13 Sep 2024

By: Aishath Jazlee

މީގެ ދުވަސްކޮޅެއް ކުރިން ބޮލަށް ވަދެ ނުފިލައިގެން އުޅުނީ "ތިންކިން އަބައުޓް މީ އެވްރީނައިޓް, އޯ އިޒް އިޓް ދެޓް ސްވީޓް, އައި ގެސް ސޯ, ސޭ ޔޫ ކާންޓް ސްލީޕް, ބޭބީ އައި ނޯ, ދެޓްސް ދެޓް މީ, އެސްޕްރެސޯ" އެވެ.

އެކި ކަންކަމުގައި އުޅޭ އިރު ވެސް ކިޔެނީ "އައިމް ވޯކިން ލޭޓް, ކޯޒް އައިމް އަ ސިންގަ" އެވެ. ވާނީ އެހެން ނޫން ހެއްޔެވެ؟ ސޯޝަލް މީޑިއާއިން ފެންނަ ކޮންމެ ދެ ވީޑިއޯއިން އެއް ވީޑިއޯއެއްގައި އިވެނީ އެ ބަސްތަކެވެ.

އެސްޕްރެސޯގެ މިޔުޒިކް ވީޑިއޯ

ކެޗީ, ޕޮޕް މި ލަވަ އަކީ ރާއްޖޭގައި ވެސް އެކި ކެފޭ, ރެސްޓޯރެންޓުތަކުން ވެސް އިވިއިވި ހުންނަ ލަވަ އެކެވެ. އަބަދު އިވިއިވި އެންމެންގެ ބޮލުގައި ހަރުލި ސަބްރީނާގެ "އެސްޕްރެސޯ" މި ލަވައަށް ވީއެމްއޭސްގެ "ސޯންގް އޮފް ދަ އިޔާ"ގެ އެވޯޑު ވަނީ ލިބިފަ އެވެ. އެ ލަވަ އެމެރިކާގެ އިތުރުން 18 ގައުމެއްގެ އެންމެ މަގުބޫލު ލަވައިގެ ގޮތުގައި މި ލަވަ ހިމެނުނެވެ. އަދި އެމެރިކާގެ އިތުރުން 20 ގައުމެއްގައި ސްޕޮޓިފައިގެ ޓޮޕް 10 ގައި ވެސް ހިމެނުނު ލަވައެކެވެ. މި ލަވައަށް މިހާރު ވަނީ ބިލިއަނަކަށް ވުރެ ގިނަ ސްޓްރީމް ސްޕޮޓިފައި އިން އެކަނި ވެސް ލިބިފަ އެވެ. އަދި މި ލަވަ މިހަރު ވެސް އޮތީ ސްޕޮޓިފައިގެ އެންމެ ޓްރެންޑިން ލަވަތަކުގެ ލިސްޓުގަ އެވެ.

މި ލަވަ މިހާ ޓްރެންޑިން ލަވައަކަށްވީ ޓިކްޓޮކުގައި މާ ހިނގި ލަވައަކަށް ވުމުންނެވެ. ޓިކްޓޮކުގައި މި ލަވައިގެ "ސްޕެޑް އަޕް" އޯޑިއޯއަށް އެކަނި ވެސް 94،000 އަށް ވުރެ ގިނަ މީހުން ވީޑިއޯ ހެދި އެވެ. މި ލަވަ އަކީ މި އަހަރު ޓިކްޓޮކުގައި އެންމެ މަގުބޫލު ލަވަތަކުގެ ލިސްޓުގެ ވެސް އެންމެ ކުރީގައި ހިމެނޭ އެއް ލަވަ އެވެ.

މި ލަވައިގެ އިތުރުން ލަވައިގެ އައިކޮނިކް މިޔުޒިކް ވީޑިއޯ އާއި ލަވައިގެ ޕޯސްޓާއަށް ސަބްރީނާ ކުރި މޭކަޕު ވެސް ފޭނުންގެ މެދުގައި ވަރަށް މަގުބޫލުވި އެވެ. މި ލަވަގައި ބޭނުންކޮށްފައިވާ ފަންކީ, ޑިސްކޯ, ޕޮޕް މިޔުޒިކުން ގެނެސްދޭ ނައިންޓީޒްގެ ވައިބު, ލަވައިގެ މިޔުޒިކް ވީޑިއޯގައި ވަނީ ގެނެސްދީފަ އެވެ.

މިއަހަރުގެ އޭޕްރިލް މަހުގައި ނެރުނު މި ލަވަ އަކީ ސަބްރީނާގެ "ޝޯޓް އެން ސްވީޓް" އަލްބަމުގެ ލަވައެކެވެ.

ހޮލީވުޑް

Popular