25 Mar 2021

އަބަދު ފެންބޯން ހަދާންކޮށްދޭން އެންމެ ކައިރީގައި ހުންނަ މީހާ އަށް ލުޔެކެވެ. ކަންނެތްވެފައި ހުންނަ އިރަކަށް އެންމެ ރަނގަޅު އެކްސަސަރީ އެވެ. އަދި ބޭރުގައި އުޅޭ ކޮންމެ ފަހަރަކު، ކައިރި ފިހާރައިން ފެންފުޅި ގަނެގެން އަތަށް ލައިގެން އުޅުމަށްވުރެ ފަސޭހަ އަދި ތިމާވެއްޓާ ރައްޓެހި ޓްރެންޑެކެވެ.

ފެންފުޅި ލާނެ ރީތި ކުލަކުލައިގެ ދަބަސްތައް މިހާރު އެކި ބްރޭންޑުތަކުން ނެރެންފަށައި ރަންވޭމަތި ވެސް ފުރާލައިފި އެވެ.

މި ޓްރެންޑު ފުރަތަމަ ހިޓަކަށް ހެދީ ޝެނަލް ބްރޭންޑުގެ ކުއިލްޓަޑް ދަބަހަކުންނެވެ. އޭގެ ފަހުން މާ ގިނަ ދުވަހެއް ނުވެ ކްލޯއެ އަދި ކެންޒޯ އަދި ފެންޑީ ފަދަ ބްރޭންޑުތަކުން އެކި ކަހަލަ އެކި ސައިޒުގެ ފެންފުޅި ލެވޭ ވަރުގެ ދަބަސްތައް ދައްކާލި އެވެ. މި ނޫނަސް އިތުރު ސަސްޓައިނަބަލް ބްރޭންޑުތަކުން މާކުރިން މީގެ ދަބަސް ހަދަންފަށާފައި ވިޔަސް މި ސްޓައިލް ޓްރެންޑަކަށް ވާން މި ފެށީ އަހަރުތަކެއް ފަހުންނެވެ.

މީގެ ސްޓައިލްތައް މި ފަހަކަށް އައިސް ވައިގަ ހިފާފައި ވަނީ ތިމާވެއްޓާ ރައްޓެހި، ފެޝަނަށް ލޯބިކުރާ މީހުން ގިނަވުމުގެ ސަބަބުންނާ ވެސް އެކީގަ އެވެ. އެކަމު މިކަހަލަ ލަގްޒަރިީ ފެޝަން ބްރޭންޑުތަކުން ބޮޑު އަގު ދީފައި، ފެންފުޅިލާ ދަބަހެއް ގަތުމުގެ ބަދަލުގައި ބައެއް މީހުން އަންނަނީ އެކި ކަހަލަ ވޫލް ނުވަތަ ރޯނު ބޭނުންކޮށްގެން ރީތި ޑިޒައިންތަކަށް ވިޔެގެން ވެސް މި ސަސްޓެއިނަބަލް ސްޓައިލަށް އަމަލުކުރަމުންނެވެ. އަބަދު ގައިގައި ޖެހިފަ އޮންނަ ނަމަ ގިނައިން ފެން ބޯން ވެސް ބާރަކަށް ވާނެ އެވެ.

ފެޝަން

Popular