16 Jul 2018

އަސުމް އަށް ސަޅިވާ ގޮތް

އަޒޫއާ އެކު ލޯބިން އުޅޭތަން ފެނުނު އިބޫ އަސްލު ހުރީ ހުސްކޮށެވެ. "މަށަށް އެންމެ ސަޅީ" ގައި މިފަހަރު އޭނާގެ ވާހަކަ އެވެ.

އަޒޫއާ އެކު ލޯބިން އުޅޭތަން ފެނުނު އިބޫ އަސްލު ހުރީ ހުސްކޮށެވެ. "މަށަށް އެންމެ ސަޅީ" ގައި މިފަހަރު އޭނާގެ ވާހަކަ އެވެ.

By: Aishath Maaha

މިއީ އަސުމް ޖަލީލެވެ. އަހަރެމެންނަށް އޭނާ ފުރަތަމަ ވެސް ފެނުނީ ޓީވީންނެވެ. ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ވެސް ފެނުނެވެ. އޭގެފަހުން، ނެށުންތެރިޔާ ސުނީތާ އަލީއާ އެކު ދެ ލަވަޔަކުން ފެނުނެވެ. އޭގެ ފަހުން އަސުމް ސޯޝަލް މީޑިއާގައި ސެލެބްރިޓީއަކަށް ވެގެން ދިޔައީ މޯލްޑިވިއަން އައިޑޮލްގެ މިދިޔަ ސީޒަނާ ދިމާކޮށް ދިރާގުން ގެނެސްދިން ސިލްސިލާ އިޝްތިހާރުތަކަކާ އެކުގަ އެވެ.

އިބޫގެ ގޮތުގައި އެ އިޝްތިހާރުތަކުން އަސުމް ފެނުނުއިރު ގިނަ އަންހެން ކުދިންނަށް އެއީ ހަމަ ހަޒްބަންޑް ގޯލްސް އެވެ. އިބޫއަށް އެމީހުންގެ ހިތްތައް ހަދިޔާކުރީ ނުލާހިކު ލޯބިންނެވެ. އިބޫ ނުވަތަ އަސުމް އަދި ހުރީ ސިންގަލްކޮށެވެ. އަސުމް އަށް ކަމުދާ އަންހެން ކުދިންގެ ވާހަކަތައް އޭނާ ކިޔައިދިނީ މިގޮތަށެވެ

ކީއްވެގެންތަ ސިންގަލް ކޮށް ތިހުންނަނީ؟

"އެއީ ވަގުތީގޮތުން އަދި ސިންގަލް އީ. މިވަގުތު އަދި ރިލޭޝަންޝިޕަކަށް ރެޑީނޫނީ."

ވަޅިރީތީ ތޫނިއްޔާއޭ އަނބި ރީތީ ހެވިއްޔާއޭ ބުނާ މުސްކުޅި ބަހާ އެއްބަސްވެވޭތަ ނުވަތަ އަނބި ވެސް ރީތީ ތޫނުވިވަރަކަށްތަ؟

"އާނ އެއްބަސް ވަން. އަނބި ރީތީވާނީ ހަމަ ހެވިއްޔާ. މިޒަމާނަށް ބަލައިފިއްޔާ އެހެން ގޮތްގޮތަށްވެސް ބަލާ. އެކަމަކު އަހަރެން ބަލާނީ އަނބި ރީތިވާނީ ހަމަ ހެވިއްޔާ. އެއީ ފެމެލީ ސައިޑުން ވިޔަސް އަމިއްލަ އޯން ސައިޑުން ވިޔަސް ހަމަ ސަޅިވާނީ ހެވިއްޔާ."

އަސުމްއަށް ފުރަތަމަ ނަޒަރުން ރީތިވި އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދީބަލަ.

"އެއީ ސްކޫލް ދައުރުގަ. ސްކޫލްގައި އޮންނާނެ ޕްރޮގްރާމްސް ވަރަށް ބައިވަރު. އެކަހަލަ ޕްރޮގްރާމެއްގެ ތެރެއިން ފެނުނީ. އެންމެ ފުރަތަމަ ފެނުނީ ސްކޫލްގެ ކޮންމެސް ޕޯސްޓަކަށް އޭނަ އެޕްލައިކޮށްގެން އެއަށް ހޮވިގެން އުޅެނިކޮށް އެތަނުން. އެކަމަކު އޭރު ނުއެއް އަންގަން. އެކަމަކު އޭނަ ވެސް ލައިކްވާކަން އެނގޭ. އެހެން ފްރެންޑެއް ތްރޫކޮށް ވަރަށް ނުސީދާކޮށް އޭތި އަސުމްއަށް އަންނަނީ. ދެން ވަރަށް ޑްރެމެޓިކްކޮށް ތިނެސްކަން ލޯބީގެ ވާހަކައަކަށް ވީ. ވީގޮތަކީ އޭރު ސްކޫލްގައި އުޅުނުއިރު އޭނާއާ އެކު އެންމެ ކްލޯޒްކޮށް އުޅުނު އެއް ފްރެންޑް އޭނަވެސް އަސުމް އާ ހެދި އުޅެނީ. ދެން އޭތި އިނީ ހުއްޓިފަ ފާޑަކަށް. ދެން އަސުމް އޭތި އެކްސްޕްލެއިންކޮށްދިނީ. ފަހުން އެކުއްޖާ އާ ރައްޓެހިވެގެން ހަތަރު އަހަރު އުޅުނިން."

މިހާރު ފޮޓޯ: އަހުމަދު ނިޝާތު

އަންހެން ކުއްޖަކަށް ހިތްކިޔާއިރު ރީތިކަމަށް ދޭނީ ކިތައް ޕަސަންޓް؟

"އަސްލު ބޭރުފުށަކަށް ނުބަލަން. އަސުމް ބަލާ އެއްޗަކީ އޭނަ ވާހަކަ ދައްކާއިރު ދެން އޭނަ އެ ގެޓުވާ ގޮތް. އަމިއްލައަށް. އެހެން ނޫން ރީތި ކުދިންނަށް ބެލޭ. އެދެން ތޮބީއަތުގައި އިންނަ ކަމެއްތާ. އެކަމަކު އެކަހަލަ ނަޒަރަކުން ކުއްޖަކަށް ބަލާއިރު ރީތިކަމަކަށް ނުބަލަން."

ބުރުގާ އަޅައިގެން ތިބޭ އަންހެން ކުދިން ކޮން ގޮތަކަށް ބުރުގާ އެޅީމަތަ ރީތީ؟

"އެންމެ ކަމުދާ ގޮތެއް ބުނާކަށް ނޭނގޭ. ބުރުގާ އަޅާކުދިން އެމީހުންނަށް ކޮމްފޮޓަބަލް ވާގޮތަށް އަޅާފަ ހުރިއްޔާ އަސުމްއަށް ވަރަށް ރީތި. ބުރުގާ ނާޅާ ކުއްޖެއް ވިއްޔާ ނުވެސް ކޮށުވާނަން ވަރަށް ދިގުކޮށްފަ ބަހައްޓާނީ. އެކަމަކު ބޮލުގައި އެއްވެސް ކުލައެއް ޖެއްސީމަ ކަމަކު ނުދޭ. ހަމަ ބްލެކް ރީތީ."

ދިވެހި އިންސްޓަގްރާމް މޮޑެލުންގެ ތެރެއިން އަސުމް އަށް އެންމެ ހޮޓީ ކާކުތަ؟ ކީއްވެ އެމީހަކު އެހާ ކަމުދަނީ؟

"ކައިޒީން އިނގޭ. އެއީ ވަރަށް ލޯބި އޭނަ ހުރިހާ ގޮތަކަށް ބެލިޔަސް. މި ބުނީ ފޮޓޯތަކުގައި، އަދި ހަމަ ލޮލަށް ވެސް ނުފެނެ. ކައިޒީންގެ ފޮޓޯތަކުގައި ދެން ވަރަށް ސަޅި ލުކެއް އިނދޭ. ވަރަށް ކްލީން ކޮންމެ ދިމާލަކުން ބެލިޔަސް އޭނަގެ ހެދުން އެޅުން އެހެން ހަމަ ހުރިހާ ކަމެއް ވެސް ވަރަށް ސަޅި."

އަންހެން ކުއްޖަކު ވަކި ބައްޓަމަކަށް ހުންނަންޖެހޭ ކަމަށް ދެކޭ މީހުންނަށް ބުނާނީ ކީކޭ؟

"އަސުމް އަށް ރީތި ކޮންމެ ގޮތަކަށް ހުއްޓަސް އެކުދިންގެ ގޮތުގައި އެކުދިން ހުންނައިރު. ބައެއް ފަހަރު ވާހަކަ ދައްކާ ގޮތުން ވެސް އެމީހަކު ރީތިވެދާނެ. ނުބެލޭ އެއްވެސް ވަރަކަށް ބައްޓަމަކަށް."

އަންހެން ކުއްޖަކު ރީތީ މޭކަޕްކޮށްފައި ހުންނައިރުތަ ނުވަތަ މޭކަޕްނުކޮށް ނެޗުރަލްކޮށް ހުންނައިރުތަ؟

"ނޯމަލީ ފެންނައިރު ރީތީ ކޮންމެސް ވަރަކަށް މޭކަޕްކޮށްފަ އެކަމަކު އެހާ އެހާ މޭކަޕްނޫން ކުދިން. އޯކޭ ލިޕްސްޓިކެއް އެއްޗެއް ޖައްސާލާފަ ހުއްޓަސް. އެމަކަކު މާބޮޑަށް އޯވާ މެކަޕެއް ނުކުރާ، ބޭރަށް ނުކުންނައިރު ކޮންމެސް ވަރަކަށް މޭކަޕްކޮށްފަ ހުންނަ ކުދިން ވަރަށް ރީތި."

މިހާރު ފޮޓޯ: އަހުމަދު ނިޝާތު

އަސުމް އަށް ރަނގަޅީ އަންހެން ކުއްޖާ އަނގަގަދަވި ވަރެއްތަ؟

"ނޫން. އަނގަމަޑުވިވަރެއް ރަނގަޅީ. އެކަމަކު އެ ބުނަން ޖެހޭ ބަސް އެ ޓައިމްގަ ބުނާ ކަހަލަ. އަނގަގަދަ މީހުން ދެން ވަރަށް އުނދަގޫވާ ކަމެއް އެއީ. އިންޖީނެއްހެން އަބަދު ތަޅުވާ ކުދިން. ބުނަން ޖެހޭ އެއްޗެއް ބުނަންޖެހޭ ޓައިމްގަ ބުނާ ކުދިން ވަރަށް ސަޅި. ދެން ވަކި ބައެއްގެ ތެރޭގައި އެމީހުންގެ ލިމިޓް ހިފަހައްޓާ ކުދިން."

ބިޓަށް ހަދި ޔާދީ ސަޕްރައިޒްދީ ވަރަށް ބޮޑަށް ސްޕެންޑްކުރާ މީހެއްތަ ތީ؟

"ވަރަށް ފްލާވާސް ދެން. އެކަމަކު އެހާ އެހާ ހަދިޔާ ދީ ނޫޅެން. ފްލާވާސް އެއީ އާންމުކޮށް ދެވޭ އެއްޗަކީ. ސަޕްރައިޒް ވެސް ދެން ކޮންމެސް ވަރަކަށް އެކަމަކު އެހާ އެހާ އެއް ނޫން."

ރިޗް ލަގްޒޫރިއަސް ލައިފްސްޓައިލްއެއްގައި އުޅޭ އަންހެން ކުދިންނަށް ހިތްކިޔާތަ؟

"ހިތެއް ނުކިޔާ. ސަޅި އެމީހުން ވެސް އެމީހުންގެ ގޮތުގައި. އެކަމަކު ބަލައިލާފަ އިންސްޓަގްރާމުން އެއްޗަކުން ފެނުނީމަ އިޓްސް ލައިކް ވާވު އޭ އައި ވޮނަ އެކްސްޕީރިއަންސް ދެޓް އެމީހުނާ އެކު އެއް ދުވަސްކޮޅެއްގައި ނޮޓް އިން އަ ރިލޭޝަންޝިޕް އިނގޭ އެކަމަކު ހިތެއް ނުކިޔާ.ހަމަ އަބަދުވެސް ވަރަށް ރީތި ނޯމަލް ލައިފެއްގައި އުޅޭ ކުދިން."

ބިޓަކަށް އުޅޭ އަންހެން ކުއްޖާގެ ފިރިހެން ބެސްޓް ފްރެންޑުން ތިބުމަކީ ކަޑަކަމެއްތަ؟

"ކަޑަ ކަމެއް ނޫން އެކަމަކު ކުޑަކޮށް އަސުމް ޖޭ ވާނެ. އެއީ ފިރިހެން ފްރެންޑްސް ބެސްޓްފްރެންޑްސް ގޮތުގައި ހުންނަންޏާ ޖޭ ވާނެ. އެކަމަކު އަނެއްހެން އޯކޭ ވާނެ."

ދަ ސެޝަން

Popular