18 Feb 2021

By: Aishath Maaha

ނުވަދިހައިގެ މި ޓްރެންޑް ވެސް މިއޮތީ އައިސް އަތުގައި ހިފައިފަ އެވެ. ހަމައެކަނި ބޮލުގެ އިސްތަށިގަނޑު އެއްކޮށްލައި އައްސައި، ހުޅިޖަހާކަށް ނޫނެވެ. އަތުގައި އަޅާ ގަހަނާއަކަށް ވެސް ސްކްރަންޗީޒް ނުވަތަ ވޫލްކޮޅު ވެއްޖެ އެވެ. އެކަން އެނގޭ އެއްކަމަކީ ވެޑިން ޕާޓީތަކުގައި ބްރައިޑްސްމެއިޑުންގެ އަތުގައި އަޅާ އެއްޗަކަށް ވެސް މި ސްކްރަންޗީޒްވެފައި ވާތީ އެވެ.

އޭގެ އިތުރުން ހަވީރު ފިންޏަށް ނުކުންނައިރު ބޭނުންކުރާ "ކެޝުއަލް ލުކް" ވެސް އިތުރަށް ފުރިހަމަކޮށްލަން ޒުވާން ކުދިން ސްކްރަންޗީޒް ބޭނުންކުރާތީ އެވެ. މިފަހުން ދެވޭނެ އެންމެ "ޕާފެކްޓް ގިފްޓް" އަކީ ވެސް ސްކްރަންޗީޒް އެވެ.

ތަފާތު މެޓީރިއަލްތަކުގެ ސްކްރަންޗީޒް މިހާރު މާލެއިން ލިބެން އެބަހުއްޓެވެ. އެކި ކުލަތަކާއި އެކި ސައިޒެވެ. މި ކިޔައިދެނީ މުޅި މާލޭގައި ނުދުއްވާ އިންސްޓަގްރާމަށް ވަދެލައިގެން ސްކްރަންޗީޒް ލިބެން ހުރި ބައެއް ޕޭޖުތަކެވެ.

ސްކްރަންޗީ އެމްވީ

މި ޕޭޖަށް ވަންނައިރު މިއޮތީ އެކިކުލަތަކުގެ ސްކްރަންޗީތަކުން ފީޑު ނަލަކޮށްލާފަ އެވެ. ޕޭޖަށް މެސެޖްކޮށްލުމުން ބޭނުން ޑިޒައިނަކަށް ސްކްރަންޗީޒް ތައްޔާރުކޮށްދޭނެ އެވެ. މިއީ ދިވެހި ޒުވާނެއް ތައްޔާރުކުރާ ސްކްރަންޗީޒްތަކެކެވެ.

View this post on Instagram

A post shared by Scrunchie.mv (@scrunchie.mv)

ސްކްރަންޗިޓް އެމްވީ

މިއީ ވެސް ދިވެހި ޒުވާނެއްގެ އަމިއްލަ މަސައްކަތެވެ. ސްކްރަންޗީޒް އާއި އެޔާ ގުޅުވާލައިގެން ހެޑްބޭންޑް، ހެއާ ޓައިސް ވެސް މި ޕޭޖުން ތައްޔާރުކޮށްދޭނެ އެވެ. ޕްރީ އޯޑާ ކުރުމަށްފަހު ބަލައިދާން ޖެހޭނީ ހުޅުމާލެ އަށެވެ.

View this post on Instagram

A post shared by #Scrunchit (@scrunchitmv)

ޔޯ ސްކްރަންޗީޒް

ސްކްރަންޗީޒް އާއި ހެއާ ޓައިސް ހޯދަން މިއީ ވެސް ވަރަށް ރަނގަޅު އޮޕްޝަނެކެވެ. އިންސްޓެންޓް ޕާޗޭސްއަށް ވެސް ސްކްރަންޗީޒް ލިބެން އެބަހުއްޓެވެ. އަދި ފްރީކޮށް ޑެލިވަރީކޮށްދޭނެ އެވެ. މިއީ ވެސް 100 ޕަސަންޓް ދިވެހި ޕްރޮޑަކްޓްތަކެކެވެ.

View this post on Instagram

A post shared by Scrunchies & Hairties 🇲🇻 (@yourscrunchiiies)

ސޯ ސްކްރަންޗީޒް އެމްވީ

މިއޮތީވެސް ލޯކަލް ސްކްރަންޗީޒް ވިއްކާ ޕޭޖެކެވެ. ތަފާތު ރީތި ވައްތަރު ވައްތަރުގެ ސްކްރަންޗީޒް މި ޕޭޖުން ވެސް ލިބެން އެބަހުއްޓެވެ.

View this post on Instagram

A post shared by so.scrunchies.mv (@so.scrunchies.mv)

ބެލްލަރޯސާ އެމްވީ

މި ޕޭޖުން ލިބޭނީ ހަމައެކަނި ސްކްރަންޗީޒް އެކަންޏެއް ނޫނެވެ. ބަދިގޭ ސާމާނާއި ދަބަހާއި ހެދުން ވެސް މި ޕޭޖުން ލިބޭނެ އެވެ. ގިނަ އެއްޗެހި އެއްތާކުން ހޯދަންޏާ މިއީ ރަނގަޅު އޮޕްޝަނަކަށްވާނެ އެވެ.

View this post on Instagram

A post shared by Bellarosa (@bellarosa_mv)

ލައެސްޓްރެލްލާ އެމްވީ

ސްކްރަންޗީޒްގެ އިތުރުން ބޮލުގައި ޖަހާ އެކިކަހަލަ ޑިޒައިންތަކުގެ ދަތިވެސް މި ޕޭޖުން ލިބޭނެ އެވެ. ފޯނު ކަވަރާއި އެންމެ ފަހުގެ އަންނައުނު ހޯދަން ވެސް ލަ އެސްޓްރެލްލާ ޕޭޖު ބަލައިލާށެވެ.

View this post on Instagram

A post shared by La Estrella (@la_estrella.mv)

މީގެ އިތުރުން ވެސް ބައިވަރު އެހެން އިންސްޓާ ޕޭޖުތަކުން ވެސް ސްކްރަންޗީޒް ލިބެން އެބަހުއްޓެވެ.

ފެޝަން

Popular