6 Apr 2019

By: Aishath Maaha

ފާޒިލް އިސްމާއިލް ނުވަތަ ފިޓް ފާޒިލްގެ ވާހަކަ ދައްކަން ޖެހެނީ މިހެންވެ އެވެ. މިއަށްވުރެ ސެލެބްރިޓީ އެހެން މޮޑެލް އެއް ރާއްޖޭގައި ނެތީމަ އެވެ. މިހާރު ވެސް ފާޒިލް މިއުޅެނީ މަޝްހޫރު އިނގިރޭސި މޮޑެލް އިސްކްރާ ލޯރެންސްގެ ހާއްސަ ދައުވަތެއް ލިބިގެންނެވެ.

އިސްކްރާ އަކީ ދިވެހިންގެ މެދުގައި މަގުބޫލު މޮޑެލް އެކެވެ. އިސްކްރާ ފޮލޯކުރާ ދިވެހިންގެ އަދަދު އެތައް ހާހަކަށް އަރަ އެވެ.

އިސްކްރާ މިދިޔަ ހަފުތާގައި ކޮކޫންގެ ޔޫ އެންޑް މީ ރިސޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖެ އައިސް އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އޭނާ މިވަނީ ފިޓް ފާޒިލްއަށް ދައުވަތު ދީފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ރިސޯޓަށް ގޮސް ފާޒިލް ވެސް މިހާރު އަންނަނީ އިސްކްރާ އާއެކު ޗުއްޓީ ހޭދަކުރަމުންނެވެ. އިސްކްރާ އާ އެކު އިނގިރޭސި އެހެން ބައެއް މޮޑެލުން ވެސް އެބައުޅެ އެވެ. އޭގެ ތެރެއިން އެއް މޮޑެލް އަކީ އަނާ ޑެމިޑޯވާ އެވެ.

ޔޫން އެންޑް މީ ރިސޯޓުގައި ފާޒިލް އިސްކްރާ އާ އެކު ޗުއްޓީ ހޭދަކުރަނީ. --

ފާޒިލް ބުނީ އިސްކްރާ އަކީ ފާޒިލްގެ ގާތް ރަހުމަތްތެރިއެއް ކަމަށެވެ. އެހެންވެ އިސްކްރާގެ ގްރޫޕާ ބައިވެރިވާން ދައުވަތު ދިނީ އެވެ. އިސްކްރާ ކުރިން ރާއްޖެ އައި ފަހަރު ވެސް ވަނީ ފާޒިލް އާ ބައްދަލުކޮށްފަ އެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން ޖަރުމަން މޮޑެލް ޕަމޭލާ ރާއްޖެއަށް އައި ޗުއްޓީ ދަތުރެއްގައި ވެސް ވަނީ ފާޒިލްއަށް ދައުވަތު ދީ އޭނާ އާ ބައްދަލުކޮށްފަ އެވެ.

"އިސްކްރާ އާ ފާޒިލް އެންމެ ފުރަތަމަ ދިމާވީ ފާޒިލް އެއާޕޯޓުގައި މަސައްކަތްކުރިއިރު. އޭގެފަހުން އަބަދުވެސް ގާތް ގުޅުމެއް އޮންނަ ރައްޓެއްސެއް އެއީ." ފާޒިލް ކިޔައިދިނެވެ.

ފާޒިލް ބުނީ އިސްކްރާގެ ފޮޓޯ ޝޫޓުތަކާއި އޭނާގެ މަސައްކަތްތައް ފީޗާ ކުރުމުގެ މަސައްކަތްތައް ރިސޯޓުގައި ކުރަމުން އަންނަ ކަމަށެވެ. އަދި އޭނާ އާއެކު ފޮޓޯ ޝޫޓެއް ވެސް އެބައޮތެވެ.

@iskra !! @leahlondonofficial @nalintha_lala maldives is missing you guyss !!! 🙈❤️ 💦🌴☀️#iskralawrence #fitfazil #london #thisislondon #londonlife #londonlover #ldn #prettycitylondon #visitlondon #uk #london4all #ig_london #igerslondon #londoncity #londontown #londonview #london_masters #prettylittlelondon #shutup_london #londonisopen #london_only #lovelondon #timeoutlondon #londoner #westminster #londonstyle #eastlondon #londres #londra #vscolondon

A post shared by F I T F A Z I L (@fitfazil) on

"އެއާޕޯޓުގެ ވީއައިޕީ ލޯންޖުގައި ފާޒިލް ވޯކްކުރި އިރު ވަރަށް ބައިވަރު ބޭރު މޮޑެލްސް އާ ވެސް ދިމާވޭ. ދެން އެމީހުންނާ ފާޒިލް މޮޑެލް ކުރަން ހުންނަ އިންޓްރެސްޓް ކިޔާދީ ހެދީމަ އެމީހުން ވެސް ވަރަށް ޝައުގުވެރިވޭ. ވަރަށް ފްރެންޑްލީ ވާނެ އެމީހުން ވެސް."

މިދިޔަ ޑިސެމްބަރު މަހު ވެސް ފާޒިލަށް ވަނީ ބޭރުގެ މޮޑެލުންތަކަކާއެކު މޮޑެލް ކުރުމުގެ ފުރުސަތު ލިބިފަ އެވެ. އައިއެމްޖީ އިން ލިބުނު އެ ފުރުސަތުގައި ޔޫރަޕްގެ އެކި ގައުމުތަކުން 12 މޮޑެލުންނާއެކު މޮޑެލްކޮށް ފޮޓޯ ޝޫޓުތައް ކުރިއަށް ގެންގޮސްފަ އެވެ.

AD | sunrise beach strolls in my comfies from @personabymr 😊 Thanks for capturing this magical morning light today's momsy, love you . . #personabymr #personaambassador #ootd #sunrise #maldives #youandmemaldives #paradise

A post shared by i s k r a (@iskra) on

އިސްކްރާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް.--

ރާއްޖެ އާއި ރާއްޖޭން ބޭރުގައި ފާޒިލް އަންނަނީ ވިދަމުންނެވެ. ފާޒިލް މިއީ ރާއްޖޭގެ ޓޮޕް ފިރިހެން މޮޑެލް ނޫން ހެއްޔެވެ؟ އެކަމަކު ފާޒިލް ބުނީ އޭނާ އެގޮތަށް ގަބޫލުނުކުރާ ކަމަށެވެ.

Popular