15 Oct 2020

By: Ifraz Ali

ކޮވިޑް-19 ފެތުރި ދަތުރުކުރުން ހުއްޓުމަކަށް އައުމުން، އެންމެ ބޮޑު ހުއްޓުމެއް އައި އެއް ތަނަކީ އިންސްޓަގްރާމް ފީޑް ކަމަށް ބުނުމަކީ ގޯހަކަށް ނުވާނެ އެވެ. އެކި ތަންތަނަށް ދަތުރުކޮށް، ރީތި ފޮޓޯތައް ނަގައި އިންސްޓަގްރާމް ފީޑަށް އެޅުމުގެ ނަސީބުން މިއަހަރު މި ތިބީ ގިނަ ބަޔަކު މަހުރޫމުވެފަ އެވެ. ބައެއް މީހުން ތިބީ ކުރީގެ ފޮޓޯތައް އަޕްލޯޑްކުރުމުގަ އެވެ. އޭރުގެ ހަނދާންތައް އާކޮށްލަނީ އެވެ.

ބަތަލާ މަރިޔަމް އައްޒަ ވެސް އެންމެފަހުން އޭނާގެ އިންސްޓަގްރާމް ފީޑުގައި ޕޯސްޓުކުރީ މި އަހަރުގެ ކުރީގެ ކޮޅު، އޭނާގެ ދެ ވަނަ ކައިވެނީގެ ހަނީމޫނަށް ގޮސް ނެގި ލޯބި ފޮޓޯތަކެވެ.

View this post on Instagram

A post shared by Mariyam Azza (@axzxa) on

ލޮކްޑައުންގެ ބޮޑު ފޫހިކަމާއެކު ކުރީގެ ފޮޓޯތައް ޝެއާކުރުން ނޫން އިތުރު ގޮތެއް ވެސް ނެތެވެ. އަދި މި ފޮޓޯގެ ކެޕްޝަންގައި އައްޒަ ލިޔެފައިވާހެން މި ކަހަލަ އުނދަގޫ އަދި ބޯގޮވާ ދުވަސްވަރެއްގައި "ޝަންޝައިން ސްޓޭޓް އޮފް މައިންޑެއްގައި" ހުންނަން ބޭނުންނުވާނީ ވެސް ވަކި ކާކު ހެއްޔޭ އެވެ.

މިހާރު އެންމެ ލޯބި ދިވެހި ފިލްމީ ޖޯޑު ކަމަށްވާ އައްޒަ އާއި އަބްދުﷲ މުއާޒް ނުވަތަ އެންމެން ލޯބިން ކިޔާ "މުއާއްޒަ" އެ މީހުންގެ ހަނީމޫން ހޭދަކުރީ ހއ.އަތޮޅުގައި އޮންނަ ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް އެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ، ދެ އަހަރެއްހާ ދުވަސް ފަހުން، މި ދެ ތަރިން ކައިވެނިކުރީ މިއަހަރުގެ އެންމެ ރީތި އެއް ތާރީޚު ކަމަށްވާ 20.02.2020 ގަ އެވެ.

View this post on Instagram

A post shared by Mariyam Azza (@axzxa) on

އައްޒަ އިއްޔެ ޝެއާކުރި މި ފޮޓޯގައި އޭނާ ފެންނަނީ ހައިޑްއަވޭގެ ވޯޓާ ވިލާތަކުގެ ފާލަން މަތިން، ބައިސްކަލެއް ދުއްވާލައިފައި އަންނަ ތަނެވެ. އުޑުމަތި ރީތި، އަވިދޭ ދުވަހެކެވެ. އައްޒަ ހުރީ ގަދަ ފިޔާތޮށި ކުލައިގެ އޮފް ޝޯލްޑާ ޑްރެސްއެއްގަ އެވެ. މިހާރު ގާތްގަނޑަކަށް ލައްކައެއްހާ އިންސްޓަ ފޮލޯވާސް ތިބި، އައްޒަގެ މި ޕޯސްޓަށް ވަރަށް ގިނަ މީހުން ކޮމެންޓު ވެސް ކުރި އެވެ. އަދި 4،000 އަށް ވުރެ ގިނަ ލައިކްސް ލިބުނެވެ.

ރޭގައި ޖެއްސީ ކަރޯކޭ!

ލޮކްޑައުން ތެރޭގައި "މުއާއައްޒަ" ކުރި ކަން ކަމަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. މި ދެތަރިންގެ މީރު ކެއްކުންތަކާއި ކޮވިޑަށް މީހުން ހޭލުންތެރިކުރުމަށް ހެދި ކުރު ފިލްމާއި މިހެން ގޮސް ދިގު ލިސްޓެކެވެ. -- ރޭގައި "މުއާއްޒަ" ޖެއްސީ ކަރޯކޭ އެވެ.

އައްޒަ އާއި މުއާ ރޭގައި ކަރޯކޭ ޖައްސަނީ.-- ފޮޓޯ: އައްޒަ އިންސްޓަ ސްޓޯރީ

އައްޒަގެ އިންސްޓަ ސްޓޯރީއަށް ލައިފައި ހުރި ބައެއް ވީޑިއޯތަކުން ފެންނަނީ މި ދެތަރިންނާ އެކު، އައްޒަގެ މަންމަ އާއި ބައްޕަ ވެސް ކަރޯކޭގައި ބައިވެރިވާ ތަނެވެ. ދިވެހި ލަވަތަކާއި ހިންދީ ލަވަތައް ވެސް އެމީހުން ކިޔެވެ.

އައްޒަ އާއި މުއާ އެކުގައި ކީ އެއް ލަވައަކީ އަލީ ރަމީޒް އާއި ރާފިޔަތު ރަމީޒާ ކިޔާފައިވާ ކުރީގެ ވަރަށް ރީތި ލަވައެއް ކަމަށްވާ "ވައުދެއް މިރޭ ވާނަން" އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ އެކްޓްރެސް މަރިޔަމް އައްޒަ

Popular