25 Apr 2018

އިންޝާ އަށް އުނޫޝާ ދިން ކޮމެންޓް ނެގެޓިވްތަ؟

އިންޝާ އަށް އުނޫޝާ ކުރި ކޮމެންޓެއް މާބޮޑު މައްސަލަޔަކަށް ހަދައިގެން އުޅުނަސް އިންޝާ އަދި މި ދައްކަނީ މުޅިން އެހެން ވާހަކައެއް.

އިންޝާ އަށް އުނޫޝާ ކުރި ކޮމެންޓެއް މާބޮޑު މައްސަލަޔަކަށް ހަދައިގެން އުޅުނަސް އިންޝާ އަދި މި ދައްކަނީ މުޅިން އެހެން ވާހަކައެއް.

މިދިޔަ ހަފުތާ ބަންދުގެ ޑުއެޓް ޕާފޯމެންސްތަކާ އެކު މޯލްޑިވިއަން އައިޑޮލް އިން ވިދާލި ގެސްޓް ލަވަކިޔުންތެރިޔާ އިންޝާ އަހުމަދަށް ޖަޖު މަރިޔަމް އުނޫޝާ ކޮމެންޓްކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ބައެއް ބެލުންތެރިން ވަރަށް ބޮޑަށް ޝަކުވާކުރި އެވެ. ހަސަން ޝަހުދާނާ އެކު ޕަފޯމްކުރި އިންޝާ އަށް ކޮމެންޓްކުރަމުން އުނޫޝާ ބުނީ "އައިޑޮލް ގައި އިންޝާ ބައިވެރިވި ނަމަ ވަރަށް ދުރަށް ދެވިދާނެ" ކަމަށެވެ.

އެކަމަކު ކިތަންމެ ޕޮޒިޓިވް ނޯޓެއްގައި އުނޫޝާ މިހެން ބުނި ނަމަވެސް ޝޯ ބަލަން ތިބި އެތައް ބަޔަކު ބުނީ އުނޫޝާ އެންމެންގެ ކުރިމަތީގައި އެ ކުއްޖާ ލަދުގަންނަވާލީ ކަމަށެވެ.

ނަމަވެސް 20 އަހަރުގެ އުއްމީދީ ލަވަކިޔުންތެރިޔާ ހުރީ ވަރަށް ވެސް ޕޮޒިޓިވްކޮށެވެ. އޭނާ ބުނީ އުނޫޝާ އަށް ފުރިހަމަ އަށް އިހްތިރާމްކުރާ ކަމަށާއި އެއްވެސް ވާހަކައެއް ނެގެޓިވްގޮތަކަށް ނުނަގާ ކަމަށެވެ.

"އައި ތިންކް މީހުން، ރުޅިއައީ އުނޫޝާ ބުނެފައި އިނީ އިންޝާ އައިޑޮލް އަށް އެރި ނަމަ އޭ. އެކަމަކު އަޅުގަނޑު ނުނަގަން އޭތި ނެގެޓިވްކޮށް. ނެގީ ވަރަށް ޕޮޒިޓިވްގޮތަކަށް. އެއީ އުނޫޝާ އަށް ވެސް އަހަރެންގެ ލަވަކިޔުން ކަމުދިޔައީ ކަމަށް ބަލާފައި،" ދޯ އަށް ދިން އިންޓަވިއުގައި އިންޝާ ބުންޏެވެ.

"ހުރިހާ ކަމެއް ވެސް ނެގީ ޕޮޒިޓިވް ކަމެއްގެ ގޮތުގައި، ސަބަބަކީ އުނޫޝާ އަކީ ހުރިހާ ގޮތަކުން ވެސް އިންޝާ އަށް ވުރެ މޮޅު ތަޖުރިބާ ގިނަ ލަވަކިޔުންތެރިއެއް."

އިންޝާ އާއި ޝަހުދުގެ ޑުއެޓް ހިމެނޭ އެޕިސޯޑް.

އިންޝާ އަށް ކުރި މި ކޮމެންޓާ ގުޅިގެން އުނޫޝާ އަށް އެއްބައެއްގެ ފާޑުކިޔުން އަމާޒުވިއިރު އަނެއް ބަޔަކު ބުނީ އުނޫޝާ ތައުރީފެއްގެ ތެރެއިން ފާހަގަކޮށްލީ ވަރަށް ރަނގަޅު ވާހަކައެއް ކަމަށެވެ. ސަބަބަކީ މޯލްޑިވިއަން އައިޑޮލް ވަރުގެ ބޮޑު ޕްލެޓްފޯމެއްގައި ގެސްޓެއްގެ ގޮތުގައި ބައިވެރިކުރާ ފެންވަރު އިންޝާގެ ކިބައިގައި ނެތުން ކަމަށެވެ.

އިންޝާ ވެސް ބުނީ އައިޑޮލް ވަރުގެ ޕްލެޓްފޯމެއްގައި ޕާފޯމްކޮށްލަން ލިބުމުން އޭނާ އަށް ވެސް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށެވެ. އަދި އުނޫޝާ ކޮމެންޓްކުރި ގޮތަށް ވަރަށް ގިނަ އެހެން މީހުން ވެސް ކޮޮމެންޓްކުރާކަން އޭނާ ފާހަގަކުރި އެވެ.

"ގިނަ މީހުން ވެސް އަހަނީ، އިންޝާ އައިޑޮލްގައި ބައިވެރިނުވީ ކީއްވެހޭ. އިންޝާ ހީކުރީ ޓީވީއެމްގެ ރާގު ޝޯގައި މިދިޔަ އަހަރު ބައިވެރިވެފައި ހުރީމަ، އައިޑޮލްގައި ބައިވެރިނުވެވޭނެ ކަމަށް،" ރިސޯޓް މިއުޒިކަށް ހުސްވުމަށް މަސައްކަތްކުރަމުން އަންނަ އިންޝާ ބުންޏެވެ.

"އެކަމަކު މިހާރު ލިބެނީ ވަރަށް ވެސް ޕޮޒިޓިވް ކޮމެންޓްސް އެންމެންގެ ފަރާތުން ވެސް. ވަރަށް މޮޅެތި މީހުންނާ މިގޮތަށް އެކި ތަންތަނުން ދިމާވެ ވަރަށް ގިނަ ކަންކަންތައް ވެސް ވަނީ ދަސްވެފައި."

އިންޝާ އާއި އަމާންގެ އޭ މަލާ ވީޑިއޯ ލަވަ.

އައިޑޮލްގައި ޝަހުދާންއާ އެކު ޑުއެޓްކުރަން ލިބުނު ފުރުސަތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އިންޝާ ބުނީ ޕީއެސްއެމުން އެވަރުން އޭނާ ގެންދިއުމުގެ އަސްލަކީ ޝަހުދާން ކަމަށެވެ.

"ޝަހުދު ބޭނުންވީ އިންޝާއާ އެކު ލަވަކިޔަން. އެގޮތަށް ބޭނުންވެގެން ޕީއެސްއެމުން ގުޅީ. އޭނަ އެހެން ކުއްޖަކާ އެކު ވެސް ކިޔޭތޯ ބަލާފަ ނުކީގެން އެމީހުން ގުޅީ. ދެން ހިތަށް އެރީ އޭނަ އަށް އެހާ އަހަރެން ކަމުދަންޏާ އެހެން މީހުންނަށް ވެސް ކަމުދާނެއޭ،" އިންޝާ ބުންޏެވެ.

އިންޝާ އާއި ފަތޯ ވަކިން ލޯބިން ފިލްމަށް ރިކޯޑްކޮށްފައިވާ ލަވައިގެ ވީޑިއޯ.

އިންޝާ ވަނީ މިދިޔަ އަހަރުގެ މޯލްޑިވިއަން އައިޑޮލް އިން ވިދާލި އިބްރާހިމް އަމާންއާ އެކު ވަރަށް ފަހުން، ހިތްގައިމު ވީޑިއޯ ލަވައެއް ވެސް ނެރެފަ އެވެ. "އޭމަލާ" ގެ ނަން ދީފައިވާ މި ވީޑިއޯ ލަވަ ވަނީ އެތައް ބައެއްގެ މެދުގައި މަގްބޫލުކަން ހޯދައިފަ އެވެ. މީގެ އިތުރުން ޑާކް ރެއިން އެންޓަޓެއިންމަންޓުން އެންމެފަހުން ނެރުނު "ވަކިން ލޯބިން" އަށް ފަތޯއާ އެކު ވެސް ނިކަން ހިތްގައިމު ލަވައެއް ރިކޯޑްކޮށްފައިވެ އެވެ.

މިއުޒިކް މޯލްޑިވިއަން އައިޑޮލް ސީޒަން 3

Popular