްބާއިގައި ފުޅާކޮށް "މެޗްމޭކިން" ނުވަތަ ކައިވެނިކުރާނެ މީހުން ހޯދައިދިނުމުގެ "ވިޔަފާރި" ކުރަމުން އަންނަ އަންހެނެއް ކަމަށްވާ، ގިނަ ބަޔަކު ދަންނަ ނަމުން ނަމަ ސީމާ އާންޓީ އެވެ. ކައިވެނިކުރަން ބޭނުންވެފައި، އެކަމަކު ރަނގަޅު ބައިވެރިޔަކު ނުލިބިގެން ކައިވެނި ނުކުރެވި ތިބޭ މީހުނަށް ހެޔޮލަފާ ބައިވެރިޔަކު ހޯދައިދިނުމަށް އޭނާ ކޮށްދޭ މަސައްކަތެވެ. ރަނގަޅު ބައިވެރިޔަކު ހިޔާރުކުރުމަށް އޭނާ ދޭ ނަސޭހަތް އަޑުއަހައި އޭނާގެ ކްލަޔަންޓުން ކަންކަން ކުރާ ގޮތް ވެސް ދައްކަ އެވެ.

ރާއްޖޭގެ ނެޓްފްލިކްސްގައި މިހާރު މި ޝޯ މިހާރު އޮތީ ގަދަ ހަތެއްގަ އެވެ.

މި ޒަމާނުގައި އިންޑިއާގައި ނުވަތަ އެހެން ގައުމުތަކުގައި ދިރިއުޅޭ އިންޑިއާ އަށް ނިސްބަތްވާ މީހުން އާންމުކޮށް "އެރޭންޖް މެރިޖް" ކުރާ ގޮތް މި ޝޯގައި ދައްކަ އެވެ. ހެއްވާ މަޖާ ކަންތައްތަކެއް އިތުރުން، މުޖުތަމައުގައި ކައިވެންޏާ ގުޅުވައިގެން ފެންމަތިވާ ވަރަށް އާންމު ބައެއް މައްސަލަތަކަށް ވެސް އަލިއަޅުލާވި އެވެ. އޭގެ ތެރޭގައި ޖިންސީ ތަފާތުކުރުމާއި ގިންތީގެ ތަފާތުކުރުމާއި އަދި ނަސްލީ ތަފާތުކުރުން ވެސް ހިމެނެ އެވެ. ގިނަ ބަޔަކަށް އެންމެ އަސަރުކުރީ މި ރިއަލިޓީ ޝޯގެ އެއް ބައިވެރިޔަކު، އޭނާގެ ހަމުގެ ކުލައިގެ ސަބަބުން، މުޅި ދިރިއުޅުމުގައި ވެސް ކުރިމަތިލާން ޖެހުނު ތަފާތުކުރުންތައް ކިޔައިދިނުމުންނެވެ.

"އިންޑިއަން މެޗްމޭކިން" ޓްރެއިލާ.

މި ރިއަލިޓީ ޝޯ ބެލި މީހުން ވަނީ ސޯޝަލް މީޑިއާގައި ތަފާތު ހިޔާލުތައް ފާޅުކޮށް އަދި ވަރަށް ހެއްވާ ފާޑުކިޔުންތައް ވެސް ކިޔައިފަ އެވެ.

ތާރީހް ސަގާފަތް

Popular