By: Shamila Ibrahim
އިންސްޓަގްރާމުން ހޮވާލައިގެން މި ގެނެސްދެނީ މޮޑެލް ކުރުމުގައި ކުރިއަށް ދާން މަސައްކަތްކުރާ ޒުވާނުންނެވެ. މީގެ ތެރެއިން ބައެއް ހޮވުންތަކަކީ މޮޑެލް ކުރުމަށް ހުންނަ ޝައުގުވެރިކަމާ އެކު މިކަމައިގެން ކުރިއަށް ދެވޭތޯ މަސައްކަތް ފަށައިގަތް މީހުންނެވެ. އެކަމަކު މިފަހަރު މިއީ އެހާ އާ މޫނެއް ނޫނެވެ.
މިއީ އީނާޝް ޝިޔާމެވެ. މިކަމުގައި އަދި މާ ގިނަ ދުވަސް ނުވިޔަސް މި އަންނަނީ މަގުބޫލުކަން ހޯދަމުންނެވެ.
ފޮޓޯ: ސުހައެލް ، މޭކަޕް: މިދޫ
1. މޮޑެލިންގެ ދާއިރާއަށް ޝައުގުވެރިކަން އުފެދި، މި ދާއިރާ ފެށުނު ގޮތް ކިޔައިދީބަލަ
"އީނާޝް ވަރަށް ބޮޑަށް ކުރާ ހިތްވާ ކަމެއް މިއީ. ފުރަތަމަ ވެސް މޮޑެލް ކުރަން ފެށުނީ އިޝްފާންއާ ހެދި. އެއީ މިދިޔަ އަހަރު ކުރީ ކޮޅު. އިޝްފާންއާ ދިމާވުމުގެ ކުރިން މޮޑެލްކޮށެއް ނޫޅެން. ފްރެންޑެއް ހުންނާނެ އައްސަދު ކިޔާ، ދެން އެމީހުންނާ އެއްކޮށް (ފުރަތަމަ ޝޫޓް) ޖައްސާފަ މޭކަޕް އާޓިސްޓަކަށް އީނާޝް ދެއްކީމަ އެމީހުންނަށް ރީތިވީ. ދެން އޭގެފަހުން (މޮޑެލް) ކުރަން ފެއްޓިގެން ދިޔައީ."
މޭކަޕް: ރިޒްނާއަހުމަދްމުއާ
ފޮޓޯ: ނަވީން ސައީދު
2. އިންސްޓަގްރާމްގައި އެހާ ގިނަ ފޮލޯވާސް ހޯދަނީ ކިހިނެއް؟
"އިޓްސް ބިކޯސް އޮފް އެންމެންނާ ވަރަށް ފްރެންޑްލީ ވީމަ ދޯ އަސްލު. ޔޫ ހޭވް ޓު ލައިކް ދަ ޕިކްޗާސް އެންޑް އީނާޝްގެ ފޮޓޯއަށް ވަރަށް ވަރަށް ލައިކްވާ މީހެއް ވެއްޖެއްޔާ، އެމީހާގެ (ފޮޓޯ) އަށްވެސް ލައިކް ދީގެން. ދެން ޕިކްޗާސް ރީތިކަމުން ދޯ ލިބެންޏާ ލިބޭނީ ފޮލޯވާސް. އަނެއްހެން ފޮލޯވާސް ގިނަ ކުރާކަށް ވަކި މަސައްކަތެއް ނުކުރަން"
އީނާޝް
3. މޮޑެލް ކޮށްފަ ހުންނަ އެކި ފޮޓޯތަކުގެ އިސްތަށިގަނޑު ހުންނަނީ އެކިގޮތަށް. އިސްތަށިގަނޑު މެއިންޓެއިން ކުރަނީ ކިހިނެއް؟
"އެއްބައި ފޮޓޯތަކުގަ ހުންނާނެ ޖަސްޓިންގެ ޝޫޓްއެއް ވެއްޖިއްޔާ ވިގްސް ޖަހާފަ. ސޯ އެކިއެކި ޝޫޓްސް ތަކުގަ އެކިގޮތަށް ސްޓްރެއިޓް ކޮށްފަ ނޫނީ ކާލް ކޮށްފަ ހުންނާނީ. (އަސްލު ދިރިއުޅުމުގައި) އައި ހޭވް ކާލް ހެއާ'
ފޮޓޯ:ޔުއާރަސް
އައުޓްފިޓް: ޑިޒައިނާރަޒީ
މޭކަޕް: ބިއުޓިއަސް
4. މޮޑެލް ކޮށްފައި ހުންނަ ފޮޓޯތައް ނަގަން ވަކި ހާއްސަ ފޮޓޯގްރަފަރެއް ގެންގުޅެންތަ؟
"ނޫން. އެންމެން ގިނައިން ޝޫޓްތަކަށް ދެވެނީ މާޒް ފޮޓޯގްރަފީ (މާޒް) އާ އެއްކޮށް. އީނާޝްގެ ގިނަ ފޮޓޯތައްވެސް ނަގާފައި ހުންނާނީ މާޒް. ހީ އިޒް ރިއަލީ ރިއަލީ ގުޑް. ހީ ހޭސް ދަ ޓެލެންޓް ފޯ އިޓް. ވެން އައި ވޯކް ވިތު ހިމް، ވީ އޯލްވޭސް ހޭވް އަ ގްރޭޓް ޓައިމް. ފުރަތަމަ ފައްޓާ ކޮޅުގަ އިޓް ވިލް ބީ ރިއަލީ ފަން، ބަޓް ޝޫޓް ފެށުނީމަ ސީރިއަސް ވާނެ"
5. މޮޑެލިންގެ ޓްރެންޑިން އަޕްޑޭޓެސްތައް ބެލުމަށް ޔޫޓިއުބް ޓިއުޓޯރިއަލްތަކުގެ ބޭނުން ކުރަންތަ؟ އަދި އިތުރު ޓްރެންޑިން ޕޯސްތައް ދަސްކުރަނީ ކިހިނެއް؟
"ނޫން. ހަމަ އިންސްޓަގްރާމް އެއްޗެހި ބަލައިގެން. އައި ހޭވް ދިސް މޮޑެލް އައި ރިއަލީ ލައިކް "ޑަކީ" ކިޔާނީ. ބޭރު މޮޑެލް އެއް. އެކަމަކު އައި ޖަސްޓް ލައިކް ހާ، ނޮޓް ޕޯސިން ލައިކް ހާ."
މޭކަޕް: ޖޭސްމާޓިކަލްސް
ފޮޓޯ: ޝާރިފްފޮޓޯސް
6، ރާއްޖޭން އެންމެ އެކުގައި މަސައްކަތް ކޮށްލަން ބޭނުންވާ ފޮޓޯގްރަފާ، މޮޑެލް، އަދި މޭކަޕްއާޓިސްޓަކީ ކޮބާ؟
"ފޮޓޯގްރަފަރަކަށް ޑަބަލް ޑޮޓް. މޮޑެލް އަކީ ސާނިއާ. މޭކަޕްއާޓިސްޓްސް އަކީ ޖަސްޓިން، މޭކަޕް ބައި މިދޫ، ރިޒްނާ"
7. މޮޑެލް ކުރުމަކީ ވަރަށް ފަސޭހަ ކަމެކޭ މީހުން ބުނޭ. އީނާޝް ގަބޫލު ކުރާ ގޮތުގައި މިއީ ކިހާވަރެއްގެ ތެދެއް؟
"އައި ވިލް ސޭ އިޓްސް ނޮޓް ދެޓް އީޒީއޭ. އިޓް ނޮޓް ޖަސްޓް ޝޫޓް އަށް ގޮސް ހުއްޓިލައިގެން ހުރުމެއް ނޫން. ހަމަ އަ ލޮޓް އޮފް ވޯކް. ޔޫ ހޭވް ޓު ވޯކް ރިއަލީ ރިއަލީ ހާޑް. ހަމަ ގޮސް ހުރެލައިގެނެއް އެކަމެއް ނުވާނެ. ބޭނުންވާ ގޮތަށް ނުހުރެދާނެ އަސްލު (ނަގާފަ) ހުންނަ ފޮޓޯގަނޑެއް. ދެން އެއްބައި ދުވަސްދުވަހު ވީ ހޭވް ޓު ވޯކް ވަރަށް ހޫނުވާ ތަންތަނުގަ ވެސް. މޭކަޕް ތިންގް އިސް އޯލްސޯ ގޮނަބީ ރިއަލީ ހާޑް"
އީނާޝް
ފޮޓޯ: މާޒްގްރަފީ
މޭކަޕް: ޖޭސްމާޓިކަލްސް
8. މޮޑެލް ކުރުމަކީ ރާއްޖޭގައި ވަރަށް ފާޑު ކިޔުން ލިބޭ ކަމެއް. އީނާޝް ގަބޫލު ކުރާ ގޮތުގައި އެއީ ކީއްވެ؟
"ކޮންމެ ތާކުވެސް ކޮންމެ ކަމެއްވިޔަސް އަސްލު މީހުން އެއްޗެހި ކިޔާނެ. އެކަމަކު އެމީހަކު އަސްލު ކުރަން ބޭނުން ކަމެއްވެއްޖިޔާ، އެހެން މީހުން ކިޔާ އެއްޗެހި އަޑު ނާހާ ދޭ ހޭވް ޓު ރިއަލީ ޑޫ އިޓް. އީނާޝް އަށް ލިބޭ ނެގަޓިވްސް ކޮމެންޓްސް އަށް އެެއްވެސް ގޮތަކަށް އަޅައެއް ނުލަން."
ތަފާތު މޭކަޕް ތަކުގައިވެސް އީނާޝް މޮޑެލް ކުރޭ.
ފޮޓޯ: ފަންކޯގްރެފިކް
މޭކަޕް: ޖޭސްމާޓިކަލްސް
9. ފޮޓޯއެއް ނަގަން ކޮންސެޕްޓެއް ޗޫސް ކުރާއިރު، އެންމެ ބޮޑަށް އިސްކަން ދެނީ ކޮންކޮން ކަންތައްތަކަކަށް؟
"ކޮންސެޕްޓްސް އެ ހުންނަނީ އެކި މޭކަޕްއާޓިސްޓްގެ އެއްޗެހި ދޯ އެއީ. އެމީހުންގެ ކޮންސެޕްޓަށް އީނާޝް ރެޑީވަނީ. ވީ ފޯކަސް މޯ އޮން އާޓް. ވީހާވެސް ތަފާތުކޮށް ގެނެސްދެވޭތޯ ބަލަނީ."
ފޮޓޯ އަދި މޭކަޕް: ޖޭސްމާޓިކަލްސް
10. މޮޑެލިން މިއީ ހޮބީ އެއް ކުރާ ކަމެއް ދޯ. މިކަމަށް ވަގުތު ހުސްކުރަނީ ކިހިނެއް؟
"ދެތިން ދުވަސް ކުރިން ގުޅާލާފަ (ޝޫޓެއް) އޮންނަންޏާ ބުނެލާށޭ ބުނެފަ އޮންނާނީ މޭކަޕް އާޓިސްޓް ކައިރީ. ސޯ ކުރިން ބުނީމަ އައި ފްރީ މައި ޓައިމް ޓު މޮޑެލް. މަގުމަތިން ދާއިރު ފެނިފަ ހުންނަ ތަންތަން ނޫނީ ހިނގާލާފަ ދާއިރު ރީތި ތަންތާނގަ (ޝޫޓް) ނަގަނީ ގިނަ ފަހަރު. އެކަމަކު ލޮކޭޝަން ޗޫސް ކުރަނީ ފޮޓޯގްރަފަ"