16 Mar 2018

ރެޑް ކާޕެޓްގެ ކުރިން: ރިޝްފާގެ ސްޓައިލް

ފިލްމު އިންޑަސްޓްރީގައި ރިޝްފާ 17 އަހަރު ހޭދަކޮށްފި އެވެ. އޭނާގެ ފަރިކަމާއި ސްޓައިލަށް މި މުއްދަތުގައި ލިބުނީ އިތުރު ފުރިހަމަ ކަމެވެ.

ފިލްމު އިންޑަސްޓްރީގައި ރިޝްފާ 17 އަހަރު ހޭދަކޮށްފި އެވެ. އޭނާގެ ފަރިކަމާއި ސްޓައިލަށް މި މުއްދަތުގައި ލިބުނީ އިތުރު ފުރިހަމަ ކަމެވެ.

By: Nurah Rasheed

މިދިޔަ އަހަރު ނެރުނު ފައްތާހުގެ "ހައްދު" ފިލްމަށް ފަހު ދިވެހި ފިލްމު އިންޑަސްޓްރީގައި އަލުން ވިދާލި ރިޝްފާއަކީ މި ފަހަކަށް އައިސް ރެޑްކާޕެޓްތަކުގައި އެންމެ ބޮޑަށް ސަމާލުކަން ލިބޭ އެއް ފަންނާނެވެ. އިންޑަސްޓްރީގައި 17 އަހަރު ހޭދަކޮށްފައިވާ ރިޝްފާގެ ހެދުންއެޅުމުގެ ސްޓައިލަށް ލިބޭ ސަމާލުކަން ވެސް ބޮޑެވެ.

މިއީ ރެޑް ކާޕެޓް ހަފުލާއަކަށް ރިޝްފާ ތައްޔާރުވާ ގޮތާއި އޭނާގެ ސްޓައިލްތަކުގެ ވާހަކަ އެވެ

އެވަރުގެ ހަފުލާއަކަށް ދައުވަތު ލިބުމުން އެންމެ ފުރަތަމަ ހިތަށް އަރަނީ ކީކޭ؟ ދެން އަވަސްވެގަނެވެނީ ކޮން ކަންކަމަކަށް؟

"އެންމެ ފުރަތަމަ ހިތަށް އަރާނީ ޑްރެސްއާ ދޭތެރޭ ދޯ. ދެން އަވަަހަށް ޑިޒައިނާޔަށް ގުޅައިގެން ރީތި މެޓީރިއަލް އެއް ހޯދަން އުޅެނީ."

ޖުމާ ޑިޒައިން ކޮށްފައިވާ ހެދުމެއްގައި ރިޝްފާ ގައުމީ ފިލްމު އެވޯޑް ހަފުލާގައި

ރެޑްކާޕެޓްގައި ދާއިރު އެންމެ މުހިންމު ވަނީ މޭކަޕްތަ ނުވަތަ ހެދުންތަ؟

"ހަމަ ބޯތު"

މޭކަޕާއި ހެދުން ޗޫޒްކުރާއިރު ކޮން ގޮތަކަށްތަ ވިސްނަނީ އަދި ލާނެ އެއްޗަކާއި އަޅާނެ މޭކަޕާ މެދު ގޮތެއް ނިންމަން އާންމުކޮށް ކިހާ ވަގުތެއް ނަގާތަ؟

"ނަގާފާނެ ދެ ދުވަސް ވެސް ތިން ދުވަސް ވެސް. އަސްލު މޭކަޕް ބޭސް ވާނީ ލާ ހެދުމަކަށް. މިސާލަކަށް ކަރު ކުޑަ ހެދުމެއް ވެއްޖެއްޔާ އަޕް ޑޫ ހަދަން. ކަރުބޮޑު ހެދުމެއް ވެއްޖެއްޔާ އިސްތަށިގަނޑު ދޫކޮށްލަން. އެގޮތަށް ގުޅުވަން."

އެ ހުރިހާ ކަމެއް ނިންމަނީ އަމިއްލަ އަށް ތަ ނުވަތަ ޑިޒައިނަރާއި މޭކަޕް އާޓިސްޓުން ބުނާ ގޮތަށްތަ؟ ހަދަނީ؟

" ދެ މީހުންނާ ވާހަކަ ދައްކައިގެން ހަމަ."

އެހެން މީހުން އަތުން އެއްޗެހި ބޮރޯކުރަންތަ؟ ހެދުމާއި ގަހަނާ؟

" ދުވަހަކުވެސް ނުކުރަން. އިރާދަކުރެއްވީތީ."

ފެޝަން ޑިޒައިނަރުން މޭކަޕް އާޓިސްޓުންގެ ހިލޭ މޭކަޕްކޮށް ހެދުން ފަހައިދޭތަ. އެކަހަލަ ހުށަހެޅުން ލިބޭތަ؟

ޖާދު ޑިޒައިން ކޮށްފައިވާ ހެދުމެއްގައި، މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ހަފުލާއެއްގައި ރިޝްފާ ބައިވެރިވަނީ

ރެޑްކާޕެޓަށް ބޭނުންވާ ހެދުން ޑިޒައިންކޮށް ފަހައި ތައްޔާރުކުރަން އާންމުކޮށް ކިހާ ދުވަހެއް ނަގާތަ؟ އެގޮތަށް އެންމެ ގިނަ ދުވަސް ނެގި ހެދުމާއި އެންމެ އަވަހަށް ނިމުނު ހެދުމަކީ ކޮބާ؟

"ހެދުން ފަހައިދޭން އުޅޭނެ ދެތިން މީހެއް. ކުރީބައިގަ އެމީހުން މިސާލަކަށް ބުނެލާނެ އިވެންޓު އޮތިއްޔާ ތިމަންނަޔަށް ފަހަން ދޭށޭ. އުޅޭނީ ޖާދު، ޖުމާ ދެން އިބޫ. އެތަނުން ކޮންމެވެސް އެކަކު ބުނާނެ އަބަދުވެސް. އެންމެ ގިނަ ދުވަސް ނެގި ހެދުމަކީ، އިންނާނެ ޖުމާ ހަދާފަ އިން ބިއްލޫރި ޖަހާފަ ހުންނަ ހެދުމެއް. އެއް މަސް ދުވަސް ނެގި އޭނަ އޭގަ ހަމަ އެކަނި ބިއްލޫރި ތަތްކުރަން. އެންމެ އަވަހަށް ނިމުނީ 2016 ގަ ޔޫތު އެވޯޑަށް ޖާދު ފަހައިދިން ބްލޫ ހެދުން. އެއް ދުވަސް ތެރޭ އޭތި ނިންމާލި."

ބޯހަދައި މޭކަޕްކުރަން ކިހާ ވަގުތެއް ނަގާތަ؟

" ޓޫ ޓު ތުރީ އަވާސް ނަގާނެ. ޓޫ އަވާސް ކަމަށް ބަލަމާ ދޯ.

އައިމިނަތު ރިޝްފާ

ރެޑްކާޕެޓް ހަފުލާ އަށް ދިއުމުގެ ކުރިން އެ ދުވަހު އުޅޭ ގޮތް / އުޅެން ޖެހޭ ގޮތް ކިޔައިދީބަލަ؟

"ހަމަ ހޭލާ ގޮތަށް ދެން އޮންނީ މޭކަޕަށް ދިއުން. މިސާލަކަށް ރޭގަނޑު އޮންނަ އެއްޗެއް ވެއްޖެއްޔާ. މެންދުރު ހޭލައިގެން ކާލައިގެން ހަވީރު ދާނީ މޭކަޕަށް. ހެދުން ޗޫސްކުރާ ހަމައިން ގިނަ ފަހަރަށް ހަމަ ރާއްޖެއިން ބޭރަށް ގޮސް، ކަންފަތުގަލާ އެއްޗެއްސާއި ކްލަޗް ކަހަލަ އެއްޗެހި ގަންނަނީ. މާލެ އިން ވެސް ބައެއް ފަހަރު ގަންނަން އެކަމު ގިނައިން ހަމަ ބޭރުން. ރެޑްކާޕެޓް ދުވަހު އެއްޗެހި ހަމަ ނުވެގެނެއް ނޫޅެން."

އެންމެފަހުން ރެޑްކާޕެޓް ހަފުލާ އަށް ނުކުމެވި އެންމެންގެ ކުރިމަތީގައި ހިނގާލެވުނީމަ އެ ކުރެވޭ އިހްސާސް ބުނެދީބަލަ؟

"ވަރަށް އުފާވޭ. ބައެއް ފަހަރު އެންމެން އެއްކޮށް ބަލަން ތިބޭތީ ވަރަށް ނާވަސްވެ، ފައި އޮޅޭ އުސް އެއްޗެއްސަށް އަރައިގެން ދިގު އެއްޗެހި ލައިގެނެއްނު ހުންނާނީ. ދެން ރެޑް ކާޕެޓް އަޅާފަ އޮންނަތަން ގިނަ ފަހަރަށް އެހާ އީވަން އެއް ވެސް ނުވާނެ."

ހަފުލާއަކަށް ދާން ތައްޔާރުވެ ރިޝްފާގެ މޭކަޕް ދައްކާލަނީ

ހަފުލާތަކަށް ބޭޏުންކުރާ ވޯޑްރޯބަށް ހަދަނީ ކިހިނެތް ހަފުލާ އަށް ފަހު؟

"ހަމަ ހުރިހާ އެއްޗެއް ހުންނާނެ ބަހައްޓާފަ ގޭގަ. ވިއްސަކަށް ހެދުން ފޮށި ފޮއްޓަށް އަޅާފަ އެއްބައި އެއްޗެހި އެނދު ދަށަށް ލައިފަ އަނެއްބައި އެއްޗެހި ވޯޑްރޮބް މަތީގަ ބަހައްޓާފަ. ވަރަށް ސްޕެޝަލް އެއްޗެހި ވެކިއުމް ކޮށްފަ ޕެކް ކޮށްފަ."

ލައިގެން ހުންނަ ހެދުމަށް އެއް ބަޔަކު ތައުރީފުކުރާއިރު އަނެއް ބަޔަކު ފާޑުވެސް ކިޔާނެ. އެގޮތަށް އަމާޒުވާ ތައުރީފާއި ފާޑުކިޔުން ބަލައިގަންނަގޮތަކީ ކޮބާ؟

"ރަނގަޅު ފާޑު ކިއުމެއް ވެއްޖެއްޔާ ބަލައިގަންނަން. މިސާލަކަށް ވަރަށް ފަހުން ލީ ހެދުމެއް ވެސް ކޮޕީ ކުރީއޭ ބުނި. ދެޓްސް ނޮޓް ބީންގް ކޮޕީޑް ދޯ. އިންސްޕަޔާ ވާނީ، ރާއްޖެއިން ބޭރުގެ މޮޅެތި ޑިޒައިނާސް ހަދާ އެއްޗެހި ބަލައިގެން ދޯ ރާއްޖޭގެ ގިނަ ފަހަރަށް ކަންތައް ކުރާނީ. ކޮޒް އަސްލު ރާއްޖެ އަކީ ތިބުނާހާ ދެން އައިޑިއާސް މޮޅު ތަނެއް ނޫން ދޯ. ބޭރުގަ މީހުން ހަދާފަ ހުންނަ އެއްޗެހިން ދޯ އިންސްޕަޔާ ވާނީ. އެގޮތަށް އިންސްޕަޔާޑް ޑްރެސް ލީމަ ގިނަ މީހުންނަށް ޖޯކަކަށް ވަނީ. އެކަމު ހަމަ ވަރަށް ރީތި ހެދުން ލާހިތުން ދޯ ލަނީ. މިސާލަކަށް ކްރިސްޓިއަން ޑިއޯގެ އެއްޗެއްސަކީ ވެސް ބޭރުގަ ވެސް އެއްބަޔަކު ލާފަ ހުންނަ އެއްޗެހި ހުރޭ އެހެން މީހުން ވެސް ލާފަ. އެއީކީ އަސްލު މައްސަލައެއް ނޫން. އެކަމު ރާއްޖެ މީހުން ތަންކޮޅެއް ނެރޯ ކޮށް ވިސްނަނީ ކަންނޭނގެ. ޖޯކު ޖަހާނެ ޗާންސެއް ނުލިބިފަ ކަންނޭގެ ގިނަ ފަހަރަށް ހުންނަނީ. ދެން ރީތި ވެގެން ބުނީމަ އުފާވެސް ވޭ."

ގައުމީ ފިލްމު އެވޯޑުގައި ޖާދު ޑިޒައިން ކޮށްފައިވާ ހެދުމެއް ލައިގެން

ހެދުން އަޅާ ގޮތާއި މޭކަޕްކުރާ ގޮތަށް މީހުން ފާޑުކިޔާތީ ކަންބޮޑުވޭތަ؟

"ނުވޭ ހަމަ އެއްގޮތަކަށް ވެސް. ބިކޮޒް އިޓްސް މައި ޗޮއިސް އެއްނު. ބައެއް ފަހަރަށް ބުނަން މަށަށް ރީތި ވީމައެއްނުންހޭ ލައިގެން ހުންނާނީ. އައި ލައިކް އިޓް އޭ. ދެން ބައެއް ފަހަރަށް އަސްލު ހަމަ ހަޑިއްޔާ ބުނަން މިތަންކޮޅު މިހެން އިނިއްޔާއޭ ރީތި ވާނީ."

ފެޝަން ޑިޒައިނަރުން، މޭކަޕް އާޓިސްޓުންގެ ހިލޭ މޭކަޕްކޮށް ހެދުން ފަހައިދޭތަ. އެކަހަލަ ހުށަހެޅުން ލިބޭތަ؟

ނޫން ހަމަ މުޅިން ވެސް ލާރިދީގެން ކުރަނީ، އެމީހުން ބުނި އަގަކަށް، ލާރިދީގެން ލަނީ. ދެން ގިނަ ފަހަރަށް މައިސެލްފް ވިލް ޗޫސް ޓޫ. އެހެންވެ ދެން އެނގޭނެ ގިނަ ފަހަރަށް ދާ އެއް ބައެއް ކައިރިއަށް ދަނީ. ދެން ކޮންމެ ކޮންމެ މީހެއް ކައިރިއަށް ނުދާތީ އެގޮތަކަށް ހުށަހެޅުމެއް ނުލިބޭ.

ހަފުލާއަކަށް ގޮސް ގެން އުޅެނިކޮށް ދިމާވި އެންމެ ލަދުގަތް ކަމަކީ ކޮބައިތަ؟

"އަދި ނުވޭ. ވަރަށް ބަސް އަހައިގެން އިންނަނީ."

ހަފުލާ ނިންމާލާފައި އެނބުރި ގެއަށް ގޮސް މޭކަޕް ސާފުކުރަން އުޅޭ ގޮތް ކިޔައިދީބަލަ؟

"ހަމަ ދާ ގޮތަށް ހެދުން ޗޭންޖު ކޮށްފަ މޫނު ދޮވެ ދެން ގިނަ ފަހަރަށް ބޮލަށް ސްޕްރޭ ކޮށްފަ ހުންނާނި އެހެންވީމަ ބޯ ދޮވެގެން ހުރިހާ ކަމެއް ކޮށްގެން ނިދާނީ. ވަރަށް ޓަޔަޑް ވެފަ ހުންނާނީ އެކަމުވެސް."

އެކްޓްރެސް އައިމިނަތު ރިޝްފާ ދިވެހި ފިލްމް އިންޑަސްޓްރީ

Popular