15 Sep 2020

By: Aminath Ibrahim

އިންސްޓަގްރާމްގައި ބްލޮގާ: "އާތު މިސް" / އާސިޔަތު ސައީދު

ކުޑަކުދިންނަށް ކިޔަވައިދިނުމަކީ ބޮޑު ފީއެއް ދައްކައިގެން މަޝްހޫރު ޕްރީސްކޫލަކަށް ކުއްޖާ ފޮނުވައިގެން ނޫނަސް ކުރެވޭ ކަމެކެވެ. އާސިޔަތު އޭނާގެ ބްލޮގުގައި ޝެއާކުރާ ޓިޕްސްތަކާއި ޑިޒައިންތަކާއި ޑީއައިވައި (އަމިއްލަ އަށް ހަދާ) ސްޓަޑީ މެޓީރިއަލްތަކަކީ މީގެ އެއް މިސާލެވެ. އޭނާގެ ބްލޮގުގައި ތިން އަހަރުން ފެށިގެން ކުއްޖަކަށް ލިޔަން ކިޔަން ދަސްކޮށްދޭން ހެދިދާނެ މަޖާ ކުދި ޕްރޮޖެކްޓް ތަކާއި "ސްޓަޑީ ޕްލޭ" ގެ ގޮތުގައި ޕްލޭންކޮށްލެވިދާނެ އެކްޓިވިޓީތައް ހިއްސާކުރެ އެވެ.

އާސިޔަތަކީ ގާތްގަނޑަކަށް 9 އަހަރު އިސްކަންދަރު ސްކޫލުގެ ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދިން ޓީޗަރެކެވެ. އޭގެ ކުރިން، އުފަން ރަށް ސ. ހިތަދޫގައި ވެސް ޓީޗަރެއްގެ ވަޒީފާ އަދާކުރި އެވެ.

"ކިޔަވައިދިނުމަކީ ޕެޝަން އެއް. އެކަމަކު، ފައުންޑޭޝަން ސްޓޭޖް ޓީޗިން އަށް ވަރަށް އާ. އަލަށް ވެސް، އެކްސްޕެރިމެންޓެއް ގޮތަށް ލައްޔިން އަށް ކިޔަވައިދޭން މި ސްޓޭޖް ކުއްޖަކަށް ކިޔަވަދޭން މި ފެށީ. ބޭނުންވީ އަމިއްލައަށް އެނގިހުރި އިލްމެއްގެ ބޭނުން ކޮށްގެން ދަރިފުޅަށް އެއިން ފައިދާ ކުރާނެ ކަމެއް ކުރަން،" ފަސް އަހަރުގެ ދަރިފުޅަށް ކިޔަވައިދިނުމުގެ އިތުރަށް އެ ތަޖުރިބާ އާންމުންނާ ހިއްސާކުރަން ފެށި ގޮތް އާސިޔަތު ކިޔައިދިނެވެ.

އާތު މިސް އޭނާގެ ދަރިފުޅާއެކު: މަޖާ ގޮތްތަކަށް ކުދިން ކިޔެވުމަށް ޝައުގުވެރިކުރަން އިތުރުކުރުވަން އޭނާ ދަނީ އަމިއްލަ ދަރިފުޅުގެ ކިޔެވުމުގެ ޕްރޮސެސްގެ ތެރެއިން އެ ތަޖުރިބާ އެހެން މީހުންނާ ވެސް ހިއްސާކުރަމުން

ފެވަރިޓް އެކްޓިވިޓީ

އިންސްޓަގްރާމް ބްލޮގުގައި ހިއްސާކޮށްފައިވާ ހުރިހާ އެކްޓިވިޓީއެއް ވެސް އާސިޔަތަށް ހާއްސައެކެވެ. އެއީ މުޅިން ވެސް އޭނާގެ ބުރަ މަސައްކަތެވެ. އެކަމަކު ހުރިހާ އެކްޓިވިޓީއެއްގެ ތެރެއިން ވެސް އެންމެ ހާއްސަ އެއް އެކްޓިވިޓީ އަކީ، ލައްޔިން އަށް އޮބޮފިލި ދަސްކޮށްދޭން "އޮބޮފިލި ޓްރޭޑާސް" ގެ ނަމުގައި ޕްލޭންކުރި "ޝޮޕް ޕްލޭ" އެވެ.

"އެއީ ވަރަށް ބުރަ މަސައްކަތެއް ކުރި އެކްޓިވިޓީއެއް. ފިހާރައެއްގެ ރެކެއް ގޮތަށް ޕްރޮޕެއް ތައްޔާރުކުރީ ފުރަތަމަ. ދެން އެކި ކުލަތަކުން ޓީޝާޓް ހަދާފަ، ކޮންމެ ޓީޝާޓެއްގައި އޮބޮފިލި ހިމެނޭ ނަމެއް ނުވަތަ ލަފްޒެއް ލިޔަނީ. އަގުތައް ވެސް ހުންނާނެ ޖަހާފަ. ދެން ގޮނޑިއަކާ މޭޒަކާ ބަހައްޓާފަ ހަމަ ޕްރިޓެންޑް ޕްލޭ ކުރަނީ. ގެއަށް މީހަކު އަޔަސް ކޮންމެވެސް ވަރަކަށް އެކަމުގައި ހިމަނާލާ ކަހަލަ ގޮތަކަށް އެކަން ގެންދިޔައީ،" އާސިޔަތު ބުންނެވެ.

View this post on Instagram

A post shared by Aathu Miss (@aathumiss.mv) on

"ގިނަ ދުވަހަށް ފެންނަން ހުންނަ ޕްރޮޕްތައް ހަދަނީ ދަރިފުޅުގެ ހަނދާނުގައި ގިނަ ދުވަހަށް ދަސްވިއެއްޗެއް ބަހައްޓަން. ކުޅުމުގެ ތެރެއިން ކިޔަވައިދިނުމުގެ އެންމެ ސަޅި ތަންކޮޅަކީ އެއީ،"

މަޖާ މާހައުލަކުން އުނގަންނައިދިނުން

"އާތުމިސް" ގެ އަސްލު ބޭނުމަކީ ވެސް މިއެވެ. އެންމެ ފުރަތަމަ ލިޔަންކިޔަން ދަސްކުރަން ފަށާ އުމުރުގެ ކުދިންނަށް ކިޔަވައިދިނުމުގައި ކުރީގެ "ޓްރެޑިޝަނަލް ފީލް" ދުއްވާލައި، ކުޅިވަރުގެ ތެރެއިން މަޖާގޮތަކަށް ކިޔެވުމާއި ދަސްކުރުމުގެ ތެރެއަށް ކުދިން ހާނާނެ ގޮތުގެ ޓިޕްސްތަކެއް ތަޖުރިބާ ކުރުމަށްފަހު އެ ތަޖުރިބާ އެހެން މަންމައިންނާ ހިއްސާކުރުމެވެ.

"އަސްލު އެންމެ ފުރަތަމަ ބްލޮގް ލިޔަން ފެށީ އަމިއްލަ ޕާސަލަން އެކައުންޓްގަ. ދެން ނެގީ އަހަރެއް ވަރުގެ ދިގު ބްރޭކެއް. ޕަބްލިކް ޕޭޖެއް ހަދައިގެން ބްލޮގް ލިޔަން ފެއްޓީ ވެސް ރައްޓެހި ބައެއް މަންމައިން ގުޅައިގެން ބައެއް އެކްޓިވިޓީސްތަކާ ބެހޭ ގޮތުން ސުވާލުކޮށް، އެނގެން ބޭނުންވެގެން އުޅެން ފެށީމަ،" އާސިޔަތު ބުންޏެވެ.

View this post on Instagram

A post shared by Aathu Miss (@aathumiss.mv) on

View this post on Instagram

A post shared by Aathu Miss (@aathumiss.mv) on

އޭނާގެ އިންސްޓަގްރާމް ހޭންޑްލް ގައި، މާ ބޮޑު ހަރަދެއް ނުކޮށް، އާއިލީ މަޖަލުގެ ތެރެއިން ކިޔެވުމާއި ގުޅުވައިގެން ކުރެވިދާނެ އެތައް ބައިވަރު "ފަން" އެކްޓިވިޓީތަކެއް އެބަހުއްޓެވެ. މިއީ ސްކޫލް ބަންދުވެ، އާއިލާ އާއި އެކު ގޭގެ ތެރޭގައި ކުދިން އަބަދު އުޅޭ ދުވަސްކޮޅެއްގައި ފޮލޯ ކޮށްލަން ރަނގަޅު އައިޑިއާ ތަކެކެވެ.

"ކޮވިޑްގެ ފަހުން ސްކޫލްތަކަށް ދިއުން ހުއްޓިފައި މި އޮތީ. އެހެންވީމާ މިކަހަލަ ހާލަތެއްގައި ވެސް ވަރަށް ޕްރޮޑަކްޓިވް ވާނެ ކުދިން އިންޓްރެސްޓް ހުންނަ ކަމެއް ކޮށްލަން. އާތު ގިނައިން މި ހުންނަނީ ފާރުގައި ޑިސްޕްލޭ ކުރެވޭ ކަހަލަ އެކްޓިވިޓީސް ހަދާފަ. އެއީ ދަރިފުޅު ފާރުގަ އެކި އެއްޗެހި ހަރުކޮށް ކަންކަން ކުރާ ހިތްވޭ. އެހެންވީމަ، ކުއްޖާގެ އިންޓްރެސްޓް ހުރި ކަމެއް ހޯދާލާފަ އެ ކަމަކާ ގުޅުވައިގެން މިކަހަލަ އެކްޓިވިޓީސްތައް މޮޑިފައި ވެސް ކުރެވޭނެ،" އާތު ކިޔައިދިނެވެ.

View this post on Instagram

A post shared by Aathu Miss (@aathumiss.mv) on

މިގޮތަށް ކިޔަވައި ދިނުމުން ކިޔަވަނީކަން ނޭނގި އެ ކުދިންނަށް އެންމެ އެކްޓިވިޓީއަކުން އެތައް ބައިވަރު ޓޮޕިކްތަކެއް ދަސްވާކަމަށް އާސިޔަތު ބުންޏެވެ. މިސާލަކަށް، "އޯބޯފިލި ޓްރޭޑާސް" އެކްޓިވިޓީ އިން ލައްޔިން އަށް އޯބޯ ފިއްޔާއެކު، ކުލަ އާއި ގުނުމާއި ހިސާބު އެއްކުރަން ދަސްވުމުގެ އިތުރަށް ފިހާރަތަކުގައި ހުންނަ ބައެއް އެއްޗިއްސަށް ކިޔާ ނަންތަކާއި އެއްޗެހި ވިއްކާ ގޮތް ވެސް ދަސްވި ކަމަށް އޭނާ ބުންޏެވެ.

View this post on Instagram

A post shared by Aathu Miss (@aathumiss.mv) on

"އަނެއްކާ ނަމާދު ގަޑިއަށް ލައްޔިންގެ ފިހާރަ ވެސް ބަންދުކުރާނެ. އެހެންވީމަ ނަމާދުގެ މުހިއްމުކަމާއި ނަމާދު ގަޑިއަށް ފިހާރަ ބަންދުކުރަން ޖެހޭ ކަން ވެސް މިހާރު ލައްޔިން އަށް އެނގޭނެ." އާސިޔަތު ބުންނެވެ.

ކުޑަކުދިން ތައުލީމް ދަރިން ތަރުބިއްޔަތުކުރުން

Popular