By: Ifraz Ali
ދިވެހި ސިނަމާގެ ނާކާމިޔާބު އަހަރަކަށް ފަހު، މި އަހަރު ފުރަތަމަ އޮލިމްޕަހުގައި އެޅުވީ ނިއުމާ މުހައްމަދުގެ "ނިވައިރޯޅި" އެވެ. އެ ފިލްމަށް ފަހު ފުލުފުލުން އަހަރު ނިމެންދެން އޮލިމްޕަހުގައި އެކި ފިލްމުތައް އަޅުވާ، ފަޅުވެފައި އޮތް ސިނަމާއަށް އާ ދިރުމެއް ގެނެސްދިނެވެ.
ދިވެހި ފިލްމުތަކަށް ކާމިޔާބު އަހަރަކަށްވީ، އެޅުވި ފިލްމުގެ އަދަދު ގިނަވުމަށް ވުރެ ބޮޑަށް، ތަފާތު ވައްތަރުތަކުގެ ފިލްމުތަކެއް ގެނެސްދީފައި ވާތީވެ އެވެ. މީގެ ކުރިން ރިސްކު ބޮޑުކަމަށް ހީކުރެވުނު ބައެއް ޖޯންރާތަކަށް ރަނގަޅު ފިލްމުތައް ހަދާފައި ވެސް އެބަހުއްޓެވެ. އެކަމަކު އަދިވެސް ބައެއް ކަހަލަ "ކުރީގެ ފޫހި" ސްޓައިލްތަކުގެ ފިލްމުތައް ވެސް އެބަހުއްޓެވެ.
މަސައްކަތް މި ކުރަނީ މި އަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން އެންމެ ރީތި ފިލްމުތަކާއި އޭގެ އިދިކޮޅު ލިސްޓެއް ގެނެސްދެވޭތޯ އެވެ. މީގެ ތެރެއިން ގިނަ ފިލްމުތަކުގެ ރިވިއު އަޅުގަނޑުމެން ކުރިން ގެނެސްދީފައިވާނެ އެވެ. އަދި އެކި ސަބަބުތަކާއި ހެދި ބައެއް ފިލްމުތަކުގެ ރިވިއު ނުލިޔަމެވެ. އެކަމަކު ހުރިހާ ފިލްމެއް ވެސް ބެލުނެވެ.
މިއީ މުޅިން އާ ޑައިރެކްޓަރެއް ކަމަށްވާ އިލްޔާސް ވަހީދު، އޭނާގެ އަމިއްލަ ސްކްރީންޕްލޭއަކަށް، މުޅިން އާ ކާސްޓެއް ފިޓުކޮށްގެން ގެނެސްދިން، ދެ ގަޑިއިރާއި އެއް މިނެޓުގެ ސައިކޮލޮޖިކަލް ތުރިލާއެކެވެ. މޮޅު މަސައްކަތަކަށް ހަގީގަތުގައި މި ފިލްމުވީ ފިލްމުގެ ހުރިހާ ހިސާބަކަށް ވެސް އެކި ރަހަތައް، ލޯތްބާއި، އުފާވެރި، ބިރުވެރި އަދި ހިތާމަވެރި މަންޒަރުތައް، ގަތާއި އަތުރާލައިގެން ގެނެސްދީފައި އޮތް ސްކްރީންޕްލޭގެ ފުރިހަމަ ކަމުންނެވެ. އަދި ޓެކްނިކަލް ސައިޑުން ބަލާ ނަމަ މީގެ ސިނަމެޓޯގްރެފީ އާއި ވިޝުއަލް އިފެކްޓްސްގެ ވަރުގަދަ ކަމުންނެވެ.
މޫމިން ފުއާދު ޑައިރެކްޓުކޮށް، ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމުގެ ގޮތުގައި ގެނެސްދިން މި ފިލްމަކީ ވެސް ދެ ގަޑިއިރުގެ ސައިކޮލޮޖިކަލް ތުރިލާއެކެވެ. ފިލްމީ ދާއިރާގެ ގިނަ ސީނިއާ އެކްޓަރުންތަކެއް ފެނުނު މި ފިލްމުގައި އެންމެ ސަޅި އެކްޓިންނެއް ދެއްކި އެކަކަކީ، ހާޑީގެ ރޯލުން އަހްމަދު އާސިމް އެވެ. ރީއްޗަށް އަތުރާލައިފައި އޮތް ސްކްރީންޕްލޭއެއް އޮތް ނަމަވެސް، މި ފިލްމުގެ ނިމުން ގެނެސްދިން ގޮތް ކަމަކުނުދިޔަ އެވެ.
މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް، ޑާކްރެއިން އެންޓަޓެއިންމެންޓުން ގެނެސްދިން ސަސްޕެންސް ތުރިލާއެކެވެ. ދޮޅު ގަޑިއިރުގެ މި ފިލްމުގެ މެއިން ކާސްޓުގައި އެންމެ ތަރިއެއް ފިޔަވައި ތީބީ ހުސް އާ އެކްޓަރުންނެވެ. ސަޕްރައިޒިން ކްލައިމެކްސް އިން މި ފިލްމު އެންމެ ކަމުނުދިޔައީ މީގެ ކެރެކްޓާ ޑިވެލޮޕްމެންޓުގައި ހުރި މައްސަލަތަކާއި އަދި ފީކަޅާ ޑައިލޮގުތަކުގެ ސަބަބުންނެވެ.
ދިވެހި ކޮމެޑީ ފިލްމުތަކަށް އެންމެ ގިނައިން ލިބޭ ކޮމެންޓަކީ "މާ ބޮޑަށް މަޖާވަނީ" އެވެ. އެކަމަކު ޑާކްރެއިން އެންޓަޓެއިންމަންޓްގެ "މާމުއި" ވީ ތަފާތު ކޮމެޑީއަކަށެވެ. ބޮޑު ކާސްޓެއް އޮތް މި ފިލްމުގެ ފުރަތަމަ ހާފު ފޫއްސެވެ. އެކަމަކު ދެ ގަޑިއިރާއި 55 މިނެޓްގެ މި ފިލްމުގެ ދެ ވަނަ ހާފު ބަލަން ހީހީ އިނދެވޭނެ އެވެ.
ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓުކޮށް ގެނެސްދިން މި ފިލްމަކީ ތަފާތު ވާހަކައެއް ނަމަވެސް، މީގައި މައްސަލައަކަށްވީ ރަނގަޅު އެކްޓިނެއް ގިނަ ތަރިންނަށް ދެއްކިފައި ނުވާތީ އެވެ. މިއީ ލޯބީގެ ކަންތައްތަކާއި ބަދަލުހިފުމުގެ ކަންތައްތަކެއް ދައްކައިދޭ ދެ ގަޑިއިރުގެ ފިލްމެކެވެ.
މި އަހަރު އެންމެ އިންތިޒާރު ކުރި އަދި އެންމެ މާޔޫސް ކޮށްލި ފިލްމެވެ. އަބްދުﷲ މުއާޒްގެ އަލަތު ޑައިރެކްޝަން، މި ފިލްމު ބެލުންތެރިން އުއްމީދުކުރިވާ ގާތަށް ވެސް ނުގެނެސްދެވުނެވެ. މަރިޔަމް އައްޒަ ކުޅުނު ލީނާގެ ރޯލަށް ވުރެން ބޮޑަށް މި ފިލްމުގައި ޝައުގުވެރިވީ ނުޒުހަތު ޝުއައިބު (ނުޒޫ) ގެ މަޖާ ޑައިލޮގުތަކާއި އޭނާ އެ ޖަހާ ސަކަރާތަށެވެ. ދެ ގަޑިއިރަށް ފިލްމުގެ ވާހަކަ އަތުރާލައިފައި އޮތީ އެންމެ ކަމުދާ ގޮތަކަށް ނޫނެވެ.
މި ފިލްމުގައި ގިނަ މީހުން އެޅުވީ "ކޮޕީ" ފިލްމެއްގެ ޓެގެކެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓުކުރި މި ފިލްމު ވައްތަރީ ތުރުކީގެ ފިލްމު ސީރީޒް "ސިޖިން" އާ ކަމަށް ބުނެ އެވެ. މީގައި ގެނެސްދިނީ ސިހުރުގެ ސަބަބުން ދެމަފިރިއެއްގެ ދިރިއުޅުން ހަލަކުވެގެންދާ ގޮތެވެ.
"މާ ބޮޑަށް މަޖާވެފައި" އޮތް ފިލްމެކެވެ. އެކަމަކު އޮލިމްޕަހަށް ގޮސް، ސަކަރާތްޖަހަން ބޭނުންވި މީހުނަށް މިއީ ހަމަ ރަންގަނޑެކެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓުކުރި މި ފިލްމުގައި ވާހަކައެއް "ނެތޭ" ވެސް ބުނާ ވަރުވެ އެވެ. ނޯޓީ ފޯޓީގެ ދެ ވަނަ ބައިގެ ގޮތުގައި ގެނެސްދިން މި ފިލްމު ފުރަތަމަ ފިލްމަށް ވުރެ ދެރަ އެވެ.
ރަށަކަށް ދާ ރައްޓެހިންތަކަކަށް ގެއެއްގެ ތެރެއިން ދިމާވާ ބިރުވެރި ހާދިސާތަކެއް ދައްކާ މި ފިލްމުގެ ވާހަކަ އިތުރަށް ދައްކާނެ ވެސް ކަމެއް ނެތެވެ. ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ) ގެ މި ބިރުވެރި ފިލްމު ވެސް ކަމަކުނުދިޔަ އެވެ.