10 Jan 2021

By: Ifraz Ali

އެހެން އަހަރުތަކުގައި ޖެނުއަރީ މަހު ސްކޫލް ހުޅުވޭނީ ދިރާސީ އާ އަހަރަކަށެވެ. ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންގެ މޫނުމަތިން ވެސް ފެންނާނީ އުފާވެރި ހިނިތުންވުމެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ކިޔެވުން ފަސްވެ އާ އަހަރު ސްކޫލް މި ހުޅުވުނީ ދިރާސީ އާ އަހަރަކަށް ނޫނެވެ. މިދިޔަ ދިރާސީ އަހަރުގެ ދެ ވަނަ ޓާމަށެވެ. އާ އަހަރެއްގެ އިހްސާސާ އެކު މިއަދު ހުރިހާ ކުދިން ސްކޫލަށް ގޮސް އެކުވެރިންނާ ބައްދަލުވީ އަހަރެއްހާ ދުވަސް ފަހުންނެވެ. އުފާވެރި ހިނިތުންވުން ފޮރުވާލީ ބަލިން ރައްކާތެރިވާން އަޅާފައިވާ މާސްކްތަކުންނެވެ.

މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް މިއީ ވަރަށް ތަފާތު ތަޖުރިބާއެއް ކުރަން ޖެހުނު ދުވަހެކެވެ.

ބައެއް ފޮޓޯތަކުން މި އަޅާކިޔާލަނީ މިދިޔަ އަހަރު ޖެނުއަރީ 12 ގައި ދިރާސީ އާ އަހަރު ފެށުނު ދުވަހާއި މިއަދު ފެނުނު ތަފާތުތަކެވެ.

ދަރިވަރުން ސްކޫލަށް ވަނުމަށް ބޭރުގައި މަޑުކޮށްގެން

މާލެ- ޖެނުއަރީ 12، 2021: މިދިޔަ އަހަރު ދަރިވަރުން ސްކޫލަށް ހާޒިރުވި ފުރަތަމަ ދުވަސް: އަރަބިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް ސްކޫލު ހުޅުވަންދެން މަގުމަތީގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާލެ- ޖެނުއަރީ 10، 2021: ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ބަންދަކަށް ފަހު ދަރިވަރުން ސްކޫލަށް ހާޒިރުވި ފުރަތަމަ ދުވަސް: އަރަބިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް ސްކޫލަށް ވަނުމުގެ ކުރިން ޓެމްޕަރޭޗާ ޗެކްކުރުމަށް މަޑުކޮށްލައިގެން.-- ފޮޓޯ:އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ދަރިވަރުން ގޮވައިގެން ބެލެނިވެރިން ސްކޫލަށް

މާލެ- ޖެނުއަރީ 12، 2020: މިދިޔަ އަހަރު ދަރިވަރުން ސްކޫލަށް ހާޒިރުވި ފުރަތަމަ ދުވަސް: ޕްރީސްކޫލް ދަަރިވަރަކު ގޮވައިގެން ބެލެނިވެރިޔަކު ސްކޫލު ދޮށަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާލެ- ޖެނުއަރި 10، 2021: ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ބަންދަކަށް ފަހު ދަރިވަރުން ސްކޫލަށް ހާޒިރުވި ފުރަތަމަ ދުވަސް: ދޮންދޫނި ޕްރީސްކޫލްގެ ދަރިވަރަކު ސްކޫލަަށް ވަނުމަށް ބެލެނިވެރިޔަކާ އެކު ދަނީ.-- ފޮޓޯ:އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
މާލެ- ޖެނުއަރި 12، 2020: މިދިޔަ އަހަރު ދަރިވަރުން ސްކޫލަށް ހާޒިރުވި ފުރަތަމަ ދުވަސް: ސްކޫލަށް ހާޒިރުވުމަށް ދަރިވަރަކު ބެލެނިވެރިޔަކާ އެކު ސައިކަލުގައި އަންނަނީ.-- ފޮޓޯ:އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
މާލެ- ޖެނުއަރީ 10، 2021: ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ބަންދަކަށް ފަހު ދަރިވަރުން ސްކޫލަށް ހާޒިރުވި ފުރަތަމަ ދުވަސް: އަހްމަދިއްޔާ ސްކޫލްގެ ދަރިވަރަކު ސްކޫލަައް ވަނުމަށް ސައިކަލުން ފައިބަނީ.-- ފޮޓޯ:އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ދަރިވަރުންނާ އެކު މުދައްރިސުން

ހިތަދޫ- ޖެނުއަރީ 12، 2020: މިދިޔަ އަހަރު ދަރިވަރުން ސްކޫލަށް ހާޒިރުވި ފުރަތަމަ ދުވަސް: ކިޔެވުނު ފެށުނު ދުވަހު މުދައްރިސުން ދަރިވަރުންނާ ވާހަކަ ދައްކަނީ. -- ފޮޓޯ: ހިތަދޫ ސްކޫލް
މާލެ- ޖެނުއަރީ 10، 2021: ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ބަންދަކަށް ފަހު ދަރިވަރުން ސްކޫލަށް ހާޒިރުވި ފުރަތަމަ ދުވަސް: އަރަބިއްޔާ ސްކޫލްގެ ދަރިވަރަކު ކުލާހަށް ވަނުމުގެ ކުރިން މުދައްރިސުން ދަރިވަރުގެ ޓެމްޕަރޭޗާ ޗެކްކުރަނީ.-- ފޮޓޯ:އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ދުވަހުގެ ފެށުން

މާލެ: ޖެނުއަރީ 12، 2020: މިދިޔަ އަހަރު ދަރިވަރުން ސްކޫލަށް ހާޒިރުވި ފުރަތަމަ ދުވަސް: ކަލާފާން ސްކޫލުގެ ދައިވަރުންތަކެއް އެ ދުވަހު ބޭއްވި އެސެމްބުލީގައި ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
މާލެ: ޖެނުއަރީ 10، 2021: ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ބަންދަކަށް ފަހު ދަރިވަރުން ސްކޫލަށް ހާޒިރުވި ފުރަތަމަ ދުވަސް: ކަލާފާނު ސްކޫލުގެ ދަރިވަރުން މިއަދުގެ ކިޔެވުން ފެށުމުގެ ކުރިން ބޭއްވި ކަސްރަތު ހަރަކާތުގައި ބައިވެރިވަނީ.-- ފޮޓޯ: ކަލާފާނު ސްކޫލް
ސްކޫލް ފޮޓޯގްރަފީ

Popular