13 Feb 2020

By: Ifraz Ali

އެޗްބީއޯގެ "ގޭމް އޮފް ތުރޯންސް" ސިލްސިލާއިން، ސަންސާގެ ގޮތުގައި މަޝްހޫރުވި އިނގެރޭސި އެކްޓްރެސް ސޯފީ ޓާނާ މަންމައަކަށް ވާން އުޅޭ ޚަބަރު ލިބިއްޖެ އެވެ. ސޯފީ އާއި އޭނާގެ ފިރިމީހާ، އެމެރިކާގެ ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް މިކަން އަދި ކަށަވަރުކޮށް ނުދިން ނަމަވެސް، ހޮލީވުޑްގެ ބޮޑެތި ނޫސްތަކުން ވަނީ މި ޚަބަރު ޔަގީންކޮށްދީފަ އެވެ.

ސޯފީ އާއި ޖޯ އެކީގައި އާންމުންގެ ތެރެއިން އެންމެފަހުން ފެނުނީ މިދިޔަ މަހު ބޭއްވި ގްރޭމީ އެވޯޑްސްގެ ސްޓޭޖު މަތީގައި ދިން ޕާފޯމަންސަކުންނެވެ.

މި ދެ ތަރިން ކައިވެނިކުރީ މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގަ އެވެ. ކައިވެންޏަށް ފަހު ހަނީމޫނަށް އައީ ރާއްޖެއަށް، ބ.އަތޮޅު ސޮނެވާފުށި ރިސޯޓަށެވެ. އެ

"ޕެރެޑައިޒް.. ސަޗް އަ މެޖިކަލް ޕްލޭސް،" ސޮނެވާފުށީގެ އެކި ތަންތަނުގައި ނަގާފައިވާ ފޮޓޯތަކުގައި ސޯފީ އިންސްޓަގްރާމްގައި ހާމަކުރަމުން ލިޔެފައި ވަނީ މިހެންނެވެ.

މި ދެ ތަރިން ކައިވެނި ކުރީ ވެސް ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އެވެ. ކައިވެނީގެ ދެ ހަފްލާއެއް ވެސް ބޭއްވި އެވެ. ފުރަތަމަ އެމީހުން ކައިވެނިކުރީ އެއްވެސް ބަޔަކަށް ދައުވަތު ނުދީ ވަކިންނެވެ. ފަހުން އާއިލާ އާއި ރައްޓެހިންނާ އެކު އިތުރު ކައިވެނީގެ ހަފުލާއެއް ބޭއްވި އެވެ.

ހޮލީވުޑް ސެލެބްރިޓީން

Popular