23 Jul 2022

By: Aishath Maaha

އޮރިޖިނަލް މިއުޒިކްގަައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ބޭންޑު "ރޭވިއޯ" އިން މިވަނީ މުޅިން އާ ލަވައެއް ނެރެފަ އެވެ. މިއީ ބޭންޑުން އަންނަ މަހު ނެރެން ހަމަޖެހިފާ އަލްބަމް "ކުރެހުން" ގެ ފުރަތަމަ ލަވަ އެވެ.

ލަވައިގެ ނަމަކީ "ދޫކޮށްފާ" އެވެ. ސައުންޑްކްލައުޑް، ޔޫޓިއުބް، ސްޕޮޓިފައި، ބައިސްކޯފް، ލަވަފޮށި ފަދަ ހުރިހާ މިއުޒިކް ޕްލެޓްފޯމަކުން މިހާރު މި ލަވަ އަޑުއަހާލެވޭނެ އެވެ. "ދޫކޮށްފާ" ރިލީޒްކުރީ ލައިވް ރިކޯޑިން ވީޑިއޯ އާ އެކުގަ އެވެ.

RAVEO.Official · Dhookohffaa - RAVEO

މިއީ މި ބޭންޑުން ނެރުނު ދެވަނަ ލަވަ އެވެ. މީގެ ދެ އަހަރެއްހާ ދުވަސްކުރިން އެ ބޭންޑުން ނެރުނީ "އުދުހިލާ" ލަވަ އެވެ.

"ދޫކޮށްފާ އަކީ ބޭންޑުގެ އަމިއްލަ ރާގަކަށް އުފައްދާފައިވާ ލަވަ އެކެވެ. މި ލަވައިގެ ލިރިކްސް ލިޔެފައިވަނީ ލަވައިގެ ވޯކަލިސްޓް އަހްމަދު ހުމާމް (ޒޯލޯ) އެވެ.

ރޭވިއޯގެ މެންބަރުން: މިއީ އެ ބޭންޑުގެ ދެ ވަނަ ލަވަ

ބޭންޑުގެ މެންބަރުން

- ބޭސް ގިޓަރިސްޓް -- އިނާން އާދިލް

- ލީޑް ގިޓަރިސްޓް -- ޒަޔާން ފައިސަލް (ޒެޑޭ)

- ކީބޯޑިސްޓް -- ހުސެން ހިސާން

- ޑްރަމާ -- ޖީމް ނިޔާޒް

- ވޯކަލިސްޓް -- އަހްމަދު ހުމާމް (ޒޯލޯ)

Popular