24 Sep 2021

By: Ahmed Jaishan

މޫނުގެ ހަންގަނޑަކީ ވަރަށް ނާޒުކު އެއްޗެކެވެ. އެހެންވެ، މޫނު ރީތިކޮށް ބެހެއްޓުމަށް އަހަރެމެން ވަރަށް ގިނަ މަސައްކަތްކުރަން ޖެހެ އެވެ. އެކަމަކު ބައެއް ފަހަރު މޫނު ރީތިކުރަން އުޅުމުގެ ތެރޭގައި ނޭނގި ނަމަވެސް ބައެއް ގޯސްތައް ހެދެ އެވެ. އެ ގޯސްތައް ފާހަގަކޮށް، އެ ކަންކަމާ އަވަހަށް ދުރަށް ދާންޖެހެ އެވެ. މި ފާހަގަކޮށްލަނީ އޭގެ ތެރެއިން ބައެއް ކަންކަމެވެ.

ކޮންމެ ދުވަހަކު ސްކްރަބް ނުކުރޭ

ރާޅު މެޓީރިއަލް ހިމެނޭ އެކި ކްރީމް އަދި ޖެލްތައް ބޭނުންކޮށްގެން މޫނު ދޮވެ ސްކްރަބް ކުރުމަކީ ހަންގަނޑަށް ރަނގަޅު ކަމެކެވެ. އެކްސްފޯލިއޭޓްކޮށް ސްކްރަބް ކުރުމުން ހަންގަނޑު ސާފުވެ، އޮމާންވާނެ އެވެ. ނަމަވެސް މިއީ ވަރަށް މަދުމަދުން ކުރަން ޖެހޭ ކަމެކެވެ. ކޮންމެ ދުވަހަކު މޫނު ސްކްރަބްކުރާ ނަމަ އޭގެ ސަބަބުން ހަންގަނޑަށް ނުރައްކާވެ އެވެ. ހަންގަނޑުގެ އެންމެ މަތީ ފަށަލަ ގޭނި، ރައްކާތެރިކަމުގެ ސިސްޓަމް ހަލާކުވެ އެވެ. ނަތީޖާއެއްގެ ގޮތުން، ހަންގަނޑު ތުނިވެ އަބަދު ހިރުވުން ފަދަ ކަންތައް ދިމާވެ އެވެ.

މޫނު ތެޔޮވުމުން މޮއިސްޗަރައިޒް ނުކުރުން

ރާއްޖެ ފަދަ ހޫނު ތަނެއްގައި މޫނުގެ ހަންގަނޑު ތެޔޮ ވުމަކީ އާންމު ކަމެކެވެ. އެކަމަކު ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ތެޔޮ ހަންގަނޑު ހުންނަ ނަމަ މޮއިސްޗަރައިޒް ކުރާކަށް ނުޖެހެ އެވެ. މިއީ ތެދެއް ނޫނެވެ. ކިތަންމެ ބޮޑަށް ހިކިފައި ހުރި ހަންގަނޑަކަށް ވިޔަސް އަދި ތެޔޮ ހަންގަނޑަކަށް ވިޔަސް ތެތްކަން ބޭނުންވެ އެވެ. މޮއިސްޗަރައިޒާ މަސައްކަތް ކުރަނީ ހަންގަނޑަށް ތެތްކަމާއި ދިރުން ގެނެސްދިނުމަށެވެ.

އަބަދު ތެޔޮކޮށް މޫނު ހުންނަ މީހުން މޫނުގައި މޮއިސްޗަރައިޒާ ހާކާއިރު ކުޑަކޮށް ތަފާތުކޮށް މަސައްކަތް ކުރަން ޖެހެ އެވެ. އެއީ ކުޑަކޮށް މޫނުމަތި ފޮހެލުމެވެ.

އަބަދު ވެސް ކްލެންޒާ ބޭނުންކުރުން

މޫނުގެ ހަންގަނޑަށް ބަލާ މީހުންގެ އަތުގައި ކްލެންޒާއެއް އޮންނާނެ އެވެ. އެއީ ހެނދުނު މޫނު ދޮންނަ އިރު ބޭނުންކުރާ އެއްޗެކެވެ. މިއީ އެއްބައި މީހުން ކޮންމެ ދުވަހަކު ބޭނުންކުރާ އެއްޗެކެވެ. ނަމަވެސް އެއީ ގޯސް ކަމެކެވެ. ޑާމިޓޯލަޖިސްޓުން ބުނާގޮތުގައި ކޮންމެ ދުވަހަކު މޫނު ކްލެންޒް ކުރާކަށް ނުޖެހެ އެވެ. އަދި މޫނުގެ ހަންގަނޑަކީ ހިކިފައިވާ ނާޒުކު ހަންގަނޑަކަށްވާ ނަމަ، ކްލެންޒާ ބޭނުންކުރުން ރަނގަޅެއް ނޫނެވެ.

އޭގެ ބަދަލުގައި ތާފަނާ ފެނުން މޫނު ދޮވެލުމަށް ފަހު ޓީޝާޓަކުން މޫނު ފޮހެލުމުން މާ ރަނގަޅެވެ.

ސިއްހަތު ހަމުގެ ފަރުވާ

Popular