މިކަމަށް އިސްކަންދޭ ނަމަ ހެދުން އެޅުމުގައި ސަމާލުވާންވީ އަދި ކުރަން ނުވާ ކަންކަމުގެ ތެރޭގައި މުޅި އައުޓްފިޓް ގަޔަށް ބާރުކޮށް ނުބެހެއްޓުން، އައިނު އަދި ބޮޑެތި ދަބަސް ފަދަ ބޮޑެތި އެސަސަރީ ނޭޅުން އަދި ކަށިމައްޗާ ހަމައަށް އަރާ ވަރުގެ ހަރުވާޅު ނުލުން ހިމެނެ އެވެ. މިކަހަލަ ހާލަތްތަކުގައި ނުވަތަ މީހުންނަށް ދިގުކަމަކަމަށް ދައްކާ ގޮތަށް ހެދުން އަޅާނެ ގޮތުގެ ފަސޭހަ ޓިޕްސްތަކެއް ލިސްޓުކޮށްލާނަމެވެ.
"ކޮލަމް ޑްރެސިންގް"

"ސްޓްރެއިޓް ކަޓް" ޕީސްތަކަށް ބޮޑަށް ސަމާލުކަން ދޭށެވެ. ބޮޑަށް ބަލަންވީ ކޮލަމެއްހެން މަތިން ތިރިއަށް އިތުރު ކަޓްތަކެއް ނުލައި ހުންނަ ސްޓައިލްތަކަށެވެ. މީގެ އެންމެ ރަނގަޅު އެއް މިސާލަކީ އެއް ކުލައިން ހުންނަ ޖަމްޕްސޫޓް އަދި ދިގު ސްކާޓް ނުވަތަ ސްޓްރެއިޓް ކަޓް ފަޓުލޫނެވެ. ކޮޮލަމް ޑްރެސިންގް ސްޓައިލަކީ ހުރިހާ ބައްޓަމާކާ ގުޅޭ އެލެގަންޓް ސްޓައިލެކެވެ.
ދިގަށް ރޮޮނގުދަމާފައި ހުންނަ ޕެޓާން

ދިގަށް ރޮނގުދަމާފައި ހުންނަ ޕެޓާން އަކީ ކުރިން ބުނި "ކޮލަމް ޑްރެސިން" އެކޭ ހަމަ އެއްގޮތަށް މަސަތްކަތްކުރާ އެއްޗެކެވެ. ދިގުކަމަށް ހީވާގޮތަށް "އިލޫޝަން"އެއް ދައްކަ އެވެ. ރޮނގުދެމި އައުޓްފިޓުތައް ލާހިތްވާ މީހުން ހެދުން ހޯދާއިރު ހުރަސް ރޮޮނގު ދެމި އައުޓް ފިޓެއް ގަތުމުގެ ކުރިން ވިސްނާލަން ރަނގަޅުވާނެ އެވެ.
"ހައި ވެއިސްޓް" ޖީންސް

ހައި ވެއިސްޓް ޖީންސް ހުރިހާ ބައްޓަމެއްގެ މީހުންނާ ގުޅޭނެ އެވެ. މީގެ އެއް ސަބަބަކީ ދިގުކަމަށް ދައްކާތީ އެވެ. މި ޖިންސަކީ އުނަގަނޑުގެ އެންމެ ހިމަ ބައިން ފެށޭ، ގަޔަށް ރީތިކޮށް ފިޓުވާނެ ވައްތަރެކެވެ. މީގެ ޖިންސެއް ގިނަ މީހުންގެ އަތުގައި އޮންނާނެކަން ޔަގީނެވެ.
މޮނޮކްރޮމް

މޮނޮކްރޮމް ނުވަތަ އެއްކުލަޔަކުން އައުޓް ފިޓު ލުމުން މި އައީ އަނެއްކާވެސް ކޮލަމް އައުޓްފިޓް ލޮޖިކެވެ. މިއީ ސިމްޕަލް އަދި ބަލައިލަން ފަސޭހަ އެލެގަންޓް ކޮންމެ ހަފްލާޔަކާ ވެސް ގުޅުވާލެވޭނެ ގޮތަށް ހެދުން އެޅިދާނެ އެއްގޮތެވެ.
ޕްރިންޓުތަކުގެ ސައިޒް

ހާއްސަކޮށް، އިސްކޮޅުން ކުރު ނުވަތަ ހިކި މީހުން ބޮޑެތި ޕްރިންޓް ނުވަތަ ޕެޓާންތަކުގެ ހެދުން އެޅުމުން މީހާ އިތުރަށް ކުޑަކަމަށް ދައްކާނެ އެވެ. މީގެ ހެދުން ލާހިތްވާ ނަމަ ވީހާ ވެސް ކުދި ޕްރިންޓު އަދި ޕެޓާން ހުރި ޑިޒައިންތައް ހޯދާވެ.
"ޕޮއިންޓީ" ބޫޓް

ޕޮއިންޓީ ނުވަތަ ކޮޅަށް ހިމަކޮށް، އޫކޮށް ހުންނަ ބޫޓުތަކަށް އިސްކަންދޭށެވެ. މީގެ ސަބަބުން ފައި ދިގުކަމަށް ދައްކާނެވެ. ނަމަވެސް މި ތިއަރީއެއް ކޮޅަށް ހިމަކޮށް ހުންނަ ހީލްތަކަކަށް އެޕްލައިއެއް ނުވާނެ އެވެ. ހިމަކޮށް ހުންނަ ބޫޓު ނުވަތަ ބެލޭ ފްލެޓް ސްޓައިލަކީ މިހާރު ދުނިޔޭގައި ހިނގަމުން އަންނަ ބޮޑު އެއް ޓްރެންޑެވެ.
ދަށަށް ޖަހާލާ

ހަތަރެސްކަނަށް ހުންނަ ޓޮޕުތަކާއި ގަޔަށް މާ ދޫކޮށް ހުންނަ ހެދުންތަކުން ދުރުވެލާށެވެ. ކުރިން ބުނެދިން ބޮޑެތި ޕްރިންޓު ލީމާ ފެންނަގޮތަށް ގަޔަށް ބޮޑުކޮށް ހުންނަ ހެދުން ލުުމުން ވެސް މީހާގެ ކުޑަަކަން އިތުރަށް ދައްކަ އެވެ. ބޭނުމަކީ ގަޔަށް ހެޔޮވަރުކޮށް ހުރުމެވެ. އެހެންވެ، މީގެ ޓޮޕާއި ގަމީސް ހުރި މީހެއް ނަމަ ބެގީ ކޮށްލާށެވެ. އެއްކޮށް ދަށަށް ޖަހަން ލަދުގަންނަ ނަމަ ކުރިމަތިން އެކަނި ދަށަށް ޖަހާލުމުން ވެސް ފުދޭނެ އެވެ.
ނިއުޓްރަލް ކުލަތަކުގެ ފައިވާން

ފައިވާން ނުވަތަ ހީލްގެ ކުލަ ފަައިގެ ކުލަޔާ ބްލެންޑުވާ ނަމަ ދިގުކަމަށް ދައްކާނެ އެވެ. ހާއްސަކޮށް، އުސް ފައިވާނެއް ނަމަ ވަކިން ބޮޑަށެވެ. ކައްޓަކަށް އަރައިގެން އުޅެން އުނދަގޫވާ ނަމަ މިކަހަލަ ކުލައެއްގެ ޕްލެޓްފޯމް ސެންޑަލްއެއް އަރައިގެން އުޅެލަން ފަސޭހަވާނެ އެވެ.