12 Jun 2022

By: Aishath Maaha

މިއީ އެފަދަ ނިކަން ބޮޑު ހުވަފެނެއް ދެކެމުން އޭގައި ކުލަ ޖައްސަން މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. ނަމަކީ އައިޝަތު ޒާވިޔާ ހަސަން އެވެ. އއ. މަތިވެރި އަށް އުފަން އުމުރުން 25 އަހަރުގެ މި ޒުވާނާއަކީ އަމިއްލަ ރެސްޓޯރެންޓެއް ހުޅުވުމުގެ ހުވަފެން ދެކެމުން އަންނަ މީހެކެވެ.

އެ ހުވަފެނުގައި ކުލަ ޖައްސަން ޒަވީ ކުރަނީ ކޮން ކަމެއް ހެއްޔެވެ.

"ޒަވީއަކީ އަދި ބޭކާ އެއް، އިންސްޓަގްރާމްގައި ޒަވީ ބޭކްސްގެ ނަމުގައި އިންނާނެ ޒަވީގެ ޕޭޖު، މިވަގުތު ބޭކާއެއްގެ ގޮތުގައި އުޅުނަސް ޒަވީ ބޭނުންވަނީ އަމިއްލަ ރެސްޓޯރެންޓެއް ހުޅުވަން، އެއީ ޒަވީއަކީ ވަރަށް ކައްކާ ހިތްވާ މީހެއް،" ދެކެމުން އަންނަ ހުވަފެންތަކާއި ބެހޭގޮތުން ޒަވީ ކިޔައިދިނެވެ.

"ކުޑައިރުން ފެށިގެން ވެސް ވަރަށް ކައްކާ ހިތްވޭ، ގޭގައި ވަރަށް ކައްކާ ވެސް ހަދަން، އެކަމަކު އޭރު ބޭނުންވަނީ ބިޒްނަސް ވުމަން އަކަށް ވާން، ބޮޑަށް ޝެފަކަށް ވުމުގެ އިންޓްރެސްޓް އުފެދުނީ ސްކޫލް ނިންމާލާފައި ރަށަށް ގޮސް ރަށު ހޮޓަލެއްގައި ވެއިޓަރަކަށް އުޅެން ފެށިފަހުން،"

View this post on Instagram

A post shared by ZaviBakes.mv (@zavibakes.mv)

ޒަވީ ވަނީ އުފަން ރަށް، މަތިވެރީގައި ބައްޕަ ހިންގާ ގެސްޓް ހައުސްގައި ތިން އަހަރު ވަންދެން ޝެފެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު މާލެ އައިސް ގައުމީ ޔުނިވާސިޓީން ކަލިނަރީ ކޯހެއް އަދި ޕޭސްޓްރީ ކޯހެއް ހެދި އެވެ.

އޭގެ ފަހުން މަޝްހޫރު ސްކައިފޯލް ރެސްޓޯރެންޓުގައި ވެސް ފަސް މަހެއްހާ ދުވަހު ޝެފެއްގެ ގޮތުގައި ޒަވީ މަސައްކަތް ކުރި އެވެ.

"ސްކައިފޯލް އިން ކެނޑުނީ. ޒަވީ ވަރަށް ބަލިވާނެ، ދެން އެތަނުގައި ވަރަށް ބިޒީވާނެ ވަޒީފާގައި ވީމާ ބަލިވިޔަސް މަސައްކަތް ކުރަން ޖެހޭނެ ދޯ. އެތަނުގައި ވަރަށް ރަނގަޅު އެންމެން ވެސް. ދެން އަނެއްކޮޅުން ބޯއީސް ގިނަ އެންވަޔަރަމެންޓެއްގައި ވޯކް ކުރަން އަންކޮމްފޮޓަބަލް ވީމާ ބޭނުންވީ ގޭގައި ހުރެގެން ކުރާ ކަމެއް ކުރަން،"

ޒަވީ: ބޭކިންގެ އިތުރުން ޒަވީ ވަނީ ޝެފެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައި

އެހެންވެ ރަށުގައި ހުރެގެން ވެސް ހިންގަމުން އައި "ޒަވީ ބޭކްސް"އަށް ވަގުތީގޮތުން ބަދަލުކޮށްލައި ހުސްވެލީ އެވެ. ސްކޫލް ނިންމާލާފައި 2013 ވަނަ އަހަރު ރަށަށް ގޮސް އެންމެ ފުރަތަމަ ކޭކު އަޅަން ފެށީ ހޮބީ އަކަށެވެ.

މާލޭގައި ކޭކުގެ ވިޔަފާރި ކުރާތާ މިހާރު އަހަރެއް ވީ އެވެ.

View this post on Instagram

A post shared by ZaviBakes.mv (@zavibakes.mv)

"މަންމަ ކުރީގައި ކޭކު އަޅާނެ. މަންމަ ކޭކު އެޅުން ހުއްޓާލި ފަހުން ހުރީ ހުރިހާ އެއްޗެއް ފޮރުވާފައި. ދެން އެއް ދުވަހު ސާފުކުރަނިކޮށް އެ ފެނިގެން ހިތަށް އެރީ ޓްރައިކުރަން. މަންމަ ގާތުގައި އަހައިގެންނާއި ޔޫޓިއުބުން ބަލައިގެން ދަސްކޮށްގެން ފެށީ،"

ރަސްމީކޮށް ކޭކު އަޅަން ފެށީ 2015 ވަނަ އަހަރު އެވެ. އޭރު ވެސް އެކަމަކު ގިނައިން ކޭކު އަޅަނީ މީހުން އެއްޗެހި ދިނީމާ ހިލެ އެވެ. އޭގެފަހުން އާމްދަނީއެއް ހޯދަން އަގު ނަގައިގެން ކޭކު އަޅަން ފެށި ނަމަވެސް ފުރަތަމަ އަގުތައް ހެދީ ވެސް ކުޑަކޮށެވެ.

ކޭކު އަޅައިދޭން ފަށައި، ބޭކާއެއްގެ ގޮތުގައި ޒަވީ އުޅޭތާ މިހާރު ހަތް އަހަރު ވެއްޖެ އެވެ. ޕޭސްޓްރީ ކޯހުގައި އެތައް ވައްތަރެއްގެ ޕޭސްޓްރީ ހަދަން ދަސްކުރި ނަމަވެސް މިހާރު ޒަވީ އޯޑަރު ނަގަނީ، ކޭކު، ބެންޓޯ ކޭކު، ކުކީ، ބްރައުނީސް އަދި ޑޯނަޓް އެކަންޏެވެ. އެކަމަކު އެންމެ ހާއްސައީ ކޭކަށެވެ.

ކޮންމެ ދުވަހަކު އެންމެ މަދުވެގެން ފަސް އޯޑަރުން ފަށާއިރު 14 އޯޑަރު ވެސް ބައެއް ދުވަސް ދުވަހު ނަގަ އެވެ. ހެނދުނު 7،8 ޖަހާއިރު ހޭލާ ގޮތަށް އިރު އޮއްސެންދެން ޒަވީ އުޅެނީ ބޭކިންގެ މަސައްކަތުގަ އެވެ.

View this post on Instagram

A post shared by ZaviBakes.mv (@zavibakes.mv)

"އިރު އޮއްސުނީމާ ގަޑިއެއްހާއިރު ބްރޭކެއް ނަގާފައި ދެން އަނެއް ދުވަހުގެ އޯޑަރުތައް ރެޑީކުރަން ފަށަނީ، ޑެލިވަރީ ފިޔަވައި އެހެން ހުރިހާ ކަމެއް ވެސް ކުރަނީ ޒަވީ، ޑެލިވަރީކޮށްދޭނީ ފިރިމީހާ."

ކަސްޓަމަރުންގެ ފަރާތުން މާގިނަ ނެގެޓިވް ކޮމެންޓްތަކެއް ނުލިބުނަސް އެހެން ލިބޭ ފަހަރެއްގައި ވެސް ކަސްޓަމަރު ހިތްހަމަޖައްސައިދޭން މަސައްކަތްކުރާ ކަމަށް ޒަވީ ބުންޏެވެ.

"ކަސްޓަމާ ހިތްހަމަ ނުޖެހެންޏާ އަލުން ގެނެސް ފިކްސް ކޮށްދީ ހަދަން، ނޫނީ ރިފަންޑް ވެސް ދެން، އަބަދު ވެސް ބަލަން ކަސްޓަމާސް ސެޓިސްފައިކޮށްދޭން، ގާތްގަނޑަކަށް ހުރިހާ ކަސްޓަމަރުން ކަހަލަ ގޮތަކަށް ހަމަ ވަރަށް ނައިސް، އަންޑަސްޓޭންޑްވޭ،"

އޭގެ ހެއްކަކީ ޒަވީގެ ގިނަ ކަސްޓަމަރުންނަކީ ރިޕީޓް ކަސްޓަމަރުންނަށް ވުމެވެ.

"ކޮންމެ ކޭކެއް ވެސް ޒަވީ ރަހަ ބަލަން، ރަހަ ބަލާފައި ހިތްހަމަ ޖެހެންޏާ އިތުރަށް ކުރިއަށް ދަނީ، ބަޓަކްރީމް ވެސް ރަހަ ބަލަން، ފޮންޑެންޓަށް ޒަވީ އަދި ވަރަށް އާ، އެހެންވެ އެކަހަލަ ކޮންމެ ކޭކެއް ނިންމާފައި ޑެލިވަރީ ކުރާއިރު ވަރަށް ހާސްވޭ، އެކަމަކު ކަސްޓަމަރުންގެ ފަރާތުން ޕޮޒިޓިވް ފީޑްބެކް ލިބޭތީ ވަރަށް ހިތްހަމަޖެހޭ،" އޭނާ ބުންޏެވެ.

View this post on Instagram

A post shared by ZaviBakes.mv (@zavibakes.mv)

"މިކަމުގައި ޒަވީގެ އެންމެ ބެސްޓު ސަޕޯޓަކީ މަންމަ، ލާރި ހޯދަން ކޭކު އަޅަން ފަށަން އެންމެ ފުރަތަމަ ބުނީ ވެސް މަންމަ، ރަށުގައި އުޅުނުއިރު ކޭކު އަޅާ އެއްޗެހި ހުސްވީމަ ވެސް އެ ހަމަކޮށްދޭނީ މަންމަ، މިހާރު މަންމަގެ އިތުރުން ފިރިމީހާގެ ހެލްޕް ވަރަށް ލިބޭ."

މިއީ އަމިއްލަ ރެސްޓޯރެންޓެއް ހުޅުވަން ޒަވީ ކުރަމުން އަންނަ މަސައްކަތުގެ ފެށުމެވެ. ފުރަތަމަ ބޭކާ އެކެވެ. މުސްތަގުބަލުގައި ޝެފް ޔުނީފޯމް އަޅައިގެން އަމިއްލަ ރެސްޓޯރެންޓެއް ހިންގަމުން އަންނަ ޒުވާން "ބިޒްނަސް ވުމަން" އެކެވެ.

Popular