ސޯޝަލްމީޑިއާގައި އިއްޔެ އެންމެ ވައިގައި ހިފައިގެން އުޅުނު ޚަބަރަކީ ފިޓްނަސް އިންސްޓްރަކްޓަރު ނުވަތަ ސޯޝަލްމީޑިއާ ސެލެބްރިޓީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް)ގެ ކައިވެންޏެވެ.
ސޯޝަލްމީޑިއާގައި އިއްޔެ އެންމެ ވައިގައި ހިފައިގެން އުޅުނު ޚަބަރަކީ ފިޓްނަސް އިންސްޓްރަކްޓަރު ނުވަތަ ސޯޝަލްމީޑިއާ ސެލެބްރިޓީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް)ގެ ކައިވެންޏެވެ.
ކައިވެންޏަށް ފަހު ނަގާފައިވާ ފޮޓޯތަކާ އެކު ގިނަ ބަޔަކު އަންނަނީ ފާޒިލް، 28، އަދި އަންހެނުން ޝުރުފާ ނަސީރު (ޝުރޫ)، 24، އަށް މަރުހަބާ ކިޔަން ފަށައިފަ އެވެ.
ދެ މީހުން ދިމާވެ ރިލޭޝަންޝިޕަކަށް ދިޔަ ގޮތް ކިޔައިދީބަލަ!
ފާޒިލް: ދެ މީހުން ދިމާވީ މީގެ ދެ އަހަރު ކުރިން އިންސްޓަގްރާމުން. އޭރުއްސުރެ ރައްޓެހި، ދެން މިދިޔަ އަހަރު މި ހިނގި ކަންތައްގަނޑުގައި ވެސް އެންމެ ކައިރީގައި ހުރި އެކަކު ޝުރޫ އަކީ، ބުނެއެއްނުން ކަމެއް ދިމާވީމައޭ އެނގޭނީ ޓްރޫ މީހުންނާ ނޫން މީހުން، ދެން އޭރު އެހެން އުޅެމުން ރިލޭޝަންޝިޕަކަށް ދިޔައީ.
ކައިވެންޏާ ހިސާބަށް ދިޔައީ ރައްޓެހިވެގެން އުޅޭތާ ކިހާ ދުވަހެއް ފަހުން؟
ފާޒިލް: ހަތް މަސް، ރައްޓެހިވެގެން ދެމަހާ ބައިވިތަނާ ނިންމައިފިން ކައިވެނިކުރަން، ރަނގަޅު މީހާ އާ ދިމާވީމަ ކީއްކުރަން މަޑުކުރަންވީ.
އެހެންވީމަ ފާޒިލް ގަބޫލުކުރާ ގޮތުގައި އެންމެ ރަނގަޅު ގޮޮތަކީ އަވަހަށް ކައިވެންޏާ ހަމައަށް ދިއުންތަ؟
ފާޒިލް: ރަނގަޅު މީހާ އާ ދިމާވީމަ އަވަހަށް ކައިވެނިކޮށްގެން ލައިފެއް ފެށުން އެންމެ ރަނގަޅީ، ރައްޓެހިވެގެން އެތައް އަހަރަކު އުޅެފަ އިންނަ ކިތަންމެ މީހުންނެއް ވަރަށް އަވަހަށް ޑިވޯސްވޭ. އަދި ކިތަންމެ ދުވަހަކު ރައްޓެހިވެގެން އުޅުނަސް އަނެއް މީހާ ދަހެއް ނުވާނެ.
ކޮބާ ވެޑިން ޕްލޭނަކީ؟
ފާޒިލް: އަދި ނެތް ޕްލޭނެއް، އެޗްޕީއޭގެ ގައިޑްލައިން އޮތްގޮތުން ނެތް ދޯ ޕާޓީއެއް ބޭއްވޭކަށް، އެކަމަކު ގޭގައި ކުޑަ ސައެއް އެއްޗެއް ފަހަރެއްގައި ބާއްވާފާނެ ކަންނޭނގެ، އަދި ނުނިންމަން ވަކިގޮތެއް،
ހަނީމޫން ޕްލޭން އޮތީ ކިހިނެއް؟
ފާޒިލް: މިހާރު ޓްރެވެލް ކުރެވޭދޯ ބޭރަށް، އެކަމަކު އަދި އިހަށް މަޑުކޮށްލާނީ މާލޭގައި، ފަހުން ތަނަކަށް ދާން ޕްލޭން ކުރަން ވިސްނައިގެން މިތިބީ.
ޕާސަނަލް ލައިފްގެ މިކަހަލަ ކަންކަމަށް މީޑިއާގެ ސަމާލުކަން ލިބޭތީ ހިތަށް އަރާތަ މަޝްހޫރު މީހަކަށް ނުވިނަމައޭ؟
ފާޒިލް: ބައެއް ފަހަރަށް ހިތަށް އަރާ މަޝްހޫރު މީހަކަށް ނުވިނަމައޭ، އެކަމަކު އެކަން ރަނގަޅަށް އެނގޭ އަންޑަސްޓޭންޑްވާ ކުއްޖަކާ ކައިވެނި މިކުރީ.
ޝުރޫއަކީ ވެސް ފިޓްނަސް ދާއިރާގައި މަސައްކަތްކުރާ މީހެއްތަ؟
ފާޒިލް: އޭނަ ވެސް ބަރާބަރަށް ޖިމަށް ގޮސް ވަރަށް ފިޓްކޮށް ހުންނާނީ، ކުރިން ވޯކް ކުރީ ގެސްޓްރިލޭޝަންގައި، މިހާރު އަދި ގޭގައި ހުންނަނީ.
ކަވާ ފޮޓޯ: އިބްރާހިމް ޖުނާދު