27 Oct 2020

By: Aminath Ibrahim

ކުރެހުމާއި ކްރާފްޓް މަސައްކަތަށް، ކުޑަކުޑަ އިރު ހިތް ޖެހުނު ގޮތަށް މަރިޔަމް ޒީޝާން (ޒީއްކޮ) އާޓުގެ ދުނިޔެ ދޫނުކޮށްލަން ވަރަށް ހިތްވަރުކޮށްފި އެވެ. ސްކޫލް ނިމިގެން އިންޓީރިއާ އާކިޓެކްޗާ ކިޔަވައިގެން މާލެ އައިސް އާކިޓެކްޗާ ފާމެއްގައި އުޅެމުން ފިރިމީހާ އާއި ކޮއްކޮއާ ބައިވެރިވެގެން ވެޑިން ޕްލޭނިން ވިޔަފާރިއެއް ފެށި އެވެ. އެ މަސައްކަތުގައި ތިން އަހަރެއް ހޭދަވި އިރު ދެވަނަ ދަރިއަކު ލިބި އަތްމަތި ދަތިވީ އެވެ. އެހާ ހިސާބުން ވެސް ޒީއްކޮ އަށް އޭނާގެ ފަންނުވެރިކަން ދޫކޮށްލައިގެން ހުރެވޭ ގޮތެއް ނުވި އެވެ.

ދެ ކުދިންނާ އެކު 34 އަހަރުގެ ޒީއްކޮ، މިހާރު ގޭގައި ހުރެގެން ޝުގާ-ކުކީސް ތައްޔާރު ކުރަނީ އެވެ. އާދައިގެ ކުކީސް އިން ފެށިގެން ޑެކަރޭޓިވް ކުކީސްއާ ހަމައަށް ޒީއްކޮ ބޭކް ކުރެ އެވެ. އެއީ މިހާރު ޒީއްކޮގެ ވިޔަފާރި އެވެ. އޭނާގެ ފަންނުވެރިކަން މިހާރު ފެންނަނީ ތައްޔާރުކުރާ ކުކީ އިންނެވެ.

"ވަރަށް ކަވި މަސައްކަތްކުރާ ހިތްވޭ. ކުކީސް ބޭކް ކުރަން ފެއްޓިޔަސް، މި ވެސް އާޓެއްގެ ގޮތުގައި ބަލައިގެން ޒީއްކޮ ކުރާ ކަމެއް. ކުކީތައް ރީތިކޮށް ކުރަހާލައި ޑެކަރޭޓް ކޮށްލެވުނީމަ ވަރަށް ހިތްހަމަޖެހޭ،" ދެ ކުދިންގެ މަންމަ ބުންޏެވެ.

ޒީއްކޮގެ "180 ޑިގްރީ ބޭކްސް އެންޑް ކޭކްސް" ފުރާޅުގެ ދަށުން ފިހާ ކޭކާއި ކުކީގެ ތެރެއިން ވެސް އެންމެ ހާއްސަ ވަނީ ޕާޓީތަކާއި ހަފްލާތަކަށް އޭނާ ތައްޔާރުކޮށްދޭ ޑެކަރޭޓިވް ކުކީސް އެވެ. އެއިން ކޮންމެ ކުކީ އަކީ "އާޓް ޕީސް" އެކެވެ.

ޒީއްކޮ ބުނީ އޭނާގެ ކުކީތަކަށް ވަރަށް ގިނަ މީހުންގެ ތައުރީފު ލިބޭ ކަމަށެވެ. މަސައްކަތުގައި ކޮލިޓީ ދަށް ނުކޮށް ކުރިއަށްދާން އެހާ ހިއްވަރުއް ލިބެނީ އެހެންވެގެންނެވެ.

"ބައެއް ކްލައިންޓުން ދޭނީ ތީމެއް. ޒީއްކޮ އަށް ދޫކޮށްލާނެ ހަދަންވީ ގޮތާއި ކުރަހަންވީ ގޮތް. ދެން އެ ތީމަކަށް އެއްޗެހި ސާޗްކޮށްގެން އައިޑިއާ ހޯދައިގެން ރީތި ކުލަ މިކްސް ކޮށްގެން ކުކީތައް ޑެކަރޭޓް ކުރަނީ،" ކުކީ އޯޑަރެއް ލިބުމުން ކުރާ މަސައްކަތް ޒީއްކޮ ކިޔައިދިނެވެ.

ޒީއްކޮގެ ގިނަ ކުކީތަކަކީ ފައިނަލްގެ ކުރިން ޑްރާފްޓްކޮށް ކުރަހައިގެން ހަދާ ކުކީތަކެއް ކަމަށް އޭނާ ބުނޭ
ޒީއްކޮ ތައްޔާރުކޮށްފައިވާ ކޭކަކާއި ކުކީތަކެއް: އޭނާގެ ބޭކް މަސައްކަތްތަކުން ކުރެހުމުގެ ހުނަރު ދައްކުވައިދޭ

އޭނާ ބުނީ، ކުކީ އޯޑަރެއް ލިބުމުން ނުވަތަ ތީމެއް އެކަނި ކަސްޓަމަރަކު ދީފިނަމަ ވަކި ވަކި ކުކީތަކަށް ދޭނެ ކުރެހުން ރަފްކޮށް އައިޕެޑުގައި ކުރަހާލާ ކަމަށެވެ. އޭރުން ޖައްސާނެ ކުލަ ތަކާއި ޑިޒައިން އެންމެ ފުރިހަމައަށް ކުކީ އަށް ގެންނަން ވަރަށް ފަސޭހަ ކަމަށް ވެސް ބުންޏެވެ. އޭނާގެ ކުކީތައް އެހާ ރީތިކޮށް ހެދެނީ އެހެންވެގެން ކަމަށް ވެސް ޒީއްކޮ ގަބޫލުކުރެ އެވެ.

"އަލަށް ފެއްޓި އިރު މާ ގިނަ ކަންކަމެއް ނޭނގެ. ފުރަތަމަ ފެއްޓިއިރު، ޕިންޓްރެސްޓުން ރެސިޕީ ބަލައިގެން ހެދީ. އެކަމަކު ޒީއްކޮ ހަދާ ކުކީސް އެ ކުކީސް އާ ވައްތަރެއް ނޫން. ވަރަށް ފެއިލް ގޮތަކަށް ކުކީސް ހެދެނީ. އެހެންވެ ތަންކޮޅެއް މަޝްހޫރު މީހުން ފޮލޯކޮށްގެން އެމީހުންގެ މަސައްކަތްތައް ބަލަން ފެށީ. އެހެން އުޅެނިކޮށް ފެނުނީ ތަންކޮޅެއް އަގުހެޔޮކޮށް ހެދެން އޮތް ވޯކްޝޮޕެއް. އޭތީގައި ބައިވެރި ވެގެން ވަރަށް ގިނަ އެއްޗެހި ދަސްވި،"

ޒީއްކޮ ކުކީއެއް ޑިޒައިން ކުރަނީ: އޭނާ އަކީ ކުރެހުމާއި ފަންނުވެރިކަމަށް ހާއްސަ ޝައުގެއް ހުންނަ މީހެއް

އެކަމަކު މިހާރު އެހުރި ހިސާބަށް އަންނަން އަމިއްލަ އަށް ދަސްކުރަން ޖެހުނު ބައިވަރު ކަންކަން ހުއްޓެވެ. ރާއްޖޭގެ ފިނި ހޫނު މިނަށް ވިސްނައިގެން، ޝޭޕް ނުގެއްލޭ ގޮތަށް، ކުކީ މިކްސް ތައްޔާރުކުރުމާއި، އެއް އޯޑަރަށްވުރެ އަނެއް އޯޑަރު ރީއްޗަށް، ފުރިހަމަ އަށް ތައްޔާރުކުރަން އިތުރަށް ކުރެވޭނީ ކީއްތޯ ބަލައި އެކި މީހުންގެ މަސައްކަތްތަކާއި ބޭނުންކުރާ މެޓީރިއަލްތައް ދަސްކޮށް އުނގެނުމަކީ އަމިއްލަ އަށް އޭނާ ކުރާ ކަންކަމެވެ.

View this post on Instagram

A post shared by 180°c (@180c.bc) on

View this post on Instagram

A post shared by 180°c (@180c.bc) on

ކުޑަ ދެކުދިން ބަލަމުން ގޭގެ ހުރިހާ މަސައްކަތެއް ކުރަމުން ކަވި މަސައްކަތެއް ކާމިޔާބު ވިޔަފާރިއެއްގެ ގޮތުގައި ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ޒީއްކޮ ބުންޏެވެ. އެކަމަކު ވެސް ލިބިފައި ހުރި ހުނަރާއި ޖޯޝު ދޫކޮށްލަން އެއްގޮތަކަށް ވެސް އޭނާ ބޭނުމެއް ނުވެ އެވެ.

View this post on Instagram

A post shared by 180°c (@180c.bc) on

"ދެ ކުދިން ގޮވައިގެން އެކަނި އުޅޭއިރު ވަރަށް ބިޒީކޮށް ދުވަސް ދަނީ. އަނެއްކާ ޒީއްކޮ މި ދޭ ވަރުގެ ޑެޑިކޭޝަނެއް ދީގެން ކުކީ ޑެކަރޭޓް ކުރުމަކީ ވަރަށް ވަގުތު ދާ ކަމެއް. އެހެންވެ ދުވާލަކަށް ގިނަ ވެގެން ނަގަނީ ވެސް ދެ އޯޑަރު،" ޒީއްކޮ ބުންޏެވެ.

"މަންމަ އަކަސް، އަމިއްލަ އައިޑެންޓިޓީ އެއް އޮންނާނެ ކޮންމެ މީހެއްގެ ވެސް. މިއީ ޒީއްކޮގެ އައިޑެންޓިޓީ."

އަންހެނުން ކޭކް ޑެކޮރޭޝަން

Popular