4 Sep 2019

By: Aishath Maaha

މިވެސް ދެން ޚަބަރެއް ހެއްޔޭ، އަހަރެމެންނަށް ކީއްހޭ ކިޔާފައި ކޮމެންޓްކުރަން ފެށުމުގެ ކުރިން ހަގީގަތް ގަބޫލުކުރާށެވެ. ކިޔަން ތިޔަ ފެށީ ވެސް ކަމެއް ވީމަ އެވެ. އެހެންވެ ކައިޒީން ސިންގަލް ވެއްޖޭ ބުނީމާ އެ ވާހަކަ ކިޔާލަން ބޭނުންވާ މީހުން ބައިވަރު ތިބޭނެ އެވެ. މާ ނޫންކަމަށް ހެދިގެން އުޅުމުގެ ބޭނުމެއް ނެތެވެ.

ކައިޒީން ސިންގަލްވެއްޖެ ކަމުގެ ޚަބަރުތައް އެންމެ ފުރަތަމަ ލިބެންފެށީ ކިޔުންތެރިން ފޮނުވަން ފެށި މެސެޖްތަކުންނެވެ. މިކަން ކަށަވަރުކުރުމަށް ކައިޒީން އަށް މިއަދު ގުޅާލުލުމުން، ކައިޒީން ދިނީ ވަރަށް ކުރު، ވަރަށް ފިނި ޖަވާބެކެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް އެންޑް ހެއާ: އަމާނީ | ވޯޑްރޯބް: ރޮމްބަސް

"ކައި ސިންގަލް. އެކަމަކު ކެރިއާ އާއި ޕާސަނަލް ލައިފަކީ މުޅިން ތަފާތު ދެ ކަމެއްވީމަ އިތުރު އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން،" އެ ނޫން ވާހަކައެއް އޭނާ ނުދެއްކި އެވެ.

އިތުރު ވާހަކައެއް ކައިޒީން ކިޔައިނުދިން ނަމަވެސް "ދޯ" އަށް އެނގިފައިވާ ގޮތުގައި ޖޯޑަން އާއި ކައިޒީންގެ ކައިވެނި ރޫޅުނުތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެދާނެ އެވެ. ދެމީހުންގެ ގުޅުން ފަހުން ފަހުން އައިސް ވަރަށް ގޯސްވެގެން ދިޔަކަމުގެ އަޑުތައް އެރި އެވެ. ދެން މިއޮތީ މިދިޔަ ރޯދަ މަހު އަހަރެމެން މި ދެމީހުންގެ ލޯތްބަށް ހާއްސަކޮށްގެން ގެނެސްދިން ޖޯޑްސްގެ އެޕިސޯޑެވެ.

އިންސްޓަގްރާމްގައި ހޯދާފައިވާ މަޝްހޫރުކަމާއެކު ބައެއް ވިޔަފާރި ބްރޭންޑްތަކުގައި އެމްބެސެޑަރުކަން ވެސް ކުރަމުން އަންނަ މޮޑެލް އެކެވެ. އޭގެ އިތުރުން ވީޑިއޯ ލަވައިން ފެނިގެން ގޮސްފައިވާއިރު އެކިކަހަލަ އިޝްތިހާރުތަކުން ވެސް ފެނިފައިވެ އެވެ.

ރާއްޖޭގައި ތިބި މޮޑެލުންގެ ތެރެއިން އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވަރުން މި ވަގުތު ތިބި ލޯކަލް މޮޑެލް އަކީ ކައިޒީން އެވެ. އޭނާގެ އިންސްޓަގްރާމަކީ ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު އޭނާގެ އަޕްޑޭޓްސްތަކަށް ބޯދިއްކުރާ ޕްލެޓްފޯމެކެވެ.

އެ ފޮޓޯ ސްޓްރީމްތަކުން ކުރިން ޖޯޑަން ފެނުނު ނަމަވެސް މިހާރު ޖޯޑަންގެ ވަހެއް ވެސް ނެތެވެ.

މި ފަހަކުން އެންމެ ގިނަ ބަޔަކަށް ކަމުގޮސްފައިވަނީ ކައިޒީންގެ އިސްތަށިގަނޑެވެ. އިސްތަށިގަނޑުގެ ކުލަ ބަދަލުކޮށްލާފައި ވާއިރު އޭނާގެ ދިގު އިސްތަށިގަނޑުގެ މަގުބޫލުކަން ވެސް ބޮޑެވެ.

މޮޑެލްކުރުމުގެ ދާއިރާ އަށް ކައިޒީން ވަނީ 2011 ވަނަ އަހަރު މާލޭގައި ބޭއްވި ފެޝަން ޝޯއަކުންނެވެ.

Popular