20 Mar 2022

By: Aishath Maaha

ލަވަކިޔުންތެރިޔާ މީރާ މުހައްމަދުގެ އިންސްޓަގްރާމް ސްޓޯރީތަކުން މި ދުވަސްކޮޅު އާންމުކުރާ ފޮޓޯތަކުން އޭނާގެ ޕާސަަނަލް ލައިފް ވަރަށް ބޮޑަށް ބަދަލުވެއްޖެކަން އެނގެ އެވެ. މިއުޒިކް ޕްރޮޑިއުސަރު އަދި ގިޓަރިސްޓް މިރާހް އަލީއާ އެކު މީރާ ނަގާފައިވާ ލޯބި ފޮޓޯތަކުގެ ހަގީގަތެއް ފޭނުންނަކަށް އަދި ނޭނގެ އެވެ.

"ދެން އަހަރެމެންނަށް ކޮން ކަމެއްހޭ" ބުންޏަސް މި ލިޔުން ކިޔަމުން ތިޔަ ގެންދަނީ އެ ފޮޓޯތަކުގެ ވާހަކަ އޮތީމާކަން އެނގޭތީ އަހަރެމެން ވެސް ބޭނުންވީ މީރާ ގާތު އެ ވާހަކަ އަހާލާށެވެ. އެކަމަކު އޭނާ އަދި ހުރީ މިކަހަލަ ވާހަކައެއް ދައްކާ ގޮތަކަށް ނޫނެވެ.

މީރާ ބުނީ އެ ފޮޓޯތަކާ ބެހޭ ގޮތުން ދޭނެ ކޮމެންޓެއް ނެތް ކަމަށެވެ.

މީރާ ޝޯއެއްގައި ޕަފޯމްކުރަނީ. -- ފޮޓޯ: އަހްމަދު އަޝްހާދު އަބްދުﷲ (ޖެރީ)

"ޕާސަނަލް ލައިފްގެ ވާހަކަތައް މިވަގުތު ޕަބްލިކަށް ޝެއާކުރަން ބޭނުމެއް ނޫން،" މީރާ ބުނިހާވެސް އެއްޗަކީ މިއީ އެވެ.

ލަވަކިޔުންތެރިޔާ އަބްދުﷲ ފާލިހާ އެކު ފެށި ކައިވެނީގެ ގުޅުމުގެ އަޑު ކުރިން ކިތަންމެ ގަދަވިޔަސް ފަހުން އެކަން ބަދަލުވި އެވެ. އެ ދެ މީހުންގެ އަޑު ވެސް ވަރަށް ބޮޑަށް މަޑުވި އެވެ. އެކަމަކު މިހާރު އަނެއްކާވެސް މީރާގެ ބައިވެރިޔަކު ހުރިކަން އޭނާ ނުބުންޏަސް އެނގޭހާވެ އެވެ.

View this post on Instagram

A post shared by Mirah Ally (@mirahally)

މިރާހް

މީރާ އާއި މިރާހް އަކީ މަޝްހޫރު މިއުޒިކް ބޭންޑް "ސްކައިރޮކް ބޭންޑް"ގެ ދެ މެންބަރުންނެވެ. "ދޯ" އަށް އެނގިފައިވާ ގޮތުގައި މިހާރު އެ ދެމެންބަރުން ވަނީ ބޭންޑުން ވެސް ވަކިވެފަ އެވެ. އަދި މި ޖޯޑުގެ ގުޅުމަށް ވެސް މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

Popular